logo
Bank of Maldives

Bank of Maldives

ޚަބަރު

ރައީސުލްޖުމްހޫރިއްޔާ، ޙައްޖު ދުވަހުގެ ތަޙުނިޔާ ފޮނުއްވައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
25 މޭ 2026 - 20:08
ރައީސް، ޙައްޖު ދުވަހުގެ ތަޙުނިޔާ ފޮނުއްވައިފި

މިއަހަރުގެ ބަރަކާތްތެރި ޙައްޖު ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހި އެންމެހައި ރައްޔިތުންނަށް ދުވަހުގެ ތަޙުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ތަޙުނިޔާ ފޮނުއްވާފައިވަނީ މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނުގެ މެސެޖުގައި، މި ބަރަކާތްތެރި ދުވަހުގެ ހެޔޮ ދަރުމައާއި ޘަވާބު ކޮންމެ ދިވެހި ރައްޔިތަކަށްމެ މިންވަރު ކުރެއްވުން އެދި ދުޢާ ކުރައްވާފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސްގެ މެސެޖުގައި އިތުރަށް ވިދާޅުވެފައިވަނީ، ޙައްޖު ދުވަހަކީ ރަޙްމަތާއި ބަރަކާތާއި ބާއްޖަވެރިކަމުގެ ދުވަހެއްގެ ގޮތުގައެވެ. އަދި އެއީ މާތްﷲގެ ރުއްސެވުމާއި ފުއްސެވުން ލިބިގެންދާ މަތިވެރި ދުވަހެއްކަން ފާހަގަކުރައްވައި، ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް މި ދުވަހުގެ ހެޔޮ ދަރުމަ ދެއްވުމަށް އެދިވަޑައިގެންފައިވެއެވެ.

މިއަހަރުގެ ޙައްޖު ދުވަހަކީ މާދަމާއެވެ. ޙައްޖުގެ މަތިވެރި އަޅުކަމުގައި ބައިވެރިވުމަށް ސައުދީ އަރަބިއްޔާއަށް ގޮސްފައިވާ ދިވެހި ޙާޖީންގެ ޙާލަތާ ގުޅޭގޮތުން ޙައްޖު މިޝަނުން މަޢުލޫމާތު ދީފައިވާ ގޮތުގައި، ހުރިހާ ޙާޖީންވެސް މިހާރު ތިބީ ޢަރަފާތަށް ދަތުރުފެށުމަށް ފުރިހަމައަށް ތައްޔާރުވެގެންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސް، ޙައްޖު ދުވަހުގެ ތަޙުނިޔާ ފޮނުއްވައިފިޚަބަރު | ގަޑިއިރެއް ކުރިންމި ސަރުކާރު އަބަދުވެސް އޮންނާނީ ރައްޔިތުންނަށް ދުޅަހެޔޮ ސިއްހަތެއް ހޯދައިދިނުމުގެ އަޒުމުގަ: ރައީސްޚަބަރު | 8 ގަޑިއިރު ކުރިންރައީސުލްޖުމްހޫރިއްޔާ، އުރުދުންގެ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި ޚަބަރު | 11 ގަޑިއިރު ކުރިންސެނެޓްގެ ނިންމުމަކާއި ރައީސާއި ގުޅުވައި ފަތުރަނީ ބޮޑު ދޮގެއް: ޕީއެންސީ ލީޑަރޝިޕްޚަބަރު | 19 ގަޑިއިރު ކުރިން