ކަނޑުއޮތްގިރިން އައިސް ވިއްކަން ފަށައިފި
29 ޖުލައި 2026 - 11:39

މިފްކޯގެ ކަނޑުއޮތްގިރިން މަސްވެރިންނަށް އައިސް ވިއްކަން ފަށައިފި އެވެ. އެކުންފުނިން ބުނީ ކަނޑުއޮތްގިރީގައި ގާއިމްކޮށްފައިވަނީ 25 ޓަނުގެ އައިސް ޕްލާންޓެއް ކަމަށެވެ. ކަނޑުއޮތްގިރިން އައިސް ލިބުމަކީ މާލެ ސަރަހައްދުގެ މަސްވެރިންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ފަސޭހަ އެއް ކަމަށް މިފޯކްއިން ބުނެ އެވެ. އަދި ވަކިން ހާއްސަކޮށް ކަންނެލި މަސްވެރިންނަށް އައިސް ހޯދުމުގައި ކުރިމަތިވަމުންދިޔަ ދަތިތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެއް މީގެ ސަބަބުން ލިބޭނެ ކަމަށް މިފްކޯއިން މައުލޫމާތުދެ އެވެ.
ކަނޑުއޮތްގިރީގައި އައިސްޕްލާންޓު ގާއިމްކޮށް ހިދުމަތް ދޭން ފަށާފައިވާއިރު ކަނޑުއޮތްގިރީގައި މިމަހު ވަނީ ހިކިމަސް ފެކްޓަރީއެއް ވެސް ހުޅުވާފަ އެވެ.

Ad by Hajj Corporation
ރާއްޖޭގެ މަސްވެރިންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ހެޔޮ އަގުގައި ފަސޭހައިން އައިސް ނުލިބުން ކަމަށާއި މަސްވެރިންގެ މި ކަންބޮޑުވުމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އައިސްޕްލާންޓާއި އައިސް ސްޓޯރޭޖް ފެސިލިޓީ ގާއިމްކުރުމުގެ މަސައްކަތްވަނީ ފަށާފައިވާ ކަމަށް ވެސް އެކުންފުނިން ބުނެ އެވެ. ރާއްޖޭގައި މިހާރު ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ 9500 މެޓްރިކް ޓަނުން 25000 ޓަނަށް އިތުރުކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތްތަކެއް ވެސް ކުރަމުންނެވެ.


