logo
Bank of Maldives

Bank of Maldives

ޚަބަރު

މިފްކޯގެ މަސްފިހާރަތައް ހުކުރު ދުވަހު ވެސް ހުޅުވަނީ

އައިޝަތު ނަޝާ
1 އޯގަސްޓު 2026 - 08:14
މިފްކޯގެ މަސްފިހާރަތައް ހުކުރު ދުވަހު ވެސް ހުޅުވަނީ

މިފްކޯ މަސް ފިހާރަތަކުން ހުކުރު ދުވަހުވެސް ހިދުމަތްދޭ ގޮތަށް ނިންމައި ހިދުމަތް ދޭ ގަޑިތަކަށް ބަދަލު ގެނެސްފި އެވެ.

މިފްކޯއިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ، އެކުންފުނީގެ މަސްފިހާރައިގެ ވިޔަފާރި ފުޅާކުރުމާއި އެކު، ކަސްޓަމަރުންނަށް ދެމުން ދޭ ހިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން މިއަދުން ފެށިގެން ކުންފުނީގެ ރީޓެއިލް ފިހާރަތައް ކޮންމެ ހުކުރު ދުވަހުވެސް ހުޅުވާ ގޮތަށް ނިންމާ، ވިޔަފާރިކުރާ ގަޑިތަކަށް ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން ހުކުރު ދުވަހުގެ ހެނދުނު 8:30 އިން 10:30 އަށް އަދި ރޭގަނޑު 8:00 އިން 11:00 އަށް ފިހާރަތައް ހުޅުވާފައި ހުންނާނެ ކަމަށާއި ހަފުތާގެ އެހެން ދުވަސްތަކުގައި ނަމާދު ގަޑިތައް ފިޔަވައި ހެނދުނު 8:30 އިން ރޭގަނޑު 11:00 އަށް ފިހާރަތައް ހުޅުވާފައި ހުންނާނެ ކަމަށް މިފްކޯއިން ވަނީ ބުނެފައެވެ.

 

View post on Twitter

 

އެހެން ކަމުން މާލެއާއި ހުޅުމާލޭގައި ގާއިމުކޮށްފައިވާ މިފްކޯގެ މަސްފިހާރަތަކާއި އައްޑޫ މަސްފިހާރައިން މިއަދުން ފެށިގެން މިބަދަލާ އެއްގޮތަށް ހިދުމަތް ލިބެން ހުންނާނެ ކަމަށް އެ ނޫސް ބަޔާނުގައި ބުނެެފައިވެ އެވެ.

މިފްކޯއިންއިތުރަށް ބުނީ، މިގޮތަށް ބަދަލު ގެންނަން ނިންމާފައިވަނީ ހުކުރު ދުވަހަކީ އާއިލީ ބައްދަލުވުންތަކާއި މެންދުރުގެ ކެއުންތަކަށް ދިވެހިން ހާއްސަ އިސްކަމެއްދޭ ދުވަހަކަށްވުމާއިއެކު، އެ ވަގުތުތަކަށް ބޭނުންވާ ތާޒާ މަހުގެ ބާވަތްތައް ފަސޭހަކަމާއެކު އާންމުންނަށް ފޯރުކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ. އަދި ކޮންމެ ހުކުރު ދުވަހަކަށް ހާއްސަ ކޮށްގެން ތަފާތު ބާވަތްތަކުގެ އުފެއްދުންތައް ބާޒާރަށް ނެރުމަށް ހަމަޖެހިފައިވާ ކަމަށް މިފްކޯއިން ވަނީ ބުނެފަ އެވެ.

ހުކުރު ދުވަހަކީ ގިނަ ބަޔަކު މަސް ގަންނަން ބޭނުންވާ ދުވަހަކަށްވުމާއި އެކު މިއީ ކަސްޓަމަރުންނަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައެއްގެ ގޮތުގައި އެކުންފުނިން ފާހަގަކުރައްބުނެފަިވަނީ މި ބަދަލުގެ ސަބަބުން ރަސްމީ ދުވަސްތަކުގައި ވަޒީފާގައި އުޅޭ މީހުންނަށް، ހަފުތާ ބަންދުގައި ގެއަށް ބޭނުންވާ މަހާއި މިފްކޯގެ އެހެނިހެން އުފެއްދުންތައް ގަތުމަށް ބޮޑު ލުޔެއް ލިބޭނެ ކަމަށެވެ.

މިފްކޯއިން ބުނީ، މި ބަދަލު ގެނެވިފައިވަނީ މާލެ ސަރަހައްދަށް ބޭނުންވާ މަހުގެ އުފެއްދުންތައް މެދުނުކެނޑި ފޯރުކޮށްދިނުމަށް ކަނޑުއޮތްގިރީގެ އޮޕަރޭޝަންތައް އަލުން ފަށައި، ދާދިފަހުން އެރަށުގައި ހިކިމަސް ފެކްޓްރީއަކާއި އައިސް ޕްލާންޓެއް ހުޅުވައި ހިދުމަތް ދޭން ފަށާފައިވާ ދަނޑިވަޅެއްގައި ކަމަށާއި އެގޮތުން މި މަޝްރޫއު ތަކާއި އެކު މިފްކޯގެ އުފެއްދުންތެރިކަން އިތުރުވެ، ކަސްޓަމަރުންގެ ޑިމާންޑާއި އެއްވަރަށް ހިދުމަތް ދިނުމުގެ ގާބިލުކަން މިހާރު އިތުރުވެފައިވާ ކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިފްކޯގެ މަސްފިހާރަތައް ހުކުރު ދުވަހު ވެސް ހުޅުވަނީޚަބަރު | 2 ގަޑިއިރު ކުރިންކަނޑުއޮތްގިރީގައި މިފްކޯގެ ހިކިމަސް ކާރުޚާނާއަކާއި އައިސް ޕްލާންޓެއް ހުޅުވައިފިޚަބަރު | 18 ދުވަސް ކުރިން6 ޖޫން ގެ ނިޔަލަށް މިފްކޯ އަށް މަސްކިރުވި ދޯނިތަކަށް 2 ލައްކައަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފިޚަބަރު | 2 މަސް ކުރިންމިފްކޯއަށް މިއަދު މަސް ގަންނަ އަގު 20ރ. އަށް ބޮޑުކޮށްފިޚަބަރު | 2 މަސް ކުރިން