logo
Bank of Maldives

Bank of Maldives

ޚަބަރު

ދޮގު މައުލޫމާތުދީ ސަރުކާރަށް އޮޅުވާލާފައިވާ މައްސަލައެއް ، ގޮތެއް ނިންމަނީ

އައިޝަތު ނަޝާ
24 ސެޕްޓެމްބަރު 2025 - 11:51
ދޮގު މައުލޫމާތުދީ ސަރުކާރަށް އޮޅުވާލާފައިވާ މައްސަލައެއް ، ގޮތެއް ނިންމަނީ

ތ. ކަނޑޫދޫގެ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރަން ހަވާލުކުރި ކުންފުނިން އެ މަޝްރޫއުުގެ 96 އިންސައްތަ މަސައްކަތް ނިންމާފައިވާ ކަމަށް ބުނެ ސަރުކާރަށް އޮޅުވާލާފައިވާ މައްސަލައެއް އެ ރަށުގެ ރައްޔިތުންނާ އެކު ބޭއްވެވި ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ސަމާލުކަމަށް ގެންނަވައިފި އެވެ.

އަތޮޅުތެރެއަށް ރައީސް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކަނޑޫދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ އެ އަތޮޅުގެ އިތުރުން ވ. މ އަދި ފ. އަށް މި ބުރުގައި ކުރެއްވި ދަތުރުފުޅުގައި ވަރަށް ގިނަ ކަންކަން ސާފުވެފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މަޝްރޫއުތަކާ ގުޅޭ ގޮތުން ކުންފުނިތަކުން ސަރުކާރަށް އޮޅުވާލާފައިވާކަން އެނގިވަޑައިގެންފައިވާކަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ، ކަނޑޫދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު ހަވާލު ކޮށްފައިވާ ކުންފުނިން ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކަށް ދީފައިވާ މައުލޫމާތާއި ކޮށްފައި ހުރި މަސައްކަތުގައި ތަފާތުތަކެއް އެބަހުރި ކަމަށެވެ.

ކަނޑޫދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު ހަވާލު ކޮށްފައިވާ ކުންފުނިން ސަރުކާރަށް އޮޅުވާލާފައިވާކަމަށް ރައީސް ވިދާޅުވި ނަމަވެސް އެއީ ކޮން ކުންފުންޏެއް ކަމެއް އެމަނިކުފާނު ހާމަ ކުރައްވާފައިނުވެއެވެ.

ރައީސް ވަނީ މައްސަލަ ވަރަށް ސީރިއަށް މައްސަލައެއްގެ ގޮތުގައި ބަލާނެކަމަށް ވިދާޅުވެފައެވެ. މި މަޝްރޫއު ޓާމިނޭޓުކޮށްފައި އެމްޑަބުލިއުއެސްސީއާ ހަވާލުކުރެވިދާނެކަމަށާއި ނަމަވެސް އެއީ އެންމެ ރަނގަޅު ގޮތްކަމަށް ނުވާތީ އަދިވެސް މަސައްކަތް ކުރަނީ އެ ކުންފުނި މެދުވެރިކޮށް މަސައްކަތް ނިންމޭތޯކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ރަށްރަށުގައި ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫއުތައް ހުއްޓުމުގައި އޮތީ ފައިސާގެ ދަތިކަން ނޫންކަމަށް ވިދާޅުވެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސް، ޙައްޖު ދުވަހުގެ ތަޙުނިޔާ ފޮނުއްވައިފިޚަބަރު | 2 ގަޑިއިރު ކުރިންމި ސަރުކާރު އަބަދުވެސް އޮންނާނީ ރައްޔިތުންނަށް ދުޅަހެޔޮ ސިއްހަތެއް ހޯދައިދިނުމުގެ އަޒުމުގަ: ރައީސްޚަބަރު | 8 ގަޑިއިރު ކުރިންރައީސުލްޖުމްހޫރިއްޔާ، އުރުދުންގެ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި ޚަބަރު | 11 ގަޑިއިރު ކުރިންސެނެޓްގެ ނިންމުމަކާއި ރައީސާއި ގުޅުވައި ފަތުރަނީ ބޮޑު ދޮގެއް: ޕީއެންސީ ލީޑަރޝިޕްޚަބަރު | 20 ގަޑިއިރު ކުރިން