logo
Bank of Maldives

Bank of Maldives

ޚަބަރު

ޔަހޫދީންނާ މެދު ފިޔަވަޅު އެޅިފައިނުވުމަކީ ބައިނަލްއަޤުވާމީ އަދުލުވެރިކަން ގެއްލިފައިވާކަމުގެ ދަލީލެއް

އާމިނަތު ޝަފާ
7 ޑިސެމްބަރު 2025 - 13:31
 ޔަހޫދީންނާ މެދު ފިޔަވަޅު އެޅިފައިނުވުމަކީ ބައިނަލްއަޤުވާމީ އަދުލުވެރިކަން ގެއްލިފައިވާކަމުގެ ދަލީލެއް

ޔަހޫދީން ފަލަސްތީނުގެ ބިމުގައި ހިންގަމުންދާ ގަތުލުއާއްމުތަކަށް އެމީހުން ޖަވާބުދާރީ ނުކުރެވި ޔަހޫދީންނާ ދެކޮޅަށް ފިޔަވަޅު އެޅިފައިނެތުމަކީ ބައިނަލްއަޤުވާމީ އަދުލުވެރިކަން ގެއްލި ގާނޫނު ނެގެހެއްޓުމަށް ހުރަސްއެޅިފައިވާކަމުގެ ދަލީލެއްކަމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ދޯހާ ފޯރަމް 2025ގެ ހަވާސާގައި ކުރިއަށްގެންދިޔަ ވަޒީރުންގެ ވައްމޭޒު ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ ި ދަނޑިވަޅަކީ ފަލަސްތީނުގައި ޔަހޫދީން ހިންގަމުން އަންނަ ގަތުލުއާއްމުތަކަށް އެމީހުން ޖަވާބުދާރީ ކުރުވައި ބައިނަލްއަގްވާމީ ގާނޫނުތަކުގެ ކުރިމައްޗަށް އެމީހުން ގެންނަންވީ ވަގުތުކަމަށެވެ.

ފަލަސްތީނުގެ ހާލަތަށް ހައްލެއް ނުހޯދި އެ ރައްޔިތުންގެ ހައްގު އަދާނުކުރެވި ޔަހޫދީން ޖަވާބުދާރީ ނުކުރެވުމަކީ ބައިނަލްއަގްވާމީ ގާނޫނު ނެގެހެއްޓުމަށް ހުރަސްއެޅިފައިވާކަމުގެ ދަލީލެއްކަމަށް ހާރިޖީ ވަޒީރު ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދިވެހިރާއްޖޭން ފަލަސްތީނުގެ ރައްޔިތުންނާއެކު އަބަދުވެސް ވާކަން ތަކުރާރުކޮށް، އިސްރާއީލުން ކެނޑިނޭޅި ޣައްޒާގެ ކުށެއްނެތް އާއްމު ރައްޔިތުންނަށް ކުރިމަތިކުރުވާ ދަތިތަކާއި، ތަޙައްމަލުކުރަމުންދާ ވޭންދެނިވި އަނިޔާ ހުއްޓުވުމަށް ބައިނަލްއަޤްވާމީ މުޖުތަމައުން އިސްރާއީލަށް މަޖުބޫރު ކުރުމަށާއި، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އިސްރާއީލުން އަމަލުކުރުމަށް ބާރުއެޅުމަށް ދިވެހި ސަރުކާރުން ވަނީ ގޮވާލާފައެވެ. އިސްރާއީލުން ކެނޑިޅޭނި ދެމުންގެންދާ ހަމަލާތަކަކީ ފަލަސްތީނު ރައްޔިތުންގެ ނަސްލު ނައްތާލުމަށް ކުރިއަށް ގެންދާ އަނިޔާވެރި އަމަލުތެއް ކަމުން އެކަމާ ކަންބޮޑުވުން ފާޅުކޮށް އިސްރާއީލުގެ ޢަމަލުތަކަށް ޖަވާބުދާރީ ކުރުވުން ލަސްނުކުރުމަށާއި ހަމަހަމަކަމާއެކު ކޮންމެ ޤައުމެއްގެ މައްޗަށްވެސް އިންސާފު ޤާއިމުކުރުމަށް ކުރުން މުހިންމު ކަމެއްކަމަށް ވަޒީރުގެ ވާހަކަދުޅުގައިވަނީ ފާހަގަކުރައްވާފައެވެ.

ފަލަސްތީނުގެ ރައްޔިތުން މިނިވަން، މުސްތަޤިއްލު ދައުލަތެއް އުފެއްދުމަށް ކުރަމުންދާ މަސައްކަތްތަކަށް ދިވެހިރާއްޖޭން އަބަދުވެސް ތާއީދު ކުރާނެކަން ސަރުކާރުން އަންނަނީ ބައިނަލްއަގްވާމީ އެކި މަންސަތަކުގައި ހާމަކުރަމުންނެވެ. މި ހަމަނުޖެހުމަށް ދެމެހެއްޓެނިވި އަދި ޢަދުލުވެރި، ޞުލްޙަވެރި ޙައްލެއް ލިބޭނީ 1967 ގެ ކުރީގެ އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި މުސްތަޤިއްލު ފަލަސްޠީނު ދައުލަތެއް ޤާއިމްކުރެވިގެންކަމުގައި ދިވެހިރާއްޖެއިން އަންނަނީ ވަކާލާތުކުރަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

'ވަން ޗައިނާ ޕޮލިސީ'އަށް ރާއްޖެއިން ތާއީދުކުރާނެޚަބަރު | 6 މަސް ކުރިންވިސާއާ ގުޅޭ ކަންތައްތައް އިތުރަށް ހަރުދަނާކުރުމަށް އިންޑިއާއާއި ރާއްޖެއިން މަޝްވަރާކޮށްފި ޚަބަރު | 6 މަސް ކުރިން ޔަހޫދީންނާ މެދު ފިޔަވަޅު އެޅިފައިނުވުމަކީ ބައިނަލްއަޤުވާމީ އަދުލުވެރިކަން ގެއްލިފައިވާކަމުގެ ދަލީލެއް ޚަބަރު | 7 މަސް ކުރިންރާއްޖެއިން ލަންކާއަށް ހަދިޔާކުރި 25،000 މަސްދަޅު ކޭސް އެ ގައުމުގެ ސަރުކާރާ ހަވާލުކޮށްފި ޚަބަރު | 7 މަސް ކުރިން