ހިރިލަންދޫގައި އަލަށް އިމާރާތް ކުރާ މިސްކިތުގެ ބިންގާ އަޅައިފި

24 ސެޕްޓެމްބަރު 2025 - 09:38

ތ. ހިރިލަންދޫގައި އަލަށް އިމާރާތް ކުރާ މިސްކިތުގެ ބިންގާ މިއަދު އަޅައިފިއެވެ.
މި މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދެވެ. މި ބިންގާ އެޅުމުގައި ދާއިރާގެ މެމްބަރު ޢަލީ އަޝްރަޤްވެސް ބައިވެރިވެލެއްވިއެވެ.

Ad by Hajj Corporation
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބޭއްވުނު މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ދައުލަތުގެ އިސް ވަޒީރުންނާއި އެރަށުގެ ކައުންސިލާއި މުއައްސަސާތަކާއި ގިނަ އަދަދެއްގެ ރައްޔިތުން ވެސް ވަނީ ބައިވެރިވެފައެވެ.
ހިރިލަންދޫގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ މި މިސްކިތަކީ 500 މީހުންނަށް އެއްފަހަރާ އަޅުކަން ކުރެވޭ ވަރުގެ ޖާގައިގެ މިސްކިތެކެވެ. މި މިސްކިތުގައި ޒަމާނީ ވަސީލަތްތައް ޤާއިމްކުރެވޭނެ ކަމަށް ވެސް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.
މިގޮތުން މިސްކިތް ނިމިގެންދާއިރު، މިސްކިތުގައި ސޯލާ ޕެނަލް ހަރުކުރެވި، އޭސީ ކުރަން ނިންމާފައިވާއިރު، އަދި މިސްކިތުގައި ލައިބްރަރީއަކާއި ކުލާސްރޫމެއް ވެސް ހިމެނޭނެއެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫޢެކެވެ.