logo
Bank of Maldives

Bank of Maldives

ޚަބަރު

'ވަން ޗައިނާ ޕޮލިސީ'އަށް ރާއްޖެއިން ތާއީދުކުރާނެ

އާމިނަތު ޝަފާ
30 ޑިސެމްބަރު 2025 - 05:39
'ވަން ޗައިނާ ޕޮލިސީ'އަށް ރާއްޖެއިން ތާއީދުކުރާނެ

'ވަން ޗައިނާ ޕޮލިސީ'އަށް ދިވެހި ރާއްޖެ ތާއީދުކުރާނެކަމަށާއި މި ސިޔާސަތުގެ މަތީގައި ރާއްޖެ ދެމި އޮންނާނެކަމަށް ދިވެހި ސަރުކާރުން ބުނެފިއެވެ.

ހާރިޖިއްޔާއިން ނެރުނު ބަޔާނުގައިވަނީ ޓައިވާނަކީ ޗައިނާގ ބައެއްގެ ގޮތުގައި ބަލައިގަންނަކަން ހާމަކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

1972 ވަނަ އަހަރު ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރި ފަހުން މި ސިޔާސަތުގައި ރާއްޖެއިން ހިފަހައްޓަމުން އަންނަކަމަށާއި މިއީ ދިވެހިރާއްޖެއިން، ދައުލަތްތަކުގެ މިނިވަންކަމާއި، ސަރަޙައްދީ އެއްބައިވަންތަކަމާއި، އަދި އެއްބަޔަކު އަނެއްބަޔަކަށް އިޙްތިރާމްކުރުމުގެ މަތިވެރި އަސާސްތަކަށް ބޯލަނބާކަމުގެ ހެއްކެއްކަމަށް ބަޔާނުގައިވެއެވެ.

ބައެއް ފަރާތްތަކުން މި އަސާސްތައް ނަގާލައި، މިނިވަން ދައުލަތްތަކުގެ ދާޚިލީ ކަންކަމަށް ވަދެގަތުމަށް މަސައްކަތްކުރާ އަމަލުތަކާ މެދު ދިވެހިރާއްޖެއިން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

ދިވެހިރާއްޖެއިން ދެމި އޮންނާނީ، އިތުބާރާއި، ދެފަރާތަށް ލިބޭނެ ފައިދާއާއި، ސުލްޙަޔާއި ދެމެހެއްޓެނިވި ތަރައްޤީއަށް ހުރި އުންމީދުތަކުގެ މައްޗަށް ބިނާވެފައިވާ، ޗައިނާއާ އެކު އޮންނަ ދިގު ތާރީޚީ ގުޅުމާއި ރަޙްމަތްތެރިކަން އިތުރަށް ބަދަހިކުރުމުގައިކަމަށް ބަޔާނުގައިވެއެވެ.

 

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

'ވަން ޗައިނާ ޕޮލިސީ'އަށް ރާއްޖެއިން ތާއީދުކުރާނެޚަބަރު | 6 މަސް ކުރިންވިސާއާ ގުޅޭ ކަންތައްތައް އިތުރަށް ހަރުދަނާކުރުމަށް އިންޑިއާއާއި ރާއްޖެއިން މަޝްވަރާކޮށްފި ޚަބަރު | 6 މަސް ކުރިން ޔަހޫދީންނާ މެދު ފިޔަވަޅު އެޅިފައިނުވުމަކީ ބައިނަލްއަޤުވާމީ އަދުލުވެރިކަން ގެއްލިފައިވާކަމުގެ ދަލީލެއް ޚަބަރު | 7 މަސް ކުރިންރާއްޖެއިން ލަންކާއަށް ހަދިޔާކުރި 25،000 މަސްދަޅު ކޭސް އެ ގައުމުގެ ސަރުކާރާ ހަވާލުކޮށްފި ޚަބަރު | 7 މަސް ކުރިން