logo
Bank of Maldives

Bank of Maldives

ޚަބަރު

އެމްޑީޕީން ވަނީ އެއްބަސްވުމާ ޚިލާފުވެ، ފުލުހުންގެ ވާޖިބަށް ހުރަސް އަޅާފަ: ޕީއެންސީ

ޢައްފާން މުޙައްމަދު
4 އޮކްޓޯބަރު 2025 - 05:35
އެމްޑީޕީން ވަނީ އެއްބަސްވުމާ ޚިލާފުވެ، ފުލުހުންގެ ވާޖިބަށް ހުރަސް އަޅާފަ: ޕީއެންސީ

"ލޫޓުވައިފި" ނަމުގައި އިދިކޮޅު އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާގައި އެ ޕާޓީން ވަނީ،  ކަމާ ބެހޭ ފަރާތްތަކާއި މަޝްވަރާކޮށް، މުޒާހަރާ ދާނެ މަގުތަކާއި ކުރިއަށްދާނެ ގޮތާއި މެދު ވެފައިވާ އެއްބަސްވުމާ ޚިލާފުވެ، ފުލުހުންގެ ވާޖިބަށް ހުރަސްއަޅާފައިކަމަށް ވެރިކަން ހިންގާ ޕީއެންސީން ބުނެފިއެވެ.

ޕީއެންސީން މިހެން ބުނެފައި ވަނީ، ފުލުހުން ދިން ހުއްދައާއި ޚިލާފަށް އެމްޑީޕީން މާލޭގައި ބޭއްވި މުޒަހާރާ ގުޅޭގޮތުން ނެރެފައިވާ ބަޔާނެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އެއްވުން ބާއްވަން އެއްބަސްވެފައިވަނީ އާޓިފިޝަލް ބީޗުގައެވެ. އެހެންނަމަވެސް 30 ވަރަކަށް މިނެޓު އެތަނުގައި ތިބުމަށްފަހު، އެމްޑީޕީގެ ލީޑަރޝިޕުގެ އިރުޝާދާ އެއްގޮތަށް އެ މުޒާހަރާގެ ބައިވެރިން ވަނީ މަގުތަކަށް ނުކުމެ، އާންމުންނަށް އުނދަގޫވާގޮތަށް އެތައް އަމަލެއް ހިންގައި، ފުލުހުންނާ ކުރިމަތިލާފައެވެ.

މިކަމާ ގުޅޭގޮތުން ޕީއެންސީން ނެރުނު ބަޔާނުގައި ވަނީ، އެމްޑީޕީން ވެފައިވާ އެއްބަސްވުމާއި ޚިލާފުވެ، ފުލުހުންގެ ބެރިކޭޑްތައް ފަޅާލައި، ފުލުހުންގެ ވާޖިބަށް ހުރަސް އަޅައި، ގަލާއި ފުޅި އުކައި ފުލުހުން ގެންގުޅުނު ޝީލްޑްތައް ފޭރިގަތުމަށް މަސައްކަތް ކުރިކަން ފާހަގަކޮށްފައެވެ.

މީގެއިތުރުން ރަށްރަށުން މުޒާހަރާއަށް ގެނެސްފައިވާ ފަރާތްތަކަށް، އަސާސީ ގޮތުން ހަމަޖައްސަން ޖެހޭ ކާނާ އާއި ހުރުން ހަމަޖައްސައި ނުދޭ ކަމުގެ މަޢުލޫމާތު ވެސް ލިބިފައިވާތީ އެކަމުގެ ކަންބޮޑުވުން ވެސް ޕީއެންސީގެ ބަޔާނުގައި ފާޅުކޮށްފައިވެއެވެ. ރަށްރަށުން މުޒާހަރާގައި ބައިވެރިވާން އައި ފަރާތްތަކުން، އެ ފަރާތްތަކާއެކު އެމްޑީޕީން އެއްބަސްވެފައިވާ ގޮތާ ޚިލާފަށް އަމަލުކޮށްފައިވާކަމަށް ބުނާ ވީޑިއޯތަކެއް ވެސް ހުކުރު ދުވަހުގެރޭ މީސްމީޑިއާގައި ދައުރުވެފައިވެއެވެ.

މީގެ ސަބަބުން މުޒާހަރާއަށް ގެނައި މީހުން މާލޭގެ މަގުތަކުގައި ހާލުގައި ޖެހުނު ކަމަށާއި މިއީ އެމްޑީޕީން ތަމްސީލުކުރާ ރައްޔިތުންނާ މެދު ޢަމަލުކުރި ޒިންމާދާރުކަން ކުޑަ ގޮތެއް ކަމަށް ޕީއެންސީން ބުނެފައިވެއެވެ.

ސަރުކާރުން އަބަދުވެސް އެއްވެ އުޅުމުގެ ޤާނޫނާއި އެއްގޮތަށް ޚިޔާލުފާޅުކުރުމަށް ފުރުސަތު ފަހިކޮށްދޭނެ ކަން މި ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. ނަމަވެސް މި ފުރުސަތަކީ ތަންތަނަށް ގެއްލުންދީ ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި ފުލުހުންނަށް ހަމަލާދޭން ލިބޭ ފުރުސަތެއް ނޫން ކަމަށް ޕީއެންސީގެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި އެ ޕާޓީން ވަނީ އެމްޑީޕީން ބޭއްވި މުޒާހަރާއަކީ ޤައުމުގެ ހަމަޖެހުން ނަގާލުމުގެ މަޤްޞަދުގައި ބޭއްވި މުޒާހަރާއެއް ކަމަށް ބުނެފައެވެ.

ޕީއެންސީން ބުނި ގޮތުގައި ރައްޔިތުން ވޯޓުލައި މިނިވަން އިންތިޚާބެއްގައި ހޮވާފައިވާ ފަރާތްތަކަށް އެ ފުރުސަތު ދޭން ޖެހެއެވެ. މިއާއެކު ހަޤީޤީ ސިޔާސީ މަސައްކަތްތަކަކީ މަގުމަތިން ހަމަޖެހުން ނަގާލުން ނޫން ކަމަށާއި އޭގެ ބަދަލުގައި ބަހުސްކޮށް ކަމާއި ގުޅޭ އިދާރާތަކަށް ހުށަހެޅުމުގެ އިތުރުން ވޯޓުން ސިޔާސީ ބަދަލު ގެނައުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް މި ބަޔާނުގައި ބުނެފައިވެއެވެ. އެނޫން ގޮތަކަށް ޢަމަލުކުރަން އުޅުމަކީ ޑިމޮކްރަސީއަށް ދެވޭ ހަމަލާއެއް ކަމަށް ޕީއެންސީން ބުންޏެވެ. ރޭގެ އެއްވުމަށް ތައްޔާރުވިއިރު ބައެއް ފަރާތްތަކުން ބުނަމުން ގެންދިޔައީ މި އެއްވުމަކީ ސަރުކާރު ވައްޓާލަން ހިންގާ ހަރަކާތެއް ކަމަށެވެ.

މި މުޒާހަރާ ކޮންޓްރޯލްކުރުމުގައި ފުލުހުން ދައްކުވައިދިން ޕްރޮފެޝަނަލިޒަމް ފާހަގަކޮށް އާންމުންގެ ހައްޤުތައް ރައްކާތެރިކުރުމަށް ފުލުހުން ކޮށްފައިވާ މަސައްކަތަށް ފީއެންސީން ވަނީ ޝުކުރު އަދާކޮށްފައެވެ. އަދި ތަންފީޒީ އިދާރާތަކަށް ދެވޭ ހަމަލާއަކީ ރައްޔިތުންނަށް ދެވޭ ހަމަލާއެއްކަން ފާހަގަކޮށް އެފަދަ ޢަމަލުތައް އެއްވެސް ސިފައެއްގައި ބަލައި ނުގަނެވޭނެ ކަމަށް ޕީއެންސީންގެ ބަޔާނުގައިވެއެވެ.

ޕީއެންސީގެ ބަޔާން ނިންމާލާފައިވަނީ ރައްޔިތުން ބޭނުންވަނީ ސިޔާސީ ހަމަޖެހުން ކަން ފާހަގަކުރަމުންނެވެ. އެހެން ކަމުން ހަމަޖެހުން ނަގާލުމަށް ހިންގާފައިވާ ޢަމަލުތައް ކުށްވެރިކޮށް އެކަން ކުރި ފަރާތްތަކާއި މެދު ޤާނޫނީ ފިޔަވަޅު އެޅުމަށް އެ ޕާޓީން ވަނީ ގޮވާލާފައެވެ.

އިންގިލާބީ ބަދަލެއް ގެންނާނެ މުޒާހަރާއަކަށް މި މުޒާހަރާ ވާނެކަމަށް ބުނެ އިދިކޮޅު އެމްޑީޕީން ކުރިއަށްގެންދިޔަ މި މުޒާހަރާއަށް މުޅި ރާއްޖެއިން މީހުން ގެނެސްގެން ބައިވެރިވެފައިވަނީ 1300 އެއްހައި މީހުންކަމަށް މައުލޫމާތުލިބެއެވެ. އޭގެ ތެރޭގައި ޕޮކެޓް މަނީއާއި އެހެނިހެން ގޮތްގޮތުން ފައިސާ ހުށަހަޅައިގެން އައި ފަރާތްތައް ވެސް ގިނަކަމަށް ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކުން، އިތުބާރު ހުރި މަސްދަރުތަކާ ހަވާލާދީ ބުނެފައިވެއެވެ.

ހުކުރު ދުވަހުގެރޭ އެމްޑީޕީން ބޭއްވި މުޒާހަރާގައި ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއެޅި ފަރާތްތަކާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެކަމަށް ފުލުހުން ވަނީ ބުނެފައެވެ. ޑިއުޓީގައި ތިބޭ ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމަކީ ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުންކަމަށް ނުބެލެވޭނެކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވެސް ވަނީ ވިދާޅުވެފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކާރު ޕާކިން ޒޯންތަކުގައި ބަހައްޓާ ސައިކަލުތައް ޓޯކުރަން ފަށައިފިޚަބަރު | 17 ގަޑިއިރު ކުރިންކަނޑިތީމުގައި އަލަށް އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތްވެސް ފަށައިފިޚަބަރު | 21 ގަޑިއިރު ކުރިންމޫސުމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި ޚަބަރު | ދުވަހެއް ކުރިންއަންހެން ކުދިންނަށް ބިރުވެރިކަމެއް ނެތް މުޖުތަމައުއެއް ބިނާކުރުމުގައި ދެމިތިބޭނަން: ސީޕީޚަބަރު | 2 ދުވަސް ކުރިން