logo
Bank of Maldives

Bank of Maldives

ޚަބަރު

ވިސާއާ ގުޅޭ ކަންތައްތައް އިތުރަށް ހަރުދަނާކުރުމަށް އިންޑިއާއާއި ރާއްޖެއިން މަޝްވަރާކޮށްފި

އާމިނަތު ޝަފާ
18 ޑިސެމްބަރު 2025 - 15:07
ވިސާއާ ގުޅޭ ކަންތައްތައް އިތުރަށް ހަރުދަނާކުރުމަށް އިންޑިއާއާއި ރާއްޖެއިން މަޝްވަރާކޮށްފި

ވިސާއާ ގުޅޭ ކަންތައްތައް އިތުރަށް ހަރުދަނާކުރުމާ ގުޅޭ ގޮތުން އިންޑިއާއާއެކު ދިވެހިރާއްޖެއިން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކުރިއަށްދިޔައީ ދެގައުމުގެ ދެމެދު ބޭއްވުނު ކޮންސިއުލަރ ޑައިލޮގް ގެ ތިންވަނަ ބައްދަލުވުމުގެ ތެރެއިންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިންޑިއާ – ދިވެހިރާއްޖެ އާއި ދެމެދު ބޭއްވޭ ކޮންސިއުލަރ ޑައިލޮގް ގެ ތިންވަނަ ބައްދަލުވުން އޮތީ އިންޑިއާގެ ނިއުދިއްލީގައެވެ.

ހާރިޖިއްޔާއިން ބުނީ މި ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވެވަޑައިގެންނެވި ވަފުދުގެ އެންމެ އިސްކޮށް ހުންނެވީ ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އަލްފާޟިލާ ޢާއިޝަތު އަޒީމާކަމަށެވެ. އަދި އިންޑިއާ އިން ބައިވެރިވެވަޑައިގެންނެވި ވަފުދުގެ އެންމެ އިސްކޮށް ހުންނެވީ އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒްގެ ޖޮއިންޓް ސެކްރެޓަރީ، ޑރ. ބިނޮއި ޖޯޖްއެވެ. އަދި، މި ބައްދަލުވުމުގައި ދިވެހިރާއްޖޭއިން ބައިވެރިވެވަޑައިގެންނެވި ވަފުދުގައި، ޚާރިޖީ ވުޒާރާ އަދި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ބޭފުޅުންވެސް ހިމެނިވަޑައިގަންނަވައެވެ.

އިންޑިއާ – ދިވެހިރާއްޖެ އާއި ދެމެދު ބޭއްވޭ ކޮންސިއުލަރ ޑައިލޮގް ޤާއިމްކުރެވުނީ ދެޤައުމުގެ ކޮންސިއުލަރ މައްސަލަތަކާ، ވިސާއާ ގުޅޭ ކަންތައްތަކުގެ އިތުރުން، ކޮންސިއުލަރ ކަންކަމުގެ ޤާނޫނީ އެހީ ދެފަރާތުން ހޯދުމަށް މަގުފަހިވާ ގޮތަށް، ކޮންސިއުލަރ އާ ގުޅޭ މަޝްވަރާތައް ކުރުމުގެ މަޤްސަދުގައި 2017 ވަނަ އަހަރުއެވެ. މިގޮތުން، ކޮންސިއުލަރ ޑައިލޮގްގެ ދެވަނަ ބައްދަލުވުން ބޭއްވިފައި ވަނީ 2018 ވަނަ އަހަރު މާލޭގައެވެ.

ވުޒާރާއިން ބުނީ މި ބައްދަލުވުމުގައި، ދެޤައުމުން ގުޅިގެން ކޮންސިއުލަރ އާއި ގުޅޭ ކަންތައްތައް ހައްލުކުރުމުގައި މަސައްކަތް ކުރެވޭނެ ގޮތްތަކުގެ އިތުރުން، ވިސާއާ ގުޅޭ ކަންތައްތައް އިތުރަށް ހަރުދަނާކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވުނުކަމަށެވެ. އަދި، ދެ ޤައުމުން ވަނީ މި ޑައިލޮގް ބޭއްވުމުގެ މުހިއްމުކަން ފާހަގަކޮށް، މިކަމުގެ ސަބަބުން ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާ ވެގެންދާނެކަން ފާހަގަކޮށްފައިކަންވެސް އެ ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވިސާއާ ގުޅޭ ކަންތައްތައް އިތުރަށް ހަރުދަނާކުރުމަށް އިންޑިއާއާއި ރާއްޖެއިން މަޝްވަރާކޮށްފި ޚަބަރު | 10 ގަޑިއިރު ކުރިން ޔަހޫދީންނާ މެދު ފިޔަވަޅު އެޅިފައިނުވުމަކީ ބައިނަލްއަޤުވާމީ އަދުލުވެރިކަން ގެއްލިފައިވާކަމުގެ ދަލީލެއް ޚަބަރު | 11 ދުވަސް ކުރިންރާއްޖެއިން ލަންކާއަށް ހަދިޔާކުރި 25،000 މަސްދަޅު ކޭސް އެ ގައުމުގެ ސަރުކާރާ ހަވާލުކޮށްފި ޚަބަރު | 14 ދުވަސް ކުރިންހަނގާރަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވެ ޣައްޒާއަށް ދެމުން ގެންދާ ހަމަލާތައް ރާއްޖެއިން ކުށްވެރިކޮށްފިޚަބަރު | މަހެއް ކުރިން