logo
Bank of Maldives

Bank of Maldives

ޚަބަރު

ސެނެޓްގެ ނިންމުމަކާއި ރައީސާއި ގުޅުވައި ފަތުރަނީ ބޮޑު ދޮގެއް: ޕީއެންސީ ލީޑަރޝިޕް

މުހައްމަދު މޫސާމުހައްމަދު މޫސާ
25 މޭ 2026 - 02:15
ސެނެޓްގެ ނިންމުމަކާއި ރައީސާއި ގުޅުވައި ފަތުރަނީ ބޮޑު ދޮގެއް: ޕީއެންސީ ލީޑަރޝިޕް

ޕީއެންސީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުށަހެޅުއްވި ހުށަހެޅުއްވުމަކަށް އެ ޕާޓީގެ ސެނެޓުން ދެކޮޅު ހަދާފައިވާ ކަމަށް ބުނެ ބައެއް އޮންލައިން ނޫސްތަކުގައި ޝާޢިއުކުރި ޚަބަރުތައް ޕީއެންސީގެ ލީޑަރޝިޕުން ހަރުކަށި އިބާރާތުން ދޮގުކޮށްފިއެވެ.

މިކަމާ ގުޅިގެން ޕާޓީގެ އިސް ބޭފުޅުން ވިދާޅުވީ އެއީ ފިތުނަ އުފެއްދުމުގެ މަގްސަދުގައި ފަތުރާފައިވާ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިކަމާއި ގުޅިގެން ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލް މޫސާ ފަތުހީ އާދަމް ވިދާޅުވީ، 2026 ވަނަ އަހަރު ބާއްވާ ކޮންގްރެސްގެ ކަންކަން ވިލަރެސްކުރާ ކޮމެޓީ އެކުލަވާލުމާ ގުޅޭގޮތުން "އަދަދު" ނޫހާއި އެހެން ބައެއް ނޫސްތަކުގައި ލިޔެފައިވަނީ ވަރަށް ބޮޑަށް އޮޅުވާލައި ފިތުނަ އުފެއްދުމަށް ލިޔެފައިވާ ޚަބަރެއް ކަމަށެވެ.

 

 

އަދި ޕާޓީގެ ޗެއާޕާސަން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް ވަނީ މި ވާހަކަތައް ދޮގުކުރައްވާފައެވެ.

"މިއީ ކަނޑައެޅިގެން ހަގީގަތާ ޚިލާފު ވާހަކައެއް. މެންބަރުންގެ މަޖިލީހުން ވަކި ގޮތަކަށް ކަމެއް ނިންމާކަށް ރިޔާސަތުން ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުށައެއް ނާޅުއްވާ. ޕީއެންސީއަކީ ޑިމޮކްރަސީގެ ރިވެތި އުޞޫލުން ހިންގާ ޕާޓީއެއް،" އަބްދުއްރަހީމް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ފިތުނަ އުފައްދައިގެން ޕާޓީ ބައިބައި ނުކުރެވޭނެ ކަމަށާއި މުޅި ލީޑަރޝިޕް އޮތީ ރައީސް މުޢިއްޒާއެކު ސާބިތުވެ ކަމަށެވެ.

 

 

ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހް ވިދާޅުވީ ރައީސް މުޢިއްޒު ބޭނުންފުޅުނުވާ އެއްވެސް ކަމެއް ޕާޓީގެ ސެނެޓްގައި ނުވަތަ ލީޑަރޝިޕްގައި ވެސް ނުހިނގާނެ ކަމަށެވެ. އަދި ރައީސް އަބަދުވެސް އިސްކުރައްވަނީ ޕާޓީގެ އަސާސީ ގަވާއިދާއި މަޝްވަރާގެ ރިވެތި އުސޫލުކަން ފާހަގަކުރައްވައި، ފަލާހް ވިދާޅުވީ ސެނެޓްގެ ބައްދަލުވުމުގައި ހުރިހާ ކަމެއްވެސް ހުށަހެޅުއްވީ ސެނެޓް މެންބަރުންނަށް ފެންނަ ގޮތަކަށް ނިންމުމަށް ކަމަށެވެ.

 

 

ޕާޓީގެ ނައިބު ރައީސް އިބްރާހިމް ޝުޖާޢު ވިދާޅުވީ ރައީސް މުޢިއްޒު ވަކި ކަމެއް ވަކި ގޮތަކަށް ކުރުމަށް މަޝްވަރާ މަޖިލީހަށް ހުށަނާޅުއްވާ ކަމަށާއި، ހުށަހެޅުއްވި ނަމަ ވަގުތުން އެކަމަށް ރުހުން ދޭނެ ކަމަށެވެ. ޝުޖާޢު ވަނީ ނޫސްވެރިން މިފަދަ ނާތަހުޒީބު އަމަލުތައް ހުއްޓާލުމަށް ގޮވާލައްވައި، ޕާޓީގެ ކޮންގްރެސްގެ ތައްޔާރީތަކާ ގުޅޭ މައުލޫމާތު ސާފުކުރުމަށް ޕާޓީގެ ސްޕޯކްސްޕާސަނަށް ގުޅުމަށް އެދިވަޑައިގެންފައެވެ.

 

 

ޕީއެންސީގެ ލީޑަރޝިޕުން ބުނި ގޮތުގައި ރައީސް މުޢިއްޒަކީ ރައްޔިތުންގެ މަޝްވަރާއާއި ލަފާ ހޯއްދަވައިގެން ވެރިކަން ކުރައްވާ ރައީސެކެވެ. އަދި މިފަދަ ދޮގު ޚަބަރުތަކުން ފެންނަނީ ބައެއް ފަރާތްތަކުން ފައިސާ ދީގެން ނޫސްވެރިން ލައްވާ ބޮޑެތި ދޮގު ވާހަކަތައް ފަތުރަމުންދާ މިންވަރު ކަމަށްވެސް އެ ބޭފުޅުން ތުހުމަތުކުރެއްވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސެނެޓްގެ ނިންމުމަކާއި ރައީސާއި ގުޅުވައި ފަތުރަނީ ބޮޑު ދޮގެއް: ޕީއެންސީ ލީޑަރޝިޕްޚަބަރު | ގަޑިއިރެއް ކުރިންނުރަސްމީ ދަތުރުފުޅެއްގައި ރައީސް ސިންގަޕޫރަށް ފުރާވަޑައިގެންފިޚަބަރު | 9 ގަޑިއިރު ކުރިންޗައިނާގެ މައިނެއްގައި ހިނގި ގޮވުމުގެ ހާދިސާއާ ގުޅިގެން ރައީސްގެ ތައުޒިޔާޚަބަރު | 15 ގަޑިއިރު ކުރިންދިގުމުއްދަތަކަށް ބޭނުންކުރާ ބޭސްތައް ދެމެެހެއްޓެނިވިކޮށް ލިބޭގޮތް ހަދާނެ: ރައީސްޚަބަރު | ދުވަހެއް ކުރިން