މިފްކޯއިން ކަޅުބިލަމަސް ކިލޯއެއް ގަންނަ އަގު 21ރ. އަށް ބޮޑު ކޮށްފި
29 އޯގަސްޓު 2026 - 08:05

މިފްކޯގެ ބަނދަރުތަކާއި ބޯޓުފަހަރަށް ކަޅުބިލަމަސް ކިލޯއެއް ގަންނަ އަގު 21ރ. އަށް ބޮޑު ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އެ ކުންފުނިން ބުނީ މިއީ ޑިމާންޑާއި ސަޕްލައިއަށް ރިއާޔަތްކޮށް، މަސްވެރިންނަށް އެކަށީގެންވާ އަގެއް ފޯރުކޮށްދިނުމަށާއި ދެމެހެއްޓެނިވި މަސްވެރިކަން ހަރުދަނާކުރަން ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ގެނައި ބަދަލެއް ކަމަށެވެ.

Ad by Hajj Corporation
މި އަހަރުގެ ޖޫން 14 ވަނަ ދުވަހުން ފެށިގެން މިފްކޯއިން ކަޅުބިލަމަސް ކިލޯއެއް ގަންނަމުން އައީ 20.00 ރުފިޔާގެ ރޭޓުގައެވެ. މިއަދު ގެނައި ބަދަލާއެކު މަސް ކިލޯއެއްގެ އަގު މިވަނީ އިތުރު 1.00 ރުފިޔާ ބޮޑުވެފައެވެ.ސަރުކާރުން ވަނީ، މަސްވެރިންގެ އަތުން މަސް ގަންނަ އަގު 16 ރުފިޔާއަށްވުރެ ދަށް ނުކުރުމަށް ނިންމާފައެވެ.
މަސްވެރިކަން ތަރައްގީ ކުރުމަށް މި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މީގެ ކުރިން އެއްވެސް ސަރުކާރަކުން މަސްވެރިކަމަށް އިންވެސްޓު ނުކުރާވަރަށް ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ މަސްވެރި ސިނާއަތަށް އިންވެސްޓުކޮށްފައެވެ.އެގޮތުން މަސްވެރިންނަށް ފަސޭހަކަމާއެކު އައިސް އަދި އަގު ހެޔޮކޮށް ތެޔޮ ލިބެނޭ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރަށް ރާއްޖޭގެ ދެ ސަރަހައްދެއްގައި ދަޅުގައި މަސް ބަންދުކުރާ ކާރުހާނާ އަޅަން ބޭނުންވާ ބިމާ ބަނދަރުގެ މަސައްކަތް ވަނީ ފަށާފައެވެ.

-01.jpg&w=3840&q=75)
