logo
Bank of Maldives

Bank of Maldives

ވިޔަފާރި

ކަނޑޫދޫ އަދި ވަންދޫގައި ވެސް ބީއެމްއެލް އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް ފަށައިފި

ނުހާ އަޙްމަދު
24 ސެޕްޓެމްބަރު 2025 - 11:56
ކަނޑޫދޫ އަދި ވަންދޫގައި ވެސް  ބީއެމްއެލް އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް ފަށައިފި

ތ. ކަނޑޫދޫ އަދި ވަންދޫ ގައި ވެސް ބީއެމްއެލް އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ފަށައިފިއެވެ.

މި ހިދުމަތްތައް ރަސްމީކޮށް ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މި ކަނޑޫދޫ އަދި ވަންދޫއަށް ކުރެއްވި ޒިޔާރަތުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

big_uxhkJ2pQaoXO4nQuvIQHBhbNh.jfif

ތ. ވަނދޫގައި ބީއެމްއެލް އޭޓީއެމްގެ ހިދުމަތް ރަސްމީކޮށްފެށުން

މި ދެރަށުގައި ބީއެމްއެލް އޭޓީއެމް ހިދުމަތް ރަސްމީކޮށް ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެރަށަށް ކުރެއްވި ޒިޔާރަތުގައެވެ. ރައީސްގެ މި ދަތުރުފުޅުގައި ތ.އަތޮޅުގެ 8 ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމުކޮށް، މުޅި އަތޮޅަށް ބީއެމްއެލް އޭޓީއެމްގެ ހިދުމަތް ފުޅާކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކަނޑޫދޫ އަދި ވަންދޫގައި ބީއެމްއެލް އޭޓީއެމް ހިދުމަތް ރަސްމީކޮށް ފެށުމަށް މި ދެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި މި ހިދުމަތް ފަށްޓަވާދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުއެވެ. މި ހިދުމަތް ފަށްޓަވައިދެއްވުމަށްފަހު އެމަނިކުފާނު ވަނީ ހަނދާނީ ބޭންކު ކާޑެއް މި ދެ ރަށުގެ ކައުންސިލް ރައީސަށް ހަވާލުކުރައްވާފައެވެ.

މި ރަސްމިއްޔާތުތަކުގައި ވަޒީރުންނާއި ބީއެމްއެލްގެ ޗެއާޕަރސަން އަހްމަދު ޢަލީ ޙަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފުގެ އިތުރުން ބީއެމްއެލްގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ދެ ރަށުގައި ގާއިމްކޮށްފައިވާ ބީއެމްއެލް އޭޓީއެމްއިން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ހިދުމަތް ލިބޭނެކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.

އަތޮޅުތެރޭގެ ރަށްރަށުގައި ބީއެމްއެލް އޭޓީއެމްގެ ހިދުމަތް ގާއިމުކުރުމުގެ މަޝްރޫއުގެ ދަށުން މިހާތަނަށް 13 އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވަނީ ބީއެމްއެލް އޭޓީއެމް ގާއިމުކޮށް ހިދުމަތް ދޭން ފަށާފައެވެ. އިގުތިސާދީ ވުޒާރާގެ ބެއްލެވުމުގެ ދަށުން މުޅި ރާއްޖޭގައި އޭޓީއެމް ބެހެއްޓުމުގެ މަޝްރޫއު ބޭންކް އޮފް މޯލްޑިވްސްއިން ކުރިއަށް ގެންދާއިރު، ބީއެމްއެލްގެ އަމާޒަކީ މިއަހަރުގެ ނިޔަލަށް މިމަޝްރޫއު އެއްކޮށް ނިންމާލުމެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 171 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 229 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސުލްޖުމްހޫރިއްޔާ މިރޭ ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރައްވާނެ!ޚަބަރު | ގަޑިއިރެއް ކުރިންދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް 16 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސް ތަސްދީޤުކުރައްވައިފިޚަބަރު | 18 ގަޑިއިރު ކުރިންރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ދެން އޮފީސް އިނާޔަތެއް ނުދޭނެ!ޚަބަރު | 18 ގަޑިއިރު ކުރިންޒަކާތުގެ ޤާނޫނު ތަސްދީޤުކުރައްވައިފި، އަމަލުކުރަން ފަށާނީ 2026 ވަނަ އަހަރުޚަބަރު | 18 ގަޑިއިރު ކުރިން