logo
Bank of Maldives

Bank of Maldives

ޚަބަރު

ތުރުކީގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސްގެ ތަހުނިޔާ

އާމިނަތު ޝަފާ
29 އޮކްޓޯބަރު 2025 - 10:23
ތުރުކީގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސްގެ ތަހުނިޔާ

ތުރުކީވިލާތުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ރައީސް ރަޖަބް ޠައްޔިބު އުރްދުޣާނަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

އެ މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ތުރުކީގެ ރައީސް އުރްދުޣާނަށާއި، އެ މަނިކުފާނުގެ ސަރުކާރަށާއި، ތުރުކީވިލާތުގެ ރައްޔިތުންނަށް، ދިވެހި ރައްޔިތުންނާއި ދިވެހި ސަރުކާރުގެ ނަމުގައި، ޖުމްހޫރީ ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުން އަރިސްކުރައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވޭތުވެ ދިޔަ އަހަރުތަކުގައި ތުރުކީވިލާތުން ހޯދާފައިވާ ކުރިއެރުމާއި ކާމިޔާބީ ފާހަގަކުރުމުގައި ދިވެހިރާއްޖެ ބައިވެރިވާކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ. އަދި އެއް ޤައުމުން އަނެއް ޤައުމަށް ކުރާ އިޙުތިރާމާއި، ދޭ އެއްބާރުލުމާއި، ދެ ޤައުމުން ހިއްސާކުރާ ގިޔަމުތަކުގެ ތަރަހައިގެ މަތީ ޤާއިމުކޮށްފައިވާ، ގާތް، ރަޙުމަތްތެރި ގުޅުމުގެ އަގުވަޒަންކުރައްވާކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނުގެ މެސެޖުގައި ވަނީ، ރައީސް އުރްދުޣާނަށް ފުރިހަމަ ޞިއްޙަތަކަށް އެދިވަޑައިގެން، ތުރުކީވިލާތުގެ ރައްޔިތުންނަށް އަމާންކަމާއި އުފާފާގަތިކަމަށް އެދިވަޑައިގަންނަވާފައެވެ.

މި މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ އެކްސް އެކައުންޓުން ހިއްސާކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވަނީ، ތުރުކީވިލާތުގެ ރައްޔިތުންނަށް ތަރައްޤީ ލިބެމުންދިއުމަށް އެދިވަޑައިގަންނަވާފައެވެ. އަދި ބައިނަލްއަޤުވާމީ ފެންވަރުގައި އަމަންއަމާންކަމާއި ފާގަތިކަން ދެމެހެއްޓުމަށްޓަކައި، ދިވެހިރާއްޖެވެސް ހިމެނޭ ގޮތަށް، ތުރުކީވިލާތުން ޤާއިމުކޮށްފައިވާ ގުޅުންތަކުގެ ފައިދާ، އެންމެހާ ބައިވެރިން ހިއްސާކުރަމުންދާނޭކަން ޔަޤީންކުރައްވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

18 މީޑިއާ އަކަށްބަޖެޓުން 28 މިލިއަން ރުފިޔާ ދޫކުރަނީޚަބަރު | 14 ގަޑިއިރު ކުރިންތުރުކީގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސްގެ ތަހުނިޔާޚަބަރު | 14 ގަޑިއިރު ކުރިންޖޭއެސްސީގެ މެންބަރުކަމުގެ މަޤާމަށް ޙުސްނީ މުބާރިކް ޢައްޔަންކުރައްވައިފިޚަބަރު | 14 ގަޑިއިރު ކުރިންއަހުންގެ ރަށު، އަފޭންގެ ރަށު، އަހަންނަގެ ރަޓު، އަފުންގެ ރަށި، ހުރިހާ ރަށެއްގައި މިހާރު އޭޓީއެމްގެ ޚިދުމަތް ލިބޭނެވިޔަފާރި | 18 ގަޑިއިރު ކުރިން