logo
Bank of Maldives

Bank of Maldives

ޚަބަރު

މަސްވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ރައީސް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާ: ޝީޔާމް

ޢައްފާން މުޙައްމަދު
27 ސެޕްޓެމްބަރު 2025 - 06:00
މަސްވެރިންގެ  ސަލާމަތާއި  ރައްކާތެރިކަމަށް ރައީސް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާ: ޝީޔާމް

ދިވެހި އިގްތިސާދުގެ އެއް ތަނބު، މަސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، މަސްވެރިންނަށް ޚާއްސަކޮށްގެން ސަރުކާރުން ތ. ގުރައިދޫގައި ސެނެހިޔާގެ ހައިޕަރބެރިކް ސެންޓަރެއް ހުޅުވާ ޚިދުމަތް ދޭން ފެށުމާގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވަޒީރު ވަނީ، މިއީ ދިވެހިރާއްޖޭގެ ތާރީޚުގައިވެސް ސަރުކާރުން މަސްވެރިންނަށް ޚާއްސަކޮށްގެން ހުޅުވި މިފަދަ ފުރަތަމަ ސެންޓަރުކަން ފާހަގަކުރައްވާފައެވެ.

އަދި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި މިފަދަ އިތުރު ސެންޓަރުތައް ހުޅުވުމަކީ ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރައްވާ މަސައްކަތްޕުޅެއްކަން ވަޒީރު ހާމަކުރެއްވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، މި ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން، މަސްވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ރައީސް ގެންދަވަނީ ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވައި، އެކަމަށް ޚާއްސަ ސިޔާސަތުތައް އެކުލަވާލައްވައި ތަންފީޒުކުރައްވަމުން ކަމަށެވެ. އެގޮތުން ރާއްޖޭގައި މަސްވެރިކަން ކުރާ ކޮންމެ އޮޑިއެއްގައި އެންމެ މަދުވެގެން އެއް ރެސްކިއު ޑައިވަރު ބެހެއްޓުމަށް އެމަނިކުފާނު ކަނޑައެޅުއްވި ޕްރޮގްރާމްގެ ތެރެއިން މިދިޔަ އަހަރު އެކަނިވެސްވަނީ 56 ޑައިވަރުން ތަމްރީނުކޮށްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި އިތުރު ޑައިވަރުން ތަމްރީނުކުރުމުގެ މަސައްކަތް މިއަހަރުވެސް ކުރިއަށް ދާކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެ ކުރިން އެއްވެސް ސަރުކާރަކުން މަސްވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ނުކުރާ މުހިއްމު އެތައް މަސައްކަތްތަކެއް މިސަރުކާރުން ކުރަމުންދާ ކަމަށާއި ރައީސް ޑރ. މުޢިއްޒު ގެންދަވަނީ ދިވެހިރާއްޖޭގެ ކޮންމެ ސިނާޢަތަކަށްވެސް ހެޔޮ ބަދަލުތަކެއް ގެންނަވައި، ތަފާތު ދައްކަވަމުންކަން ވަޒީރު ޝިޔާމް ފާހަގަކުރެއްވިއެވެ.

މަސްވެރިންނަށް ޚާއްސަކޮށްގެން ސަރުކާރުން ތ. ގުރައިދޫގައި ސެނެހިޔާގެ ހައިޕަރބެރިކް ސެންޓަރެއް ހުޅުވާފައި ވަނީ، ރާއްޖޭގެ ހަތަރު އަތޮޅަކަށް ރައީސް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ގުރައިދޫއަށް ވަޑައިގެން އިއްޔެއެވެ.

ގުރައިދޫއަކީ ސަރުކާރުން ރާއްޖޭގައި ހައިޕަރބެރިކް ސެންޓަރެއް ޤާއިމްކުރި ފުރަތަމަ ރަށެވެ. މި ޗެމްބަރަކީ 100 މީޓަރު އަޑިން ޑީކޯވިނަމަވެސް ފަރުވާ ދެވޭ ފެންވަރުގެ ޗެމްބަރެކެވެ.
ރާއްޖޭގެ މަސްވެރިންނާއި ޑައިވަރުންގެ އޮތް ދުވަސްވީ ކަންބޮޑުވުމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށްޓަކައި ސަރުކާރުން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޑީކޮމްޕްރެޝަން ޗެމްބަރުތައް ބެހެއްޓުމުގެ މަސައްކަތް ކުރަމުނެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅުގެ ދަށުން ރަށްރަށުގައި ޑީކޮމްޕްރެޝަން ޗެމްބަރުތައް ބެހެއްޓުމުގެ މަސައްކަތް ކުރިއަށްއޮތް 6 މަސްދުވަހުގެ ތެރޭގައި ނިންމަވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ އެކަމަށް ބޭނުންވާ މެޝިންތައް ގަތުމާއި ހޯދުމުގެ މަސައްކަތުގެ އިތުރުން އިންސްޓޯލްކުރުމުގެ މަސައްކަތް އެކި މަރުޙަލާތަކުގައި ކުރިއަށްދާކަމަށެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދ. އަތޮޅުގެ ދެ ރަށެއްގައި ގާއިމުކުރެވުނު އައިސްޕްލާންޓްތައް ހުޅުވައިފިޚަބަރު | 12 ގަޑިއިރު ކުރިންރައީސުލްޖުމްހޫރިއްޔާ، މަސްޖިދުއްދަޢުވާގެ ބިންގާ އަޅުއްވައިދެއްވައިފިޚަބަރު | 14 ގަޑިއިރު ކުރިންމިއީ ކުޑަ ބަޖެޓެއް، ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމުގެ ޚަރަދާނުލާ ބަޖެޓުގެ ޖުމްލަ އަދަދަކީ 55 ބިލިއަން ރުފިޔާ: ރައީސް ޚަބަރު | 16 ގަޑިއިރު ކުރިން18 މީޑިއާ އަކަށްބަޖެޓުން 28 މިލިއަން ރުފިޔާ ދޫކުރަނީޚަބަރު | 2 ދުވަސް ކުރިން