logo
Bank of Maldives

Bank of Maldives

ޚަބަރު

ޔަހޫދީން އަޤްޞާ މިސްކިތްތެރެއަށް ވަދެގަތުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

އާމިނަތު ޝަފާ
9 އޮކްޓޯބަރު 2025 - 12:45
ޔަހޫދީން އަޤްޞާ މިސްކިތްތެރެއަށް ވަދެގަތުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

މަސްޖިދުއް އަޤްޞާގެ އިމުގެ ތެރެއަށް އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުގެ އެހީގައި އިސްރޭލުގެ ވަޒަންވެރިންނާއި އޮފިޝަލުން ވަދެ އެ މިސްކިތުގެ ހުރުމަތް ކަނޑާލި ކަނޑާލުން ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ސަރުކާރުގެ ބަޔާނުގައި ބުނީ އިސްރާއީލުން ހުއްޓުމެއްނެތި ކުރިއަށް ގެންދާ ލާއިންސާނީ އަމަލުތަކަކީ ބައިނަލްއަޤްވާމީ ޤާނޫނާއި، އިސްލާމީ މުޤައްދަސް ބިނާތަކުގެ ހުރުމަތް ކަނޑާލުމުގެ އިތުރުން، އެފަދަ ތަންތަނުގެ ދީނީ އަދި ތާރީޚީ ހައިސިއްޔަތު ބަދަލުކުރުމަށް ތަކުރާރުކޮށް އިސްރާއީލުން ކުރަމުން ގެންދާ ނޭދެވޭ އަމަލެއްކަމުގައި ދިވެހި ސަރުކާރުން ދެކޭކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިސްރާއީލުން ކުރަމުން ގެންދާ ޣައިރު ޤާނޫނީ އަމަލުތަކާއި، އިސްލާމީ މުޤައްދަސު ތަންތަނުގެ ހުރުމަތް ކަނޑާލުމަށް ހިންގޭ އެންމެހާ އަމަލުތައް ވަގުތުން ހުއްޓާލުމަށް އިސްރާއީލަށް މަޖުބޫރުކުރުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން އަވަސްކުރުމަށް ބައިނަލް އަޤްވާމީ މުޖުތަމަޢަށް ދިވެހި ސަރުކާރުން ވަނީ ގޮވާލާފައެވެ. އަދި އިސްރާއީލު ޖަވާބުދާރީ ކުރުވުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތެއް ކުރުމަށް ބައިނަލްއަގްވާމީ މުޖުތަމައުއަށްވެސް ސަރުކާރުންވަނީ ގޮވާލާފައެވެ. ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ އަސާސީ އުސޫލުތަކާ ޚިލާފަށް އަދި އާންމު ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ކެނޑިނޭޅި ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކަކީ އަޅާނުލާ ދޫކޮށްލެވިގެންވާނެފަދަ އަމަލުތަކެއް ނޫން ކަމަށް ދިވެހި ސަރުކާރުންވަނީ ބުނެފައެވެ.

ފަލަސްތީނުގެ ރައްޔިތުން މިނިވަން، މުސްތަޤިއްލު ދައުލަތެއް އުފެއްދުމަށް ކުރަމުންދާ މަސައްކަތްތަކަށް ދިވެހިރާއްޖޭން އަބަދުވެސް ތާއީދު ކުރާނެކަން ހާމަކޮށް ސަރުކާރުގެ ބަޔާނުގައި ވަނީ ބައިނަލްއަގްވާމީ ގާނޫނުތައް ނަގަހައްޓައި އިސްރާއީލުގެ ލާއިންސާނީ ހަމަލާތައް ހުއްޓުވައި ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފު ހޯދައިދިނުމުގެ އިތުރުން، ޕަލަސްތީނު ރައްޔިތުންގެ ސަލާމަތާއި، އިންސާނީ ކަރާމާތައި، އިންސާފު ހޯދުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ގޮވާލާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޔޫޕީ.އާ.ރު. ވަރކިންގ ގްރޫޕްގެ 50 ވަނަ ސެޝަންގައި ރާއްޖޭގެ ވަފްދު ބައިވެރިވާނެޚަބަރު | ދުވަހެއް ކުރިންއިސްރާއީލުން ހުޅަނގު އައްސޭރި ހިފަން ނިންމުމުން ރާއްޖެއިން އެކަން ކުށްވެރިކޮށްފިޚަބަރު | 13 ދުވަސް ކުރިންސުލްހައިގެ އެއްބަސްވުމަށް އިސްރާއީލުން އަމަލުކުރުމަށް ރާއްޖެއިން ގޮވާލައިފި ޚަބަރު | 21 ދުވަސް ކުރިންލަންކާއަށްދާ ފަރާތްތަކުން އީ.ޓީ.އޭ ފޯމް އަދި އިންޑިއާއަށްދާ ފަރާތްތަކުން އީ-އެރައިވަލް ކާޑު ފުރުމަށް އިލްތިމާކޮށްފިޚަބަރު | 22 ދުވަސް ކުރިން