logo
Bank of Maldives

Bank of Maldives

ޚަބަރު

ޑްރަގް ޕްރިވަލަންސް ސާވޭ ނިމުމުން މަސްތުވާތަކެއްޗާ ބެހޭ ފުރިހަމަ މައުލޫމާތު ލިބޭނެ

އާމިނަތު ޝަފާ
7 އޮކްޓޯބަރު 2025 - 05:39
ޑްރަގް ޕްރިވަލަންސް ސާވޭ ނިމުމުން މަސްތުވާތަކެއްޗާ ބެހޭ ފުރިހަމަ މައުލޫމާތު ލިބޭނެ

ޑްރަގް ޕްރިވަލަންސް ސާވޭ ނިމުމުން މަސްތުވާތަކެއްޗާ ބެހޭ ފުރިހަމަ މައުލޫމާތު ލިބޭނެކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރާއްޖޭގެ މަސްތުވާތަކެތީގެ ހާލަތާ ގުޅޭގޮތުން މެމްބަރު ކުރެއްވި ސުވާލަށް ދެއްވި ޖަވާބުގައި ވަޒީރު ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލައަށް 3 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު އެޓާނީ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމުން އެ ގާނޫނޫ އިސްލާހުކުރުމަށް މަޖިލީހަށް ފޮނުވާފައިވާކަމަށެވެ.

އަދި ރާއްޖޭގައި މަސްތުވާތަކެތީގެ ހާލަތު ދެނެގަތުމަށް ޑްރަގް ޕްރިވަލެންސް ސާވޭއެއް ހެދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މިގޮތުން ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން މި ސާވޭ ހެދުމަށް ކަމާއި ގުޅުންހުރި އިދާރާތަކާ މަޝްވަރާކުރެވި ފުލުހުންގެ ޚިދުމަތާއި ނޭޝަނަލް ޑްރަގް އެޖެންސީއާއި ޑްރަގް ކޯޓުން ޕްރައިމަރީ ޑޭޓާ ނެގުމުގެ މަސައްކަތް ކުރަމުން އަންނަކަށާއި މި ސާވޭ ހެދުމަށް އދ ގެ އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް، ޔޫއެންއޯޑީސީގެ އެހީތެރިކަމަށް އެދިފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ހަރުދަނާ އުސޫލެއްގެ ދަށުން ފަރުވާދެމުން އަންނަކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މިހާރު ކުރިއަށް ގެންދާ ސާވޭގައި އެންޑީއޭއިން މަސްތުވާތަކެއްޗަށް ފަރުވާ ދިނުމުގެ ގޮތުން ހަދާ އެސެސްމަންޓުތަކުންނާއި ޓެސްޓްކުރެވޭ ކުޑަކަމުދާތަކެތީގެ ރިޕޯޓުތަކުން ޑޭޓާ އެއްކޮށް އެ ރިޕޯޓުތައް އެންޑީއޭއާ ހިއްސާކުރަމުން ދާކަމަށާއި މި މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ރާއްޖޭގައި ބޭނުންކުރާ މަސްތުވާތަކެތީގެ ބާވަތްތައް އެންޑީއޭއަށް ދެނެގަނެވޭކަމަށާއި އަދި ޑްރަގް ޕްރިވަލަންސް ސާވޭ ނިމުމުން މަސްތުވާތަކެއްޗާ ބެހޭ ފުރިހަމަ މައުލޫމާތު ލިބޭނެކަމަށް ވަޒީރުވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި ބޭނުންކުރާ މަސްތުވާތަކެތީގެ ބާވަތްތަކާއި، އެކަމުގެ ހާލަތު ދެނެގަތުމަށް ޕައިލެޓް ސްޓަޑީއެއް ހެދުމުގެ މަސައްކަތް މިދިޔަ ޖުލައި މަހު ސަރުކާރުން ވަނީ ފަށްޓަވާފައެވެ. މިއީ ހާލަތު ދެނެގަތުމުގައި، ފަރުވާގެ ނިޒާމު ބައްޓަށްކުރަންވީ ގޮތް ދެނެގަތުމުގައި މަޢުލޫމާތު އެއްކުރުމަށް ކުރިއަށްގެންދިއުމަށް ނިންމާފައިވާ ސްޓަޑީއެކެވެ.

ޤައުމީ ޑްރަގް ޕޮލިސީގެ މަސައްކަތް އަންނަ މަހުގެ ނިޔަލަށް ނިންމާލުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނޫމަރާގައި އަލަށް އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ފަށައިފިޚަބަރު | 5 ދުވަސް ކުރިންޑްރަގް ޕްރިވަލަންސް ސާވޭ ނިމުމުން މަސްތުވާތަކެއްޗާ ބެހޭ ފުރިހަމަ މައުލޫމާތު ލިބޭނެޚަބަރު | 11 ދުވަސް ކުރިންޤައުމީ ޑްރަގް ޕޮލިސީގެ މަސައްކަތް އަންނަ މަހުގެ ނިޔަލަށް ނިންމާލެވޭނެ: ވަޒީރުޚަބަރު | 12 ދުވަސް ކުރިންއެލްއާރްއޭޑީ އެންމެ ފުރަތަމަ ބޭނުންކުރީ ރައީސް ޔާމީންގެ ވެރިކަމުގައި: އިހުސާން ޚަބަރު | 12 ދުވަސް ކުރިން