logo
Bank of Maldives

Bank of Maldives

ޚަބަރު

މި ސަރުކާރު އަބަދުވެސް އޮންނާނީ ރައްޔިތުންނަށް ދުޅަހެޔޮ ސިއްހަތެއް ހޯދައިދިނުމުގެ އަޒުމުގަ: ރައީސް

މި ސަރުކާރު އަބަދުވެސް އޮންނާނީ ރައްޔިތުންނަށް ދުޅަހެޔޮ ސިއްހަތެއް ހޯދައިދިނުމުގެ އަޒުމުގަ: ރައީސް

ރައްޔިތުންނަށް ހޯދައިދިނުމަށް ގެންގުޅޭ ތަސައްވުރާއި އަޒުމުގައި މިސަރުކާރު އަބަދުވެސް ދެމި އޮންނާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދުނިޔޭގައި ފާހަގަކުރާ ފުޓުބޯޅަ ދުވަހުގެ ތަހުނިޔާ ވިދާޅުވެ، ކުރެއްވި ޕޯސްޓެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ޕޯސްޓުގައި ރައީސް ވިދާޅުވީ ފުޓުބޯޅައިގެ އުމްރާނީ ވަޞީލަތްތައް ތަރައްގީކޮށް ކުރިއެރުވުމާއި، ފީފާއިން ގަބޫލުކުރާ ފެންވަރުގެ ފުޓުބޯޅަ ދަނޑުތައް އެޅުމާއި އިސްލާހުކުރެވިފައިވާ ކުޅިވަރުގެ ޤާނޫނާއެކު، ކުޅިވަރު ލާމަރުކަޒީ ކުރުމަށް ސަރުކާރުން ކުރަމުން އަންނަ ކާމިޔާބު މަސައްކަތަކީ އެކަމުގެ ހެއްކެއް ކަމަށެވެ.

މީގެއިތުރުން، ރާއްޖޭގައި ބައިނަލްއަގުވާމީ ފުޓުބޯޅަ މުބާރާތްތައް ބޭއްވޭނެ މަގު ފަހިކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން މަސައްކަތްކުރަމުންދާކަމަށާއި މީގެ ސަބަބުން ދިވެހި އެތުލީޓުންނަށް ބައިނަލްއަގުވާމީ މައިދާނުގައި ބޭނުންވާ ފުރުސަތު ލިބިގެންދާނެކަން ފާހަގަކުރެއްވިއެވެ.

ދުނިޔޭގެ ފުޓުބޯޅަ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް މެއި މަހުގެ 25 ވަނަ ދުވަހުއެވެ. މި ދުވަސް ފާހަގަކުރަނީ، ދުނިޔެ ބަދަހިކޮށް، ސުލްޙަމަސަލަސްކަން ޕްރޮމޯޓުކޮށް، ޓީމްވޯކާއި އެކަކު އަނެކަކަށް ނުވަތަ އެއް ގައުމަކުން އަނެއް ގައުމެއްގެ ޞަޤާފަތަށް ކުރާ އިޚްތިރާމް ބޮޑުކުރުމަށް ފުޓުބޯޅަ އަދާކުރާ ދައުރު ފާހަގަކުރުމުގެ ގޮތުންނެވެ.

މިދުވަސް އެންމެފުރަތަމަ ފާހަގަކުރަން ފެށީ 2024 ވަނަ އަހަރުއެވެ. އެއަހަރު މިދުވަސް ފާހަގަކުރަން ފެށީ، ދުނިޔޭގައި ބޭއްވި ފުރަތަމަ ބައިނަލްއަގުވާމީ ފުޓުބޯޅަ މުބާރާތް ބޭއްވިތާ 100 އަހަރު ފުރުމުގެ މުނާސަބާއާ ގުޅުވައިގެންނެވެ. އެއީ 1924 ވަނަ އަހަރު ބޭއްވި ޕެރިސް އޮލިމްޕިކްސްގެ ފުޓުބޯޅަ އިވެންޓެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މި ސަރުކާރު އަބަދުވެސް އޮންނާނީ ރައްޔިތުންނަށް ދުޅަހެޔޮ ސިއްހަތެއް ހޯދައިދިނުމުގެ އަޒުމުގަ: ރައީސްޚަބަރު | ގަޑިއިރެއް ކުރިންރައީސުލްޖުމްހޫރިއްޔާ، އުރުދުންގެ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި ޚަބަރު | 4 ގަޑިއިރު ކުރިންސެނެޓްގެ ނިންމުމަކާއި ރައީސާއި ގުޅުވައި ފަތުރަނީ ބޮޑު ދޮގެއް: ޕީއެންސީ ލީޑަރޝިޕްޚަބަރު | 13 ގަޑިއިރު ކުރިންނުރަސްމީ ދަތުރުފުޅެއްގައި ރައީސް ސިންގަޕޫރަށް ފުރާވަޑައިގެންފިޚަބަރު | 20 ގަޑިއިރު ކުރިން