ރައީސުލްޖުމްހޫރިއްޔާ، މަސްޖިދުއްދަޢުވާގެ ބިންގާ އަޅުއްވައިދެއްވައިފި
30 އޮކްޓޯބަރު 2025 - 11:04

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މަސްޖިދުއްދަޢްވާގެ ބިންގާ އަޅުއްވައިދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މަސްޖިދުއްދަޢްވާގެ ބިންގާ އަޅުއްވައިދެއްވީ މިކަމަށްޓަކައި މިއަދު މެންދުރުފަހު، މާފަންނު މުއިވެޔޮދޮށުގެ (ބޮޑުގެ) ސަރަޙައްދުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

Ad by Hajj Corporation
8،973.33 އަކަފޫޓު ބޮޑުމިނުގައި އިމާރާތްކުރާ މިމިސްކިތުގައި އެއްފަހަރާ 1250 މިހުންނަށް ނަމާދުކުރެވޭނެއެވެ. މި މިސްކިތުގައި ނަމާދުކުރާ ސަރަޙައްދުގެ އިތުރުން ލައިބްރަރީއަކާ، 3 ކުލާސްރޫމާ، ކޮންފަރެންސް ހޯލަކާ، އޮފީހެއްވެސް ހިމެނެއެވެ. މި މިސްކިތް ފަރުމާކުރެވިފައިވަނީ، ޚާއްޞައެހީއަށް ބޭނުންވާ މީހުންނަށް މިސްކިތައް ވަދެނުކުމެ އުޅުމަށް ބޭނުންވާ ވަޞީލަތްތަކާވެސް އެކުގައެވެ.
ވެންޒާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫޢުއަކީ އަމިއްލަ ފަރާތްތަކަކުން ޚަރަދުކުރާ މަޝްރޫޢުއެކެވެ. މި މަޝްރޫޢު ނިންމުމަށް ދީފައިވަނީ 540 ދުވަހުގެ މުއްދަތެކެވެ.
މާލެ ސިޓީގައި ބާވެފައި ހުރި މިސްކިތްތަކުގެ ބަދަލުގައި ޒަމާނީ ބޮޑެތި މިސްކިތްތައް ބިނާކުރުމަކީ ސަރުކާރުގެ އަމާޒެެކެވެ. މިގޮތުން ރައްދެބައިމަގާއި މަޖީދީމަގު ކަންމަތީގައި ހުރި ދުވަސްވީ ބަރުބަރީ މިސްކިތުގެ މަސައްކަތް ވެސް މިދިޔަ އަހަރުގައިވަނީ ފެށިފައެވެ. ތިން ބުރިއަށް ބިނާކުރެވޭ ޒަމާނީ އެ މިިސްކިތް މިއަހަރުގެ ޑިސެމްބަރު މަހުގައި ހުޅުވުމަށްބާރު ސްޕީޑުގައި މަސައްކަތް ކުރިއަށްދާކަމަށާއި މަޖީދީމަގުގައި ހުންނަ ޒިކުރާ މިސްކިތް އަންނަ ޖަނަވަރީ މަހުގައި ފެށޭނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނެއެވެ.


