logo
Bank of Maldives

Bank of Maldives

ޚަބަރު

ރާއްޖެއިން ލަންކާއަށް ހަދިޔާކުރި 25،000 މަސްދަޅު ކޭސް އެ ގައުމުގެ ސަރުކާރާ ހަވާލުކޮށްފި

އާމިނަތު ޝަފާ
5 ޑިސެމްބަރު 2025 - 08:17
ރާއްޖެއިން ލަންކާއަށް ހަދިޔާކުރި  25،000 މަސްދަޅު ކޭސް އެ ގައުމުގެ ސަރުކާރާ ހަވާލުކޮށްފި

ސްރީ ލަންކާ އަށް އެރި ތޫފާން ދީތުވާގެ ސަބަބުން ލިބުނު ގެއްލުންތަކާ ގުޅިގެން އެ ގައުމުގެ ރައްޔިތުންނަށް އެހީތެރިވުމަށް ދިވެހި ސަރުކާރުން ދޭން ނިންމި 25،000 މަސްދަޅު ކޭސް އެ ގައުމުގެ ސަރުކާރާ ރަސްމީކޮށް ހަވާލުކޮށްފިއެވެ.

މެންދުރަށް މައުލޫމާތުދެމުން އެމްއެސްއެސްއިން ބުނީ ހެނދުނު ބޯޓު ލަންކާއަށް ބަނދަރުކޮށްފައިވާއިރު މިއަދު މެންދުރު 1 ޖެހިއިރު ބޭއްވި ރަސްމިއްޔާތެއްގައި މަސްދަޅު ކޭސް ލަންކާ ސަރުކާރާ ރަސްމީކޮށް ހަވާލުކޮށްފައިވާކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

WhatsApp Image 2025-12-05 at 16.10.13.jpeg

މޯލްޑިވްސް ސްޓޭޓް ޝިޕިންގެ ގަލެނާ ކާގޯ ބޯޓުގައި މަސްދަޅުތައް ފޮނުވާފައިވަނީ 14 ކޮންޓެއިނަރުގައެވެ. 

ލަންކާއަށް އެހީތެރިވުމަށް ދިވެހި ސަރުކާރުން ދޭން ނިންމި 50،000 ޑޮލަރު ވެސް ލަންކާ ސަރުކާރާ ވަނީ ހަވާލުކޮށްފަ އެވެ. ލަންކާގެ ފޮރިން މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ފައިސާގެ އެހީ ލަންކާގެ ފޮރިން މިނިސްޓަރު ވިޖިތާ ހެރަތުއާ ހަވާލު ކޮށްދެއްވީ އެ ގައުމުގައި ހުންނަވާ ރާއްޖޭގެ ސަފީރު މަސްއޫދު އިމާދު އެވެ.

ލަންކާއަށް ކުރިމަތިވި ތޫފާނުގެ ސަބަބުން ބޯކޮށް ވާރޭވެހި ފެން ބޮޑުވުމާއި ބިންގަނޑު ކަނޑައިގެންދިއުމާ ގުޅިގެން ލަންކާގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ރާއްޖޭގެ މީޑިއާތަކުން ކުރިއަށްގެންދިޔަ "ސިލޯނާއެކު ދިވެހީން ޓެލެތޯނުން" 800،352 ޑޮލަރުވެސް ވަނީ ޖަމާކޮށް ހާރިޖިއްޔާއާ ހަވާލުކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކަނޑުދަތުރުފަތުރުކުރުމުގެ ދާއިރާއަށް ވަންނަ ޒުވާނުންގެ އަދަދު ދަނީ އިތުރުވަމުން: އެމްއެސްއެސްވިޔަފާރި | 4 ގަޑިއިރު ކުރިން'ވަން ޗައިނާ ޕޮލިސީ'އަށް ރާއްޖެއިން ތާއީދުކުރާނެޚަބަރު | 6 މަސް ކުރިންވިސާއާ ގުޅޭ ކަންތައްތައް އިތުރަށް ހަރުދަނާކުރުމަށް އިންޑިއާއާއި ރާއްޖެއިން މަޝްވަރާކޮށްފި ޚަބަރު | 6 މަސް ކުރިން ޔަހޫދީންނާ މެދު ފިޔަވަޅު އެޅިފައިނުވުމަކީ ބައިނަލްއަޤުވާމީ އަދުލުވެރިކަން ގެއްލިފައިވާކަމުގެ ދަލީލެއް ޚަބަރު | 7 މަސް ކުރިން