logo
Bank of Maldives

Bank of Maldives

ޚަބަރު

ޤައުމު ހަލަބޮލިކުރަން އެމްޑީޕީން ކުރި މަސައްކަތް ނާކާމިޔާބުވީ ފުލުހުންގެ ޕްރޮފެޝަނަލިޒަމް އާއި އޯގާތެރިކަމުގެ ސަބަބުން: މެމްބަރު ޒަމީރު

ޢައްފާން މުޙައްމަދު
4 އޮކްޓޯބަރު 2025 - 06:32
ޤައުމު ހަލަބޮލިކުރަން އެމްޑީޕީން ކުރި މަސައްކަތް ނާކާމިޔާބުވީ ފުލުހުންގެ ޕްރޮފެޝަނަލިޒަމް އާއި އޯގާތެރިކަމުގެ ސަބަބުން: މެމްބަރު ޒަމީރު

ސުލްހަވެރި އެއްވުމެއްގެ ނަމުގައި ފަށައި، ޤާނޫނުތަކާ ޚިލާފަށް ފަހުން ކުރިއަށް ގެންދިޔަ އެމްޑީޕީގެ އެއްވުމުގައި ޤައުމު ހަލަބޮލިކުރަން އިދިކޮޅު އެމްޑީޕީން ކުރި މަސައްކަތް ނާކާމިޔާބުވީ، ދިވެހި ފުލުހުންގެ ޕްރޮފެޝަނަލިޒަމް އާއި އޯގާތެރިކަން ދައްކުވައިދީގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި މެދު ދާއިރާގެ މެމްބަރު އަހްމަދު ޒަމީރު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މެމްބަރު ވިދާޅުވީ، ހުކުރު ދުވަހުގެރޭ އިދިކޮޅު ފަރާތްތަކުން، މާލޭގައި ހަލަބޮލިކަން އުފައްދަން މަސައްކަތް ކޮށްފައިވާ ކަމަށާއި މިކަން އެފަރާތަކަށް ނާކާމިޔާބުވެފައި މިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ކެތްތެރިކަމާއި އިރުޝާދާއެކު، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާންގެ ލަފާފުޅާއެކު ދިވެހި ފުލުހުން ރޭގެ މުޒާހަރާ މެނޭޖްކުރުމުގައި، އަޚްލާޤީ މިންގަނޑުތަކާ އެކު އަމަލު ކުރުމުގެ ޕްރޮފެޝަނަލިޒަމް އާއި އޯގާތެރިކަން ދައްކުވާދީގެން ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި އެކަން ކުރެވުނީ، ޤާނޫނު ނެގެހެއްޓުމަކީ ފުލުހުންގެ އެންމެ އިސް ޒިންމާއެއްކަމަށާއި، އަމަންއަމާންކަމާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅައިގެން ކަމަށާއި، ފުލުހުންގެ ހިތްވަރުގަދަ ދެޖިންސުގެ ފަހުލަވާނުން ކުރި ކެމަސައްކަތަށް ޝުކުރު ދަންނަވާކަމަށް މެމްބަރު ވިދާޅުވިއެވެ.

ގައުމު ހަލަބޮލިކުރަން އެމްޑީޕީން ކުރި މަސައްކަތް ނާކާމިޔާބުވެފައިވާކަމަށް މެމްބަރު ޒަމީރު ވިދާޅުވިއިރު، މި މުޒާހަރާ ފެށުމުގެ ކުރިން ވެސް،  އެއްވުމުގެ ތެރެއިން ކުށްކުރާ ގްރޫޕްތައް މަގުމައްޗަށް ނެރެ ހަމަނުޖެހުން ހިންގަން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ހުއްދަ ދީފައިވާ ރޫޓާ ޚިލާފަށް، އެމްޑީޕީން ބާއްވާ ހިނގާލުން ކުރިއަށް ގެންދިއުމަށާއި އެކި ބައިބަޔަށް ބެހި، ކުށްކުރާ ގްރޫޕްތައް މަގުމައްޗަށް ނެރެ މާލެތެރެ ހަލަބޮލިކޮށް ތަންތަނަށް ގެއްލުން ދިނުމަށް ރާވާފައިވާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާކަމަށް މި ބަޔާނުގައި ބުނެފައިވެއެވެ.

ފުލުހުންގެ ބަޔާނުގައިވާ ހާމަކޮށްފައިވާ ގޮތަށް، ރޭގެ އެއްވުމުގައި އެމްޑީޕީން އާޓިފިޝަލް ބީޗުގައި ފެށި ޖަލްސާ ކުރުކޮށްލުމަށްފަހު ދެން ދިމާކުރީ މަގުމައްޗަށް ނުކުތުމަށެވެ. އެހެންނަމަވެސް ފުލުހުން ކުރި މަސައްކަތާއެކު އެ އެއްވުމުގެ ބައިވެރިންނަށް މާ ދުރަށް ދެވިފައެއް ނުވެއެވެ.

މި އެއްވުން ލީޑުކުރުމުގައި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ފައި ނަންގަވައިގެން ތިއްބެވި ގިނަ ބޭފުޅުންތަކެއް ފެނިގެންގޮސްފައިވެއެވެ. އެގޮތުން ކުރީގެ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙާއި ކުރީގެ ވަޒީރުން ކަމުގައިވާ އަބްދުﷲ ޝާހިދާއި ފައްޔާޒް އިސްމާޢީލުގެ އިތުރުން ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ވަނީ މި އެއްވުމުގެ ކުރީ ސަފުގައި ބައިވެރިވެވަޑައިގެންފައެވެ.

އެ ބޭފުޅުން ލީޑުކުރެއްވި މި މުޒާހަރާގައި މުޒާހަރާގެ ބައިވެރިން ވަނީ ފުލުހުންނާ ކުރިމަތިލައި، ފުލުހުންގެ ޝީލްޑާއި ބެރިކޭޑުތައް އަތުލައި ހަމަނުޖެހުން ހިންގާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކާރު ޕާކިން ޒޯންތަކުގައި ބަހައްޓާ ސައިކަލުތައް ޓޯކުރަން ފަށައިފިޚަބަރު | 4 ގަޑިއިރު ކުރިންކަނޑިތީމުގައި އަލަށް އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތްވެސް ފަށައިފިޚަބަރު | 7 ގަޑިއިރު ކުރިންމޫސުމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި ޚަބަރު | 8 ގަޑިއިރު ކުރިންއަންހެން ކުދިންނަށް ބިރުވެރިކަމެއް ނެތް މުޖުތަމައުއެއް ބިނާކުރުމުގައި ދެމިތިބޭނަން: ސީޕީޚަބަރު | ދުވަހެއް ކުރިން