logo
Bank of Maldives

Bank of Maldives

ޚަބަރު

އެމްއެސްއެސްގެ ބޯޓުތަކުގައި މިފްކޯގެ މަސް އެކްސްޕޯޓް ކުރަނީ

އަޙްމަދު ޒަލީފް
14 އޮކްޓޯބަރު 2024 - 16:45
އެމްއެސްއެސްގެ ބޯޓުތަކުގައި މިފްކޯގެ މަސް އެކްސްޕޯޓް ކުރަނީ

މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) ގެ ބޯޓުތަކުގައި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ މަހާއި މަހުގެ އުފެއްދުންތައް އެކްސްޕޯޓުކުރުމާއި ގުޅޭ ފަހުމުނާމާއެއްގައި އެމްއެސްއެސް އާއެކު މިފްކޯއިން ސޮއިކޮށްފިއެވެ.

މި ރަސްމިއްޔާތު އޮތީ މިއަދު ހަވީރު އެސްޓީއޯ ޓްރެއިނިންގް އިންސްޓްޓިއުޓްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމްއެސްއެސްގެ ފަރާތުން މި ފަހުމުނާމާގައި ސޮއި ކުރެއްވީ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ އަޙުމަދު ޝަރީފް އެވެ. އަދި މިފްކޯގެ ފަރާތުން މި ފަހުމުނާމާގައި ސޮއި ކުރެއްވީ މިފްކޯ ހިންގުމާ ހަވާލުވެހުންނެވި ސީއެފްއޯ އިލްޔާސް ޙަނީފް އެވެ.

މިފަހުމުނާމާގެ ދަށުން، މިފްކޯގެ މަސް ރާއްޖެއިން ބޭރަށް އެކްސްޕޯޓް ކުރުމަށް ބޭނުންވާ ހުރިހާ ލޮޖިސްޓިކްސް ސޮލިއުޝަންއެއް އެމްއެސްއެސް ފޯރުކޮށްދޭނެއެވެ.

މީގެ ތެރޭގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުންނަ މިފްކޯ ފެސިލިޓީތަކުން އެމްއެސްއެސްގެ ކޮންޓެއިނަރުތަކަށް މިފްކޯގެ ޕްރޮޑަކްޓްތަކުގެ ތެރެއިން ފުރޯޒަން ޓޫނާ, ކޭންޑް ޓޫނާ, ޓޫނާ ޕައުޗް އަދި ފިޝްމީލް ލޯޑުކޮށް، މި ކޮންޓެއިނަރުތައް އެމްއެސްއެސްގެ ލޯކަލް އިންޓަރ އެޓޯލް ޓްރާންސްޕޯޓް ކުރާ ބޯޓު “އެމްއެސްއެސް އޯޕަލް” މެދުވެރިކޮށް މާލެ ގެނެސް، މިތަކެތި ރާއްޖެއިން ބޭރަށް ދަތުރުކުރާ އެމްއެސްއެސްގެ ފީޑަރ ބޯޓުތަކުގައި އޭގެ މަންޒިލަށް އެކްސްޕޯޓް ކުރެވިގެންދާނެއެވެ.

މި އެއްބަސްވުމުގެ ސަބަބުން އެމްއެސްއެސް މެދުވެރިކޮށް ދުނިޔޭގެ ކޮންމެތަނަކަށްވެސް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފުނަދޫ އައިސް ޕްލާންޓަކީ އުތުރުގެ މަސްވެރިންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ފަސޭހައެއް: މިފްކޯޚަބަރު | 2 މަސް ކުރިންފުނަދޫގައި ޤާއިމްކުރި މިފްކޯގެ އައިސްޕްލާންޓް ހުޅުވައިފިޚަބަރު | 2 މަސް ކުރިންސިނގިރޭޓު ވަގަށް ނެގި މައްސަލައާ ގުޅިގެން ހައްޔަރުކުރި މުޢާޒު މިފްކޯއިން ސަސްޕެންޑްކޮށްފި ޚަބަރު | 2 މަސް ކުރިންމިދިޔަ ހަފްތާގައި މިފްކޯއަށް މަސް ކިރުވި 155 ދޯންޏަކަށް 6.4 މިލިޔަން ރުފިޔާ ދޫކޮށްފިޚަބަރު | 2 މަސް ކުރިން