logo
Bank of Maldives

Bank of Maldives

ޚަބަރު

މިދިޔަ މަހު ރާއްޖެ އެތެރެވިޔަނުދީ 153 މީހަކު ފޮނުވާލި

އާމިނަތު ޝަފާ
30 ސެޕްޓެމްބަރު 2025 - 09:39
މިދިޔަ މަހު ރާއްޖެ އެތެރެވިޔަނުދީ 153 މީހަކު ފޮނުވާލި

ހުސްވި އޯގަސްޓުމަހު ރާއްޖެ އައި މީހުންގެ ތެރެއިން 153 މީހަކު ރާއްޖެ އެތެރެވިޔަނުދީ އަނބުރާ ފޮނުވާލާފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުގެ ތަފާސްހިސާބުތަކުގައިވާގޮތުން މިދިޔަ މަހު ރާއްޖެ އައި 31،487 ދިވެހިންނާއި ރާއްޖޭން ފުރި 15،968 ދިވެއްސަކާއި ރާއްޖެއަށް އެތެރެވި 214،752 ބިދޭސީއަކާއި ރާއްޖޭން ފުރި 221،407 ބިދޭސީއަކު ހިމެނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ތަފާސްހިސާބުގައިވާ ގޮތުން 153 މީހުން ރާއްޖެއަށް ވަނަނުދީ އަނބުރާ ފޮނުވާލިއިރު، 73 މީހުން އޮފްލޯޑްކުރިއެވެ. އަދި ތިން މީހަކު އެއާޕޯޓުން ހިފަހައްޓާފައިވާ ކަމަށްވެސް އެ ތަފާސްހިސާބުތަކުން ދައްކައެވެ.

ޖޫން މަހު ރާއްޖެއަށް 192،058 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު އެއީ ވެލާނާ އެއާޕޯޓުން 191،546 ފަތުރުވެރިން ، މާފަރު އެއާޕޯޓުން 123 ފަތުރުވެރިން، އައްޑޫ ގަން އެއާޕޯޓުން 378 ފަތުރުވެރިން އަދި ހަނިމާދޫ އެއާޕޯޓުން 8 ފަތުރުވެރިން ދާލު އެއާޕޯޓުން 3 ފަތުރުވެރިންނެވެ.

ރާއްޖެއަށް ކުރިމަތިވެފައިވާއެންމެ ބޮޑެތި ގޮންޖެހުންތަކުގެ ތެރޭގައި ހިމެނޭ، ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅާއި އެއްގޮތަށް، "ޓާސްކްފޯސް އޮން އިލީގަލް އެކްސްޕެޓް އޮޕަރޭޝަންސް" އިން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މީގެތެރޭގައި، އެންމެފަހުން ފެށިފައިވަނީ ޤަވާއިދާ ޚިލާފަށް ވިޔަފާރިކޮށް، އެ ވިޔަފާރިތަކުގައި ޝާމިލްވާ ބިދޭސީން އަނބުރާ އެމީހުންގެ އަމިއްލަ ގައުމުތަކަށް ފޮނުވާލުމުގެ މަސައްކަތްވެސް އިމިގްރޭޝަނުން އަންނީ ކެނޑިނޭޅި ކުރަމުންނެވެ.

މި މަސައްކަތްތަކުގެ މަގްސަދަކީ ދިވެހިރާއްޖޭގައި ބިދޭސީ މަސައްކަތްތެރިންނާ ގުޅޭ ކަންކަން ހަރުދަނާކޮށް، ޤާނޫނާ އެއްގޮތަށް އެމީހުންގެ އަމަލުތައް ބައްޓަންކުރުމެވެ. އަދި މިކަމުގެ ސަބަބުން ޤައުމުގެ އިގްތިސާދަށާއި އިޖްތިމާއީ ރައްކާތެރިކަމަށް ކުރިމަތިވާ ގޮންޖެހުންތައް ކުޑަކުރުމެވެ. ވީމާ، ބިދޭސީ މަސައްކަތްތެރިންނާއި، ވަޒީފާދޭ ފަރާތްތަކުންނާއި، އާންމު ރައްޔިތުން މިކަމުގައި ޒިންމާދާރު ގޮތެއްގައި އަމަލުކުރުމަށް އިމިގްރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބައޯމެޓްރިކްސް އަދާހަމަ ނުކުރާ ފަރާތްތަކަށް ފިޔަވަޅު އަޅަން ނިންމައިފިޚަބަރު | 2 ދުވަސް ކުރިންގަވައިދާ ހިލާފަށް އުޅެމުންދިޔަ 9 ބިދޭސީއަކު އަތުލައިގެންފިޚަބަރު | 3 ދުވަސް ކުރިންތުލުސްދޫގައި ޕާސްޕޯޓުގެ ޚިދުމަތް ފަށައިފިޚަބަރު | 8 ދުވަސް ކުރިންއިތުރު ދެ އަތޮޅެއްގައި ޕާސްޕޯޓުގެ ޙިދުމަތް ފަށައިފިޚަބަރު | 9 ދުވަސް ކުރިން