logo
Bank of Maldives

Bank of Maldives

ޚަބަރު

އިސްރާއީލުން ހުޅަނގު އައްސޭރި ހިފަން ނިންމުމުން ރާއްޖެއިން އެކަން ކުށްވެރިކޮށްފި

އާމިނަތު ޝަފާ
23 އޮކްޓޯބަރު 2025 - 13:02
އިޒްރޭލުން ޣައްޒާއަށް ދެމުންދާ ޙަމަލާތަކުގައި ގެދޮރު ގެއްލިފައިވާ މީހަކު -- ފޮޓޯ: އޭއެފްޕީ
އިޒްރޭލުން ޣައްޒާއަށް ދެމުންދާ ޙަމަލާތަކުގައި ގެދޮރު ގެއްލިފައިވާ މީހަކު -- ފޮޓޯ: އޭއެފްޕީ

ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފަށް ހިފާފައިވާ ހުޅަނގު އައްސޭރި، ޔަހޫދީ ދައުލަތުގެ ބައެއްގެ ގޮތުގައި ކަނޑައެޅުމަށްޓަކައި ޑްރަފްޓްކުރި ދެ ބިލަކަށް ޔަހޫދީންގެ ޤާނޫނު ހަދާ މަޖިލީހުން ރުހުންދިނުމުން، އެކަން ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.

މިކަމާ ގުޅިގެން ސަރުކާރުން ނެރުނު ބަޔާނުގައި ވަނީ ހުޅަނގު އައްސޭރި، ޔަހޫދީ ދައުލަތުގެ ބައެއްގެ ގޮތުގައި ކަނޑައެޅުމަށްޓަކައި ޑްރަފްޓްކުރި ދެ ބިލަކަށް ޔަހޫދީންގެ ޤާނޫނު ހަދާ މަޖިލީހުން ރުހުންދިނީ ބައިނަލްއަޤުވާމީ ޤާނޫނާއި ހަމަތަކާ ޚިލާފަށްކަމަށްވާތީ އެކަން ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށް ބުނެފައެވެ.

ބައިނަލްއަޤުވާމީ ޤާނޫނުތަކާއި ހަމަތަކާ ޚިލާފަށް ޔަހޫދީން ނިންމި މި ނިންމުން ހުއްޓުވައި، ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކޮށްދިނުމަށް ހާރިޖިއްޔާއިން ވަނީ ގޮވާލާފައެވެ. ފަލަސްޠީނުގެ ބިންތަކުގައި އިޒްރޭލުން ހިންގަމުންދާ އަނިޔާވެރިކަމަށް ނިމުން ގެނެސް، ހިފާފައިވާ ފަލަސްޠީނުގެ ސަރަހައްދުތަކުގައި ހިންގާ ހުރިހާ ނުބައި ޢަމަލުތަކަށް ޖަވާބުދާރީކުރުވުން ކަށަވަރުކުރުމަށް، ބައިނަލްއަޤުވާމީ މުޖުތަމަޢުން ހަރުދަނާ، އަދި އަވަސް ފިޔަވަޅުތަކެއް އެޅުމަށްވެސް ރާއްޖެއިން ވަނީ ގޮވާލާފައެވެ.

ދިވެހި ސަރުކާރުން އަބަދުވެސް ތާޢީދުކުރާނީ ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކޮށްދީ، 1967 ވަނަ އަހަރުގެ ކުރީގެ ބޯޑަރުތަކާ އެއްގޮތަށް އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިރަށްކަމުގައި ކަނޑައެޅި، މިނިވަން މުސްތަޤިއްލު ފަލަސްޠީން ދައުލަތެއް ޤާއިމުވެގެން ދިއުމަށް ކަމަށް ހާރިޖިއްޔާގެ ބަޔާނުގައިވެއެވެ.

ހުޅަނގު އައްސޭރި ޔަހޫދީ ދައުލަތުގެ ބައެއްގެ ގޮތުގައި ކަނޑައެޅުމަށްޓަކައި ޑްރަފްޓްކުރި ދެ ބިލު ގާނޫނަކަށް ހެދުމަށް 4 ވޯޓަކަށް އަހާނެއެވެ. އޭގެ ތެރެއިން ފުރަތަމަ ވޯޓުގެ  ބިލު ޔަހޫދީންގެ ގާނުނު ހަދާ މަޖިީހުން ވަނީ ފާސްކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

'ވަން ޗައިނާ ޕޮލިސީ'އަށް ރާއްޖެއިން ތާއީދުކުރާނެޚަބަރު | 6 ގަޑިއިރު ކުރިންވިސާއާ ގުޅޭ ކަންތައްތައް އިތުރަށް ހަރުދަނާކުރުމަށް އިންޑިއާއާއި ރާއްޖެއިން މަޝްވަރާކޮށްފި ޚަބަރު | 12 ދުވަސް ކުރިން ޔަހޫދީންނާ މެދު ފިޔަވަޅު އެޅިފައިނުވުމަކީ ބައިނަލްއަޤުވާމީ އަދުލުވެރިކަން ގެއްލިފައިވާކަމުގެ ދަލީލެއް ޚަބަރު | 23 ދުވަސް ކުރިންރާއްޖެއިން ލަންކާއަށް ހަދިޔާކުރި 25،000 މަސްދަޅު ކޭސް އެ ގައުމުގެ ސަރުކާރާ ހަވާލުކޮށްފި ޚަބަރު | 25 ދުވަސް ކުރިން