logo
Bank of Maldives

Bank of Maldives

ޚަބަރު

ފަލަސްތީނު ބަލައިގަތް ގައުމުތަކަށް ރާއްޖޭން މަރުހަބާ ކިޔައިފި

އާމިނަތު ޝަފާ
22 ސެޕްޓެމްބަރު 2025 - 07:46
ފަލަސްތީނު ބަލައިގަތް ގައުމުތަކަށް ރާއްޖޭން މަރުހަބާ ކިޔައިފި

ފަލަސްތީނުގެ ދައުލަތް ބަލައިގަންނަން އިނގިރޭސި ވިލާތާއި އޮސްޓްރޭލިއާ އަދި ކެނެޑާއިން ނިންމުމުން ރާއްޖޭން އެކަމަށް މަރުހަބާކިޔައިފި އެވެ.

އިނގިރޭސި ވިލާތާއި އޮސްޓްރޭލިއާ އަދި ކެނެޑާގެ ނިންމުމަށް މަރުހަބާ ކިޔައި ދިވެހި ހާރިޖިއްޔާއިން މިކަމާ ގުޅިގެން ނެރުނު ބަޔާނުގައި ބުނީ މިއީ މި ސަރަހައްދުގެ ސުލްހައާއި ހަމަޖެހުމަށް ލިބިގެންދިޔަ ކުރިއެރުމެއްކަމަށެވެ. މިކަމުން ފަލަސްޠީނުގެ ރައްޔިތުންނަށް ސުލްހަވެރިކަމާއި އަބުރުވެރިކަމާއެކު ދިރިއުޅުމުގެ ފުރުސަތު ލިބި، ރައްކާތެރިކަން ކަށަވަރުކޮށްދިނުމާމެދު ޤައުމުތަކުގެ މެދުގައި ޚިޔާލު އެއްގޮތްކަން ހާމަވާކަމަށްވެސް ސަރުކާރުގެ ބަޔާނުގައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފައްދަން ކުރާ މަސައްކަތަށް އެހެން ގައުމުތަކުން ވެސް ތާއީދުކުރަން އެ ބަޔާނުގައި ރާއްޖޭގެ ފަރާތުންވަނި ގޮވާލާފައެވެ.

އިނގިރޭސިވިލާތާއި، އޮސްޓްރޭލިއާ އަދި ކެނެޑާއިން ފަލަސްތީނު ދައުލަތެއްގެ ގޮތުގައި ރަސްމީކޮށް ބަލައިގަނެ މި ތާރީޚީ ނިންމުމަކީ ސަރަހައްދުގެ ސުލްހައަށް އިތުރު ބާރެއް ލިބިގެންދާނެ ކަމެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ.

މި ތިން ގައުމުން ވެސް ފާހަގަކޮށްފައިވަނީ މިއީ ދެ ދައުލަތުގެ ހައްލަށް މަގުފަހިކޮށް، ސަރަހައްދަށް ދެމެހެއްޓެނިވި ސުލްހައެއް ގެނައުމަށް އަޅާފައިވާ މުހިންމު ފިޔަވަޅުތަކެއް ކަމަށެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖެއިން އ.ދ. ގެ ކޮމިޓީ އޮން ދަ ޕީސްފުލް ޔޫސަސް އޮފް އައުޓާ ސްޕޭސްގެ މެންބަރުކަން ހޯދައިފިޚަބަރު | 4 ގަޑިއިރު ކުރިންޔޫޕީ.އާ.ރު. ވަރކިންގ ގްރޫޕްގެ 50 ވަނަ ސެޝަންގައި ރާއްޖޭގެ ވަފްދު ބައިވެރިވާނެޚަބަރު | 3 ދުވަސް ކުރިންއިސްރާއީލުން ހުޅަނގު އައްސޭރި ހިފަން ނިންމުމުން ރާއްޖެއިން އެކަން ކުށްވެރިކޮށްފިޚަބަރު | 14 ދުވަސް ކުރިންސުލްހައިގެ އެއްބަސްވުމަށް އިސްރާއީލުން އަމަލުކުރުމަށް ރާއްޖެއިން ގޮވާލައިފި ޚަބަރު | 22 ދުވަސް ކުރިން