logo
Bank of Maldives

Bank of Maldives

ޚަބަރު

ޔޫޕީ.އާ.ރު. ވަރކިންގ ގްރޫޕްގެ 50 ވަނަ ސެޝަންގައި ރާއްޖޭގެ ވަފްދު ބައިވެރިވާނެ

އާމިނަތު ޝަފާ
4 ނޮވެމްބަރު 2025 - 06:55
ޔޫޕީ.އާ.ރު. ވަރކިންގ ގްރޫޕްގެ 50 ވަނަ ސެޝަންގައި ރާއްޖޭގެ ވަފްދު ބައިވެރިވާނެ

ޔުނިވަރސަލް ޕީރިއަޑިކް ރިވިއު (ޔޫ.ޕީ.އާރު.) ގެ ވަރކިންގ ގްރޫޕުގެ 50 ވަނަ ސެޝަން ޖެނީވާގައި މިއަދު ފަށައިފިއެވެ. ދެ ހަފްތާގެ މުއްދަތަށް ކުރިއަށްދާ މި ސެޝަން ނިމޭނީ 14 ނޮވެމްބަރ 2025 ގައެވެ. މި ސެޝަންގައި އ.ދ. ގެ އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހުގެ ޔޫ.ޕީ.އާރު. ވަރކިންގ ގްރޫޕުން ދިވެހިރާއްޖެ ހިމެނޭގޮތަށް، 14 ޤައުމެއްގެ އިންސާނީ ޙައްޤުތަކުގެ ރެކޯޑްތައް ބަލާނެ އެވެ.

ދިވެހިރާއްޖޭގެ ހަތަރުވަނަ ޔުނިވަރސަލް ޕީރިއަޑިކް ރިވިއު ބޭއްވުމަށް ހަމަޖެހިފައިވަނީ 5 ނޮވެމްބަރ 2025 ގައެވެ. މި ރިވިއުގައި އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމުގައި ބައިނަލްއަޤްވާމީ ނިޒާމުތަކާ ގުޅިގެން ރާއްޖެއިން އަބަދުވެސް ސާބިތުކަންމަތީ ދެމިތިބޭނެކަމުގެ ޔަޤީންކަން އަރުވާނެކަމަށާއި އަދި މި ސެޝަންގައި ދިވެހިރާއްޖޭގެ ވަފުދުން ބައިވެރިވެ، މި ސެޝަންގައި ހިމެނޭ އެހެނިހެން ޤައުމުތަކަށް ބިނާކުރަނިވި ރިކޮމެންޑޭޝަންތައް ހުށަހަޅާނެކަމަށް ހާރިޖިއްޔާއިން މައުލޫމާތުދެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޔޫ.ޕީ.އާރު. ވަރކިންގ ގްރޫޕުން ކޮންމެ އަހަރަކު ތިން ސެޝަނެއް ބާއްވަ އެވެ. ޔޫ.ޕީ.އާރު.ގެ ހަތަރުވަނަ ސައިކަލް 2022 ވަނަ އަހަރުގެ ނޮވެމްބަރ މަހު ފަށާފައިވާއިރު، މި ސައިކަލް ނިމޭނީ 2027 ވަނަ އަހަރުގައެވެ. ޔޫ.ޕީ.އާރު. އަކީ އދ.ގެ މެންބަރު ޤައުމުތަކުގެ އިންސާނީ ޙައްޤުތަކުގެ ޙާލަތު ދިރާސާ ކުރުމަށް ޤައުމުތަކުން އިސްނަގައިގެން ހިންގާ ޕްރޮސެސްއެކެވެ. މި ނިޒާމުގެ ސަބަބުން ކޮންމެ ޤައުމަކަށްވެސް އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމަށް ކޮށްފައިވާ މަސައްކަތްތަކާއި ވެފައިވާ ވަޢުދުތައް ފުއްދުމުގައި ހޯދާފައިވާ ކުރިއެރުންތައް ރިޕޯޓް ކުރުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ. މި މަސައްކަތަށް ފަހިކޮށްދިނުމުގެ ގޮތުން ކޮންމެ ރިވިއުއަކަށް ތިން ޤައުމެއްގެ މައްޗަށް އެކުލެވޭ "ޓްރޮއިކާ" އެއް ކަނޑައެޅިފައިވާނެއެވެ. އެގޮތުން މި ސެޝަންގައި ދިވެހިރާއްޖެއަކީ ޖެމެއިކާގެ ރިވިއު އަށް ކަނޑައެޅިފައިވާ ޓްރޮއިކާގެ މެމްބަރު ޤައުމެކެވެ.

ޔޫ.ޕީ.އާރު. ގެ 50 ވަނަ ސެޝަންގައި ބައިވެރިވާ ރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނަވާނީ ޖެނީވާގައި ހުންނަ އ.ދ.ގެ އޮފީހަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދެވެ. އަދި މިވަފުދުގައި ޖެނީވާގައި ހުންނަ އ.ދ. ގެ އޮފީހަށް ދިވެހިރާއްޖެއިން ކަނޑައަޅައިފައި ހުންނަ ދާއިމީ މިޝަން ގެ ކައުންސެލަރ އަލްފާޟިލް އާދަމް ހާމިދު އާއި ކައުންސެލަރ އަލްއުސްތާޛާ އާމިނަތު ޝިފާޔާ އިބްރާހީމް އާއި ސެކަންޑް ސެކްރެޓަރީ އަލްފާޟިލާ ޢާއިޝަތު ރަޔާހީން އާއި އެޓާޗޭ އަލްފާޟިލް މުޙައްމަދު ރާއިދު ސައީދު ބައިވެރިވެވަޑައިގަންނަވާނެއެވެ.

އދ.ގެ އިންސާނީ ޙައްޤުތަކާބެހޭ މަޖީލީހުގެ ނައިބު ރައީސްގެ ޙައިސިއްޔަތުން ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު، ޔޫ.ޕީ.އާރު. ގެ މި ސެޝަންގެ ބައެއް ބައްދަލުވުންތަކުގެ ރިޔާސަތު ބެލެހެއްޓެވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖެއިން އ.ދ. ގެ ކޮމިޓީ އޮން ދަ ޕީސްފުލް ޔޫސަސް އޮފް އައުޓާ ސްޕޭސްގެ މެންބަރުކަން ހޯދައިފިޚަބަރު | 4 ގަޑިއިރު ކުރިންޔޫޕީ.އާ.ރު. ވަރކިންގ ގްރޫޕްގެ 50 ވަނަ ސެޝަންގައި ރާއްޖޭގެ ވަފްދު ބައިވެރިވާނެޚަބަރު | 3 ދުވަސް ކުރިންއިސްރާއީލުން ހުޅަނގު އައްސޭރި ހިފަން ނިންމުމުން ރާއްޖެއިން އެކަން ކުށްވެރިކޮށްފިޚަބަރު | 14 ދުވަސް ކުރިންސުލްހައިގެ އެއްބަސްވުމަށް އިސްރާއީލުން އަމަލުކުރުމަށް ރާއްޖެއިން ގޮވާލައިފި ޚަބަރު | 22 ދުވަސް ކުރިން