ފަސްމީރުގެ ރަހަތައް ހިމެނޭ ހަދިޔާ ޕެކެއް ތައާރަފު ކޮށްފި
29 ޖުލައި 2026 - 11:41

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ފަސްމީރު ބްރޭންޑުގެ ތަފާތު ރަހަތައް ހިމެނޭހެން ހާއްސަ ހަދިޔާ ޕެކެއް ތަޢާރަފުކޮށްފި އެވެ.
މިފްކޯއިން ބުނީ މި ހަދިޔާ ޕެކަކީ އާއިލާ އާއި ރަހުމަތްތެރިންނަށް ހަދިޔާކުރުމަށާއި، ދިވެހިވަންތަ ކަނޑުމަހުގެ މީރު ރަހަތައް އެހެން ފަރާތްތަކަށް ތަޖުރިބާކޮށްލުމުގެ ފުރުސަތު ދިނުމަށް ހާއްސަކޮށް އުފައްދާފައިވާ އުފެއްދުމެއް ކަމަށެވެ. ފަސްމީރުގެ މީރު ރަހަތައް ހިމެނޭ މި ހަދިޔާ ޕެކް، މާލެއާއި ހުޅުމާލޭގައި ގާއިމުކޮށްފައިވާ މިފްކޯގެ މަސްފިހާރަތަކުން މިހާރު ލިބެން ހުންނާނެއެވެ.

Ad by Hajj Corporation
ޖުމުލަ 12 މަސްދަޅު ހިމެނޭ މި ހަދިޔާ ޕެކްގައި ފަސްމީރު ބްރޭންޑުގެ 4 ރަހައެއް ހިމެނާފައިވެ އެވެ. އެ ރހަތަކަކީ ކަނޑުމަސް ގިތެޔޮ މިރުހާ އެކު، ކަނޑުމަސް ލުނބޮޔާއި މިރުހާ އެކު، ކަނޑުމަސް އަސޭމިރުހާ އެކު އަދި ކަނޑުމަސް ހިކި މިރުހާއެކު އެވެ.
މިފްކޯއިން ބުނީ ކޮންމެ ވައްތަރަކުން ތިން ދަޅު ހިމެނޭ މި ޕެކޭޖަކީ އަގުގެ ގޮތުން ބަލާއިރުވެސް ކަސްޓަމަރުންނަށް ލިބިގެންދާ ވަރަށް ބޮޑު ލުޔެއް ކަމަށާއި ވަކިވަކިން މަސްދަޅު ގަންނަން ލިބޭ އަގަށްވުރެ ހެޔޮ އަގެއްގައި، މި ހަދިޔާ ޕެކް ލިބޭނެ ކަމަށެވެ. އެގޮތުން ހަދިޔާޕެކެއް ދެނީ 221 ރުފިޔާ އަށެވެ.
މިފްކޯއިން ބުނީ ޕެކޭޖްތައްޔާރު ކުރާއިރު ބޭނުންނަމަ ހަދިޔާ ކުރަން ބޭނުންވާ ފަރާތުގެ ނަން ވެސް ޖަހާލެވެނޭ ކަމަށާއި އަދި މިއީ ދަތުރުކުރާއި ދަބަހުގައި ވެސް އުފުލަން ފަސޭހަ ޕެކެއް ކަމަށެވެ.
އެކުންފުނިން ބުނީ ފަސްމީރު ބްރޭންޑުގެ ފެންވަރު ރަގަޅު އުފެއްދުންތަކުގެ އެކި ރަހަތައް ހިމެނޭހެން ތަޢާރަފުކުރި މި ހަދިޔާ ޕެކަކީ، ކަސްޓަމަރުންގެ ބޭނުންތަކަށް ރިޢާޔަތްކޮށް، އައު އީޖާދުތަކާއެކު ފެންވަރު މަތީ އުފެއްދުންތައް ފޯރުކޮށްދިނުމަށް މިފްކޯއިން ކުރަމުންދާ މަސައްކަތުގެ ބައެއް ކަމަށެވެ. އަދި މީގެ ސަބަބުން ކަސްޓަމަރުންނާ އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، އިތުބާރު ދެމެހެއްޓޭނެ ކަމަށް ވެސް މިފްކޯއިން މައުލޫމާތުދެ އެވެ.


