logo
Bank of Maldives

Bank of Maldives

ވިޔަފާރި

ކަނޑުދަތުރުފަތުރުކުރުމުގެ ދާއިރާއަށް ވަންނަ ޒުވާނުންގެ އަދަދު ދަނީ އިތުރުވަމުން: އެމްއެސްއެސް

ކަނޑުދަތުރުފަތުރުކުރުމުގެ ދާއިރާއަށް ވަންނަ ޒުވާނުންގެ އަދަދު ދަނީ އިތުރުވަމުން: އެމްއެސްއެސް

ކަނޑުދަތުރުފަތުރުކުރުމުގެ ދާއިރާއަށް ވަންނަ ޒުވާނުންގެ އަދަދު ދަނީ އިތުރުވަމުން ކަމަށާއި މިއީ މި ދާއުރާގެ މުސްތަގުބަލަށް ބަލާއިރު، އުފާކުރާ ކަމެއް ކަމުގައި މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމްއެސްއެސް) އިން ބުނެފިއެވެ.

މެންދުރު ޓީވީގެ 'މައުޟޫ' ޕްރޮގްރާމުގައި ވާހަކަދައްކަމުން އެ ކުންފުނީގެ ޑިޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ކެޕްޓަން އަހްމަދު ޒުބައިރު ވިދާޅުވީ ކުރީގައި އޮތް ގައުމީ ޝިޕިންގ ކުންފުނި އުވި، އެމްއެސްއެސް އުފެދުމާ ދޭތެރޭ ވަގުތުކޮޅެއް ހޭދަވުމުގެ ސަބަބުން ދަތުރުކުރަން ތިބި ފަރާތްތަކަކީ ތަންކޮޅެއް އުމުރުން ދިވަސްވީ ފަރާތްތަައް ކަމަށެވެ. އަދި އޭގެ ކުރިން ވެސް މި މަސައްކަތުގައި އާންމުގޮތެއްގައި އުޅުނީ ދޮށީއުމުރު ނުވަތަ ހަރު މީހުން ކަމަށް ވެސް ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެހެންނަމަވެސް މި ދާއިރާ އަށް ޅަ، ޒުވާން ކުދިން ނުކުންނަ ކަމަށާއި މިއީ ކުރިމަގު އޮތްކަން ފެންނަކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި މިއީ ކެރިއަރއެއް ހޯދުމަށް ވެސް ވަރަށް ރަނގަޅު ދާއިރާއެއްކަން ޒުވާނުންނަށް ވެސް މިހާރު އެނގޭ ކަމުގައި ވިދާޅުވިއެވެ. ޒުބައިރު ވިދާޅުވީ މީގެކުރިން ބޯޓު ދަތުރުކުރާ މީހުން ނުވަތަ ކަލާސީންގެ ގޮތުގައި މުހާތަބުކުރިނަމަވެސް މިދާއިރާގައި ކިޔަވައިގެން ތިބި ޒުވާނުން އެމީހުންގެ ތަޖުރިބާގެ އަލީގައި މިދާއިރާ އިން ކުރިއަށް ދިއުމުގެ އެތައް ފުރުސަތުތަކެއް ހުރިކަމަށް ވިދާޅުވިއެވެ.

މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމްއެސްއެސް) މެނޭޖިންގ ޑިރެކްޓަރ އަހްމަދު ޝަރީފް ވިދާޅުވީ މިދާއިރާ އިން ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް ކިޔެވުމުގެ ފުރުސަތު ވެސް ދެމުން އަންނަކަމަށާއި ފުލީ ފަންޑެޑް ސްކޮލަރޝިޕް ވެސް ދެމުން އަންނަ ކަމަށާއި އެގޮތުން މިހާރުވެސް 4 ކުއްޖަކު އެކި ގައުމުތަކުގައި ކިޔަވަމުން އަންނަކަން ފާހަގަކުރެއްވިއެވެ.

އެމްޑީ ވިދާޅުވީ ކުންފުނީގެ ހުރިހާ ޕޮލިސީއެއްވެސް ހުރީ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން މިދާއިރާއިން ކުރިއަށް ދިއުމަށް ޒުވާނުންނަށް ފުރުސަތުތައް ދޭގޮތަށް ކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކަނޑުދަތުރުފަތުރުކުރުމުގެ ދާއިރާއަށް ވަންނަ ޒުވާނުންގެ އަދަދު ދަނީ އިތުރުވަމުން: އެމްއެސްއެސްވިޔަފާރި | 2 ގަޑިއިރު ކުރިންރާއްޖެއިން ލަންކާއަށް ހަދިޔާކުރި 25،000 މަސްދަޅު ކޭސް އެ ގައުމުގެ ސަރުކާރާ ހަވާލުކޮށްފި ޚަބަރު | 7 މަސް ކުރިންއެމްއެސްއެސްގެ ބޯޓުތަކުގައި މިފްކޯގެ މަސް އެކްސްޕޯޓް ކުރަނީ ޚަބަރު | 2 އަހަރު ކުރިން