logo
Bank of Maldives

Bank of Maldives

ވިޔަފާރި

މިފްކޯއިން ވިއްކާ ތެޔޮ މަސްދަޅުގެ އަގު ބޮޑުކޮށްފި

މުޙައްމަދު އަފްރާޙް
6 އޭޕްރީލު 2026 - 08:07
މިފްކޯއިން ވިއްކާ ތެޔޮ މަސްދަޅުގެ އަގު ބޮޑުކޮށްފި

މިފްކޯއިން ވިއްކާ ތެޔޮ މަސްދަޅުގެ އަގު ބޮޑުކޮށްފިއެވެ.

މިފްކޯއިން ބުނީ މިއީ ދުނިޔޭގެ ތެލުގެ ބާޒާރަށް އަންނަ ބަދަލާއި ގުޅިގެން އެޅި ފިޔަވަޅެއް ކަމަށާއި އެ ކުންފުނިން ވިއްކާ ތެޔޮ މަސްދަޅު، ދަޅަކުން ރުފިޔާއެއް ބޮޑުކޮށްފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ބަދަލާއެކު 17:30 އަށް ވިއްކަމުން އައި ތެޔޮ މަސްދަޅެއްގެ މިހާރުގެ އަގަކީ 18.30 ކަމަށެވެ. އަދި ކޭހެއްގެ އަގަށް ބަލާއިރު، 760 އަށް ލިބެމުންދިޔަ ތެޔޮ މަސްދަޅު ކޭހެއް ދެން ލިބޭނީ 800 އަށް ކަމަށެވެ. އެހެންކަމުން ފިހާރަތަކުން ވިއްކާ މަސްދަޅު ވެސް ދެން ވިއްކާނީ ކުރިން ވިއްކި އަގަށް ވުރެ އެއް ރުފިޔާ ބޮޑުކޮށްނެވެ.

މިފްކޯ އިން ވިއްކާ ތެޔޮ މަސްދަޅުގެ އަގަށް ބަދަލު ގެނެސްފައިވާއިރު، ހަރަދު ކުޑަކުރުމުގެ ގޮތުން މިފްކޯގެ ރަސްމީ މަސައްކަތު ވަގުތު ވެސް ވަނީ ކުރުކޮށްފައެވެ. އެގޮތުން މެންދުރުފަހު 2 ގެ ފަހުން އިދާރީ އޮފީސްތައް ހުޅުވޭނީ އެ ޑިޕާޓްމަންޓުގެ އެޗްއޯޑީ ނުވަތަ ސީއީއޯގެ ބިއުރޯއިން ބޭނުންވެގެން ކަމަށް ވަނީ ހަމަޖައްސާފައެވެ. އަދި ބަންދު ވަގުތުތަކުގައި ކޮންމެހެން މަސައްކަތަށް ނެރެން ޖެހޭނީ އެޗްއޯޑީގެ ހުއްދަ ދުވަހުން ދުވަހަށް ލިޔުމުން ލިބިގެން ކަމަށް ވެސް ވަނީ ނިންމާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިފްކޯގެ އައުޓްލެޓެއް އައްޑޫ ސިޓީ ހިތަދޫގައި ހުޅުވައިފިވިޔަފާރި | 5 ދުވަސް ކުރިންމަސްވެރިންނަށް 1.6 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފިޚަބަރު | 22 ދުވަސް ކުރިންމިފްކޯގެ މަހުގެ އުފެއްދުންތައް ސްރީލަންކާގައި ރަސްމީކޮށް ތައާރަފުކޮށްފިވިޔަފާރި | 25 ދުވަސް ކުރިންމިދިޔަ މަހު މިފްކޯއިން މަސްވެރިންނަށް 78 މިލިއަން ރުފިޔާ ދޫކުރި!ޚަބަރު | މަހެއް ކުރިން