logo
MPL

MPL

ވިޔަފާރި

މިފްކޯގެ އައުޓްލެޓެއް އައްޑޫ ސިޓީ ހިތަދޫގައި ހުޅުވައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
26 މޭ 2026 - 02:06
މިފްކޯގެ އައުޓްލެޓް އައްޑޫގައި ހުޅުއްވައިދެއްވަނީ
މިފްކޯގެ އައުޓްލެޓް އައްޑޫގައި ހުޅުއްވައިދެއްވަނީ

މޯލްޑިވްސް ފިޝަރީޒް އެންޑް އެގްރިކަލްޗަރަލް ކޮމްޕެނީ (މިފްކޯ) ގެ އުފެއްދުންތައް އާންމުންނަށް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށްޓަކައި އައްޑޫ ސިޓީ ހިތަދޫގައި އެ ކުންފުނީގެ އައު އައުޓްލެޓެއް ރަސްމީކޮށް ހުޅުވައިފިއެވެ.

އެކަމަށް ބޭއްވި ރަސްމިއްޔާތުގައި މި ފިހާރަ ހުޅުއްވައިދެއްވީ ކުޅިވަރާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއީ މާލެ ފިޔަވައި ރާއްޖޭގެ އެހެން ރަށެއްގައި މިފްކޯއިން ހުޅުވި ފުރަތަމަ ފިހާރައެވެ.

މި އައުޓްލެޓް ހުޅުވުމާއެކު އައްޑޫ ސިޓީގެ ރައްޔިތުންނަށް މިފްކޯގެ މަސްދަޅާއި، އެހެނިހެން އުފެއްދުންތައް ހެޔޮ އަގުގައި، މެދުނުކެނޑި ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ހިތަދޫ އައިސް ޕްލާންޓް ކައިރީގައި ގާއިމުކޮށްފައިވާ މި ފިހާރައިން ހޯމަ ދުވަހުގެ ރެއިން ފެށިގެން އާންމުންނަށް ޚިދުމަތް ދޭން ވަނީ ފަށާފައެވެ. މިއީ އެ ސަރަހައްދުގެ ކާބޯތަކެތީގެ ރައްކާތެރިކަމާއި، މަސްވެރިކަމުގެ އުފެއްދުންތައް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

މިފްކޯގެ އަމާޒަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެ ކުންފުނީގެ ވިއުގަ ފުޅާކޮށް، ރާއްޖޭގެ އިތުރުން ބޭރު ގައުމުތަކުގައިވެސް މިފްކޯގެ އުފެއްދުންތައް ފަސޭހައިން ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމެވެ. މިގޮތުން ލަންކާގައި ވެސް މިހާރު ވަނީ މިފްކޯގެ އައުޓްލެޓެއް ގާއިމުކޮށްފައެވެ.

މި މަޝްރޫއަކީ އެ ކުންފުނީގެ ވިޔަފާރި ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށް ގެންދެވުނު މަސައްކަތެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަލަށް ފަށާ އެސްއެމްއީ ސްޓާޓަޕްތަކަށް ހާއްސަ ފަންޑެއްޚަބަރު | 7 ދުވަސް ކުރިންރާއްޖޭގެ ކަނޑުމަސް ޗައިނާގެ ބާޒާރަށް އެކްސްޕޯޓް ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިޚަބަރު | 8 ދުވަސް ކުރިންފައްޔާޒުގެ އައްޑޫ ކެމްޕޭން ވަދުވެ، މާޔޫސީ ހަރަކާތެއް!ރިޕޯޓް | 14 ދުވަސް ކުރިން މަސް ކިރާ މިންވަރަށް ބަލައި މިފްކޯއިން މަސް ގަންނަ އަގު އަނެއްކާވެސް ބޮޑުކޮށްފިޚަބަރު | 23 ދުވަސް ކުރިން