logo
Bank of Maldives

Bank of Maldives

ޚަބަރު

ކުށުގެވެށީގައި ހަރަކާތްތެރިވި 28 ބިދޭސީން އޯގަސްޓް މަހު ޑީޕޯޓުކުރި

އާމިނަތު ޝަފާ
1 އޮކްޓޯބަރު 2025 - 11:54
 ކުށުގެވެށީގައި ހަރަކާތްތެރިވި  28 ބިދޭސީން އޯގަސްޓް މަހު ޑީޕޯޓުކުރި

އޯގަސްޓުމަހު ޑީޕޯޓުކުރި ބިދޭސީންގެ ތެރޭގައި ކުށުގެވެށީގައި ހަރަކާތްތެރިވި 28 ބިދޭސީން ހިމެނޭކަމަށް އިމިގްރޭޝަންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެކި ސަބަބުތަކާ ހުރެ 129 ބިދޭސީން އޯގަސްޓް މަހު ޑީޕޯޓުކޮށްފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން ޤަވާއިދާ ޚިލާފަށް ރާއްޖެއަށް އެތެރެވެފައިވާ 14 ބިދޭސީންނާއި އެކި ކުށްތަކުގައި އެ މުއައްސަސާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ 28 ބިދޭސީންނާއި ވިސާއާ ޚިލާފުވި 87 ބިދޭސީއަކު ހިމެނެއެވެ.

ޑީޕޯޓް ކުރުމުގެ އިތުރުން ތަފާތު އެކި ސަބަބުތަކާހުރެ އަމިއްލަ ޤައުމަށް ދާން ބޭނުންވެފައިތިބި ބިދޭސީންވެސް ވަނީ އެ ޤައުމުތަކަށް ފޮނުވާލާފައެވެ. އެގޮތުން އޯގަސްޓް މަހު، ސިއްޙީ ސަބަބުތަކާހުރެ 28 މީހަކު ޤައުމަށް ފޮނުވާލާފައިވާއިރު އަމިއްލައަށް އެދިގެން 282 ބިދޭސީން އެ މީހުންގެ ޤައުމުތަކަށް އަނބުރާ ވަނީ ފޮނުވާލާފައެވެ.

މިދިޔަ އޯގަސްޓް މަހުގެ ތެރޭގައި 25 ތަނެއްގައި ހިންގި ރެއިޑް އޮޕަރޭޝަންތަކުގައި 26 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަން ތަފާސްހިސާބުތަކުން ދައްކައެވެ.

އޯގަސްޓް މަހު 11،651 ވޯކް ވިސާ ދޫކޮށްފަވާއިރު ގިނަ ވޯކް ވިސާ ދޫކޮށްފައިވަނީ މާލޭގައި ހުންނަ އިމިގްރޭޝަންގެ އޮފީހުންނެވެ. އެއީ 11،320 ވިސާއެވެ. އަދި ރީޖަނަލް އޮފީސްތަކުން 331 ވޯކް ވިސާ ދޫކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ވޯކް ވިސާގެ އިތުރުންވެސް ތަފާތު އެކި ބާވަތްތަކުގެ ވިސާ އިމިގްރޭޝަނުން ދޫކުރެއެވެ. އެގޮތުން، މިދިޔަ އޯގަސްޓް މަހު ވިޔަފާރި ވިސާ 1،150 މީހަކަށް ދޫކޮށްފައިވާއިރު ޑިޕެންޑެންޓް ވިސާ 287 މީހަކަށް، ޚާއްސަ ވިސާ 140 މީހަކަށް، ސްޓޫޑެންޓް ވިސާ 31 މީހަކަށް، ސްޕޮންސަރޝިޕް ޑެކްލަރޭޝަން ވިސާ 398 މީހަކަށް އަދި އެހެނިހެން ބާވަތްތަކުގެ ވިސާ 684 މީހަކަށް ވަނީ ދޫކޮށްފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގަވާއިދާއި ހިލާފަށް ވިއުޅެމުންދިޔަ 6 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް!ޚަބަރު | 7 ދުވަސް ކުރިން ކުށުގެވެށީގައި ހަރަކާތްތެރިވި 28 ބިދޭސީން އޯގަސްޓް މަހު ޑީޕޯޓުކުރި ޚަބަރު | 16 ދުވަސް ކުރިންހުއްދަ ދީފައި ނެތް މަސައްކަތްކުރާ ބިދޭސީން ފޮނުވާލަނީޚަބަރު | 18 ދުވަސް ކުރިންމ. އަތޮޅުގައި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް ފަށައިފިޚަބަރު | 24 ދުވަސް ކުރިން