ހުއްދަ ދީފައި ނެތް މަސައްކަތްކުރާ ބިދޭސީން ފޮނުވާލަނީ
30 ސެޕްޓެމްބަރު 2025 - 05:31

ބިދޭސީ މަސައްކަތްތެރިން ރާއްޖެއަށް އަންނައިރު އާމްދަނީ ހޯދުމަށް ހުއްދަ ދޭ މަސައްކަތްތައް ފިޔަވައި އެހެން މަސައްކަތް ކުރާ ބިދޭސީން ރާއްޖެއިން ފޮނުވައިލުމާއެކު، އެމީހުން ލައްވައި ހުއްދަ ނެތް މަސައްކަތްކުރުވާ ފަރާތްތަކާމެދު ފިޔަވަޅުއަޅާނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.
ޤަވައިދާ ޙިލާފަށް އުޅޭ ބިދޭސީން 'އޯޕަން ވިޒާ' ގެ ނަމުގައި މަސްކަތްކުރާ އަދަދު އިތުރުވަމުން ދާތީ މިއީ ޤާނޫނީ ގޮތުން މަނާ ކަމެއް ކަމުގައި އިމިގޮރޭޝަނުންވަނީ ބުނެފައެވެ.

Ad by Hajj Corporation
އެގޮތުން އެމީހުންނަށް ވަޒީފާ ދީފައިވާ ތަނުގެ އިތުރުން އެހެން ތަންތަނުގައި މަސައްކަތްކޮށް އާމްދަނީ ހޯދުމާއި އަމިއްލަ މަސައްކަތްތަކާއި ވިޔަފާރި ކޮށްގެން ބޮޑެތި މާލީ މަންފާތަށް އެމީހުން ދަނީ ހޯދަމުންނެވެ.
ބިދޭސީ މުވައްޒަފުންނަށް މަސައްކަތްކުރުމުގެ ހުއްދަ ލިބިފައިވަނީ ހަމައެކަނި ވީޒާ ދޫކޮށްފައިވާ ތަނުގައި ހުއްދަ ދޫކޮށްފައިވާ މަސައްކަތެއް ކުރުމުށް އެކަނި ކަމަށާއި، ހުއްދައިގެ ބޭރުން މަސައްކަތްކުރާ ބިދޭސީން އިމިގްރޭޝަން ގެ ބެލުމުގެ ދަށަށް ގެނެސް އަނބުރާ އެމީހުންގެ ގައުމަށް ފޮނުވާލެވޭނެ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.އަދި ވަޒީފާ ދިން ފަރާތަށް ވެސް ޤާނޫނީ ފިޔަވަޅު އެޅޭނެ ކަމަށް ވެސް އެ ވުޒާރާއިން ވަނީ ބުނެފައެވެ.
މި މަސައްކަތުގެ މަޤްސަދަކީ ދިވެހިރާއްޖޭގައި ބިދޭސީ މަސައްކަތްތެރިންނާ ގުޅޭ ކަންކަން ޙަރުދަނާކޮށް،ޤާނޫނާ އެއްގޮތަށް އެމީހުންގެ އަމަލުތަށް ބައްޓަން ކުރުމާއި،މިކަމުގެ ސަބަބުން ޤައުމުގެ އިޤްތިސާދަށާއި އިޖްތިމާޢީ ރައްކާތެރިކަމަށް ކުރިމަތިވާ ގޮންޖެހުން ތަށް ކުޑަކުރުން ކަމަށް ވާތީ، ބިދޭސީ މަސައްކަތްތެރީންނާއި، ވަޒީފާ ދޭ ފަރާތްތަކުންނާއި، އާންމު ރައްޔިތުން ޒިންމާދާރުކޮށް އަމަލުކުރުމަށް އިމިގްރޭޝަނުން ވަނީ ޢިލްތިމާސްކޮށްފައެވެ.
ރާއްޖޭއަށް ކުރިމަތިވެފައިވާ އެންމެ ބޮޑެތި ގޮންޖެހުންތަކުގެ ތެރޭގައި ހިމެނޭ،ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި ރައީސުލް ޖުމްހޫރިއްޔާ ޑރ،މުޙައްމަދު މުއިއްޒު ގެ ވިސްނުންފުޅާ އެއްގޮތަށް ، "ޓާސްކްފޯސް އޮން އިލީގަލް އެކްސްޕެކްޓް އޮޕަރޭޝަންސް" އިން ދަނީ މިފަދަ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.