logo
Bank of Maldives

Bank of Maldives

ޚަބަރު

ކާރު ޕާކިން ޒޯންތަކުގައި ބަހައްޓާ ސައިކަލުތައް ޓޯކުރަން ފަށައިފި

އައިމިނަތު މޫސާ
13 އޮކްޓޯބަރު 2025 - 10:42
ކާރު ޕާކިން ޒޯންތަކުގައި ބަހައްޓާ ސައިކަލުތައް ޓޯކުރަން ފަށައިފި

މާލެ ސިޓީގެ މަގުތަކުން ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ޕާކްކުރުމަށް ހާއްސަކޮށްފައިވާ ޒޯންތަކުގައި ޕާކްކުރާ ސައިކަލުތައް ފުލުހުން ޓޯކުރަން ފަށާފައިވާ ކަމަށް ބުނެފިއެވެ.

މާލޭ ސިޓީ ކައުންސިލުން ވަނީ މަގުތަކުން ވިއްކި ޕާކިން ޒޯންތައް އެންމެންނަށް ބޭނުންކުރެވޭ ގޮތަށް މި މަހު އެއްވަނަ ދުވަހު ހުޅުވާލާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ކަމާ ގުޅިގެން ފުލުހުން މިއަދު ބުނީ މާލޭގެ އެކި ސަރަހައްދުތަކުގައި ހަތަރު ފުރޮޅުލީ އުޅަނދު ޕާކްކުރުމަށް ހާއްސަކޮށްފައިވާ ޒޯންތަކުގައި ޕާކްކޮށްފައިވާ ސައިކަލްތައް ނެގުމުގެ މަސައްކަތް ފުލުހުން ކުރަމުންދާނެ ކަމަށެވެ.

މާލެ ސިޓީގެ އެކި ސަރަހައްދުތަކުގައި ހަތަރު ފުރޮޅުލީ އުޅަނދު ޕާކްކުރުމަށް ކަނޑައެޅިފައިވާ ޒޯންތަކަކީ އެންމެންނަށް ބޭނުންކުރެވޭ ގޮތަށް ހުންނަ ތަންތަންކަމަށްވުމާއެކު އެއްވެސް ފަރާތަކުން އެތަންތަނުގައި ސައިކަލް ޕާކު ނުކުރެއްވުމަށް ދަންނަވަން. ދިވެހި ފުލުހުންގެ ޚިދުމަތް

މާލެ ސިޓީގެ އެކި ސަރަހައްދުތަކުގައި ހަތަރު ފުރޮޅުލީ އުޅަނދު ޕާކްކުރުމަށް ކަނޑައެޅިފައިވާ ޒޯންތަކަކީ އެންމެންނަށް ބޭނުންކުރެވޭ ގޮތަށް ހުންނަ ތަންތަންކަމަށްވުމާއެކު އެއްވެސް ފަރާތަކުން އެތަންތަނުގައި ސައިކަލް ޕާކު ނުކުރެއްވުމަށް އެދޭކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ހަތަރު ފުރޮޅުލީ އުޅަނދު ޕާކްކުރުމަށް ކުރިން ކުއްޔަށް ދީފައި ހުރި ޒޯންތަކަކީ އެންމެންނަށް ބޭނުންކުރެވޭނެ ތަންތަން ކަމަށް މިހާރު މާލޭ ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ. ނަމަވެސް މިހާރު ވެސް ބައެއް މީހުން ހަތަރު ފުރޮޅުލީ ވެހިކަލްތައް ޕާކް ކުރުމަށް ޖާގަ ކަށަވަރު ކުރުމަށްޓަކައި ހަތަރު ފުރޮޅުލީ އުޅަނދު ޕާކް ކޮށްފައި ނޯން ވަގުތުތަކުގައި އެ ޒޯންތަކުގައި ސައިކަލް ޕާކް ކޮށްފައި ބަހައްޓައެވެ.

މާލެ ސަރަހައްދަށް ދިމާވެފައި އޮތް އެންމެ ބޮޑު އެއް މައްސަލައަކީ ޕާކިންގެ މައްސަލައެވެ. އާންމުންގެ ޝަކުވާއަކީ މާލޭގައި ޕާކުކުރާނެ ތަންކޮޅެއް ނެތި ވެހިކަލްތައް ގިނަވެ، ތޮށްޖެހުމެވެ.

މާލޭގައި ޕާކިން މައްސަލަ އިންތިހާށް ބޮޑުވެފައިވަނީ ކެރީން ކެޕޭސިޓީއަށްވުރެ އިތުރަށް އުޅަނދު މާލޭ ތެރޭގައި ބޭނުންކުރާތީއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކާރު ޕާކިން ޒޯންތަކުގައި ބަހައްޓާ ސައިކަލުތައް ޓޯކުރަން ފަށައިފިޚަބަރު | 4 ގަޑިއިރު ކުރިންކަނޑިތީމުގައި އަލަށް އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތްވެސް ފަށައިފިޚަބަރު | 7 ގަޑިއިރު ކުރިންމޫސުމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި ޚަބަރު | 8 ގަޑިއިރު ކުރިންއަންހެން ކުދިންނަށް ބިރުވެރިކަމެއް ނެތް މުޖުތަމައުއެއް ބިނާކުރުމުގައި ދެމިތިބޭނަން: ސީޕީޚަބަރު | ދުވަހެއް ކުރިން