logo
Bank of Maldives

Bank of Maldives

ޚަބަރު

އ.ދ.ގެ މެންބަރު ޤައުމެއްގެ ގޮތުގައި ރާއްޖެ އޮންނަތާ 60 އަހަރު

އާމިނަތު ޝަފާ
21 ސެޕްޓެމްބަރު 2025 - 12:58
 އ.ދ.ގެ މެންބަރު ޤައުމެއްގެ ގޮތުގައި ރާއްޖެ އޮންނަތާ 60 އަހަރު

މިއަދަކީ ދިވެހިރާއްޖެއިން އ.ދ. އާއި ގުޅުނުތާ 60 އަހަރު ފުރޭ ދުވަހެވެ. މި ވޭތުވެދިޔަ 60 އަހަރު ދިވެހިރާއްޖެ އިން ވަނީ ތަރައްޤީ ވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ މަސްލަހަތު އިސްކޮށް، މަލްޓިލެޓަރަލިޒަމް އާއި ޞުލްޙަ މަސަލަސްކަމާއި، ބައިނަލްއަގުވާމީ އެއްބާރުލުން އިސްކުރުމަށް އ.ދ. އާއެކު ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

މޫސުމަށް އަންނަ ބަދަލުތަކާއި، ދެމެހެއްޓެނެވި ތަރައްޤީއާއި، އިންސާނީ ޙައްޤުތަކާއި، ކުދި ޤައުމުތަކަށް ދިމާވާ މައްސަލަތާއި ގުޅޭގޮތުން ބައިނަލްއަގުވާމީ މައިދާނުގައި ދިވެހިރާއްޖެއިން ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. އެގޮތުން، އ.ދ. އިން ވަނީ ދިވެހިރާއްޖެއަށް އެކި ދާއިރާތަކުން ފަންނީ އެހީތެރިކަމާއި، ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމްތަކާއި، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިކަމާ ގުޅިގެން ހާރިޖިއްޔާއިން ބުނީ ދިވެހިރާއްޖެއިން އ.ދ. ގައި ހޯދާފައިވާ ކާމިޔާބީތަކުގެ ތެރޭގައި އ.ދ. ގެ އިންސާނީ ހައްޤުތަކާއި ބެހޭ މަޖިލީހުގައި ގިނަ ދައުރުތަކެއް ފުރިހަމަކޮށް، އ.ދ. ގެ 76 ވަނަ އާއްމު މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމާއި، ބައިނަލްއަގުވާމީ ގޮތުން ޑިޕްލޮމަސީގެ ދާއިރާގައި އަންހެނުން ކުރިއެރުވުމާއި ބާރުވެރިކުރުމަށް ވަކި ދުވަހެއް ކަނޑައެޅުމަށް އ.ދ. ގައި ޤަރާރެއް ފާސްކޮށްފައިވުން ފާހަގަކޮށްލެވޭކަމަށެވެ. މީގެ އިތުރުން، އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކާއި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުން އ.ދ. ގެ އިންސާނީ ހައްޤުތަކާ ބެހޭ މަޖިލީހުގައި ބައިވެރިވުން އިތުރުކުރުމަށް ވޮލަންޓަރީ ޓްރަސްޓް ފަންޑެއް އުފެއްދުމާއި، އަދި އެންމެ ފަޤީރު ޤައުމުތަކުގެ ލިސްޓުން ގްރެޖުއޭޓްވާ ގައުމުތަކަށް ބޭނުންވާ އެހީތެރިކަން ހޯދުމަށް މަސައްކަތްކުރުމުގައްޔާއި ކުދި ޤައުމުތަކުގެ ހިމާޔަތާއި ސަލާމަތަށް މަސައްކުރުމާއި ސާފުތާހިރު، ދުޅަހެޔޮ، ދެމެހެއްޓެނިވި ތިމާވެށްޓަކީ އިންސާނީ ޙައްޤެއްކަން ދުނިޔޭގެ ފެންވަރުގައި ބަލައިގަތުމަށް ދިވެހިރާއްޖެއިން ވަނީ އިސްދައުރެއް އަދާކޮށްފައިކަމަށް ހާރިޖިއްޔާއިން މައުލޫމާތުދެއެވެ.

މި ޚާއްޞަ މުނާސަބަތު ފާހަގަކުރަމުންދާއިރު އ.ދ. ގެ ޗާޓަރުގެ އުޞޫލުތަކާއި އެއްގޮތަށް ބައިނަލްއަގުވާމީ މުޖްތަމަޢުއާއެކު ދިވެހިރާއްޖެއިން މަސައްކަތް ކުރުންމަތީ ދެމި އޮންނާނެކަމުގެ ޔަޤީންކަން ދިވެހި ހާރިޖިއްޔާއިންވަނީ ދީފައެވެ. އަދި އ.ދ. އާއެކު ދިވެހިރާއްޖެއިން އިތުރަށް ގުޅުން ބަދަހިކޮށް، ކުދި ޤައުމުތަކުގެ ދިފާއުގައި އަޑު އުފުލައި، އިންސާފުވެރި، ހަރުދަނާ އަދި ދެމެހެއްޓެނިވި ދުނިޔެއެއް ބިނާކުރުމަށް މަސައްކަތްކުރަމުން ދާނެކަމަށްވެސް ހާރިޖިއްޔާއިން ބުނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޔޫޕީ.އާ.ރު. ވަރކިންގ ގްރޫޕްގެ 50 ވަނަ ސެޝަންގައި ރާއްޖޭގެ ވަފްދު ބައިވެރިވާނެޚަބަރު | 2 ދުވަސް ކުރިންއިސްރާއީލުން ހުޅަނގު އައްސޭރި ހިފަން ނިންމުމުން ރާއްޖެއިން އެކަން ކުށްވެރިކޮށްފިޚަބަރު | 14 ދުވަސް ކުރިންސުލްހައިގެ އެއްބަސްވުމަށް އިސްރާއީލުން އަމަލުކުރުމަށް ރާއްޖެއިން ގޮވާލައިފި ޚަބަރު | 22 ދުވަސް ކުރިންލަންކާއަށްދާ ފަރާތްތަކުން އީ.ޓީ.އޭ ފޯމް އަދި އިންޑިއާއަށްދާ ފަރާތްތަކުން އީ-އެރައިވަލް ކާޑު ފުރުމަށް އިލްތިމާކޮށްފިޚަބަރު | 23 ދުވަސް ކުރިން