logo
Bank of Maldives

Bank of Maldives

ޚަބަރު

ނުނަގައި ގިނަ ދުވަސް ވެފައިވާ ޕާސްޕޯޓުތައް 31 ޑިސެމްބަރުގެ ފަހުން ކެންސަލް ކުރާނެ!

އާމިނަތު ޝަފާ
29 ސެޕްޓެމްބަރު 2025 - 04:24
ނުނަގައި ގިނަ ދުވަސް ވެފައިވާ ޕާސްޕޯޓުތައް 31 ޑިސެމްބަރުގެ ފަހުން ކެންސަލް ކުރާނެ!

ނުނަގައި ގިނަ ދުވަސް ވެފައިވާ ޕާސްޕޯޓުތައް މިއަހަރުގެ ޑިސެމްބަރުމަހުގެ 31 ވަނަ ދުވަހުގެ ފަހުން ކެންސަލް ކުރާނެކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން ގެޒެޓުކުރި އިއުލާނެއްގައި ބުނީ ދިވެހި ޕާސްޕޯޓު  ހެއްދުމަށްފަހު، ޕާސްޕޯޓުގެ ވެރިފަރާތުން ޕާސްޕޯޓާ ހަވާލުނުވެ ގިނަދުވަސް ވަމުންދާކަން ފާހަގަކުރެވިފައިވާކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޕާސްޕޯޓު  ހެއްދުމަށްފަހު ޕާސްޕޯޓާ ހަވާލުނުވެ، 6 މަސް ދުވަހަށް ވުރެ ގިނަދުވަސް ވެފައިވާ ފަރާތް ތަކުން، 2025 ޑިސެމްބަރު 31 ވަނަ ދުވަހުގެ ކުރިން، ޕާސްޕޯޓާ ހަވާލުވުމަށް އިމިގްރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

އަދި 2025 ޑިސެމްބަރު 31 ވަނަ ދުވަހުގެ ނިޔަލަށް، ޕާސްޕޯޓާއި ހަވާލުނުވާ ފަރާތްތަކުގެ ޕާސްޕޯޓުތައް، ދިވެހި ޕާސްޕޯޓާބެހޭ ޤަވައިދުގެ 19 ވަނަ މާއްދާ ގައިވާ ގޮތުގެ މަތިން ކެންސަލް ކުރެވޭނެ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

ދިވެހި ޕާސްޕޯޓާއި ބެހޭ ގަވާއިދުގައިވާގޮތުން ޕާސްޕޯޓު ހެއްދުމަށްފަހު، ބަލާނާންނަތާ 6 މަހަށްވުރެ ގިނަ ދުވަސްވެއްޖެނަމަ ކޮންޓްރޯލަރ ޖެނަރަލް އޮފް އިމިގްރޭޝަން ކަނޑައަޅާ މުއްދަތަކަށްފަހު އެ ޕާސްޕޯޓުތައް ބާތިލު ކުރެވެނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބައޯމެޓްރިކްސް އަދާހަމަ ނުކުރާ ފަރާތްތަކަށް ފިޔަވަޅު އަޅަން ނިންމައިފިޚަބަރު | 2 ދުވަސް ކުރިންގަވައިދާ ހިލާފަށް އުޅެމުންދިޔަ 9 ބިދޭސީއަކު އަތުލައިގެންފިޚަބަރު | 3 ދުވަސް ކުރިންތުލުސްދޫގައި ޕާސްޕޯޓުގެ ޚިދުމަތް ފަށައިފިޚަބަރު | 8 ދުވަސް ކުރިންއިތުރު ދެ އަތޮޅެއްގައި ޕާސްޕޯޓުގެ ޙިދުމަތް ފަށައިފިޚަބަރު | 9 ދުވަސް ކުރިން