logo
Bank of Maldives

Bank of Maldives

ޚަބަރު

ފަލަސްތީނު މިނިވަން ނުވާހާ ހިނދަކު ރާއްޖޭގެ ވާޖިބު އަދާކުރެވުނުކަމަށް ނުބެލެވޭނެ: ރައީސް

އާމިނަތު ޝަފާ
9 އޮކްޓޯބަރު 2025 - 15:43
ފަލަސްތީނު މިނިވަން ނުވާހާ ހިނދަކު ރާއްޖޭގެ ވާޖިބު އަދާކުރެވުނުކަމަށް ނުބެލެވޭނެ: ރައީސް

ފަލަސްތީނު މިނިވަން ނުވާހާ ހިނދަކު ދިވެހިރާއްޖޭގެ ވާޖިބު ފުރިހަމަވީކަމަކަށް ގަބޫލުފުޅު ނުކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނކިފާނު މިފަދައިން ވިދާޅުވީ ތުރުކީގެ ދަޢުލަތުގެ މީޑިއާ އޭޖެންސީއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސް ވިދާޅުވީ ފަލަސްތީނުގައި ޔަހޫދީން ހިންގަމުން އަންނަ ގަތުލުއާއްމުތަކާ ދެކޮޅު ހެދުމުގެ ގޮތުން ދިވެހިރާއްޖެއިން ގިނަ ފިޔަވަޅުތަކެއް އަޅާފައިވާކަމަށެވެ. އެގޮތުން އިސްރާއީލް ޕާސްޕޯޓު ބޭންކޮށް، 1967 ވަނަ އަހަރުގެ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމަށް ގޮވާލުމާއި، އދ. ގެ ފުރިހަމަ މެންބަރުކަން ފަލަސްތީނަށް ލިބުމަށް ތާއީދުކުރާކަން ހާމަކޮށް އެކަމަށް ގޮވާލާލުމުގެ އިތުރަށް އިސްރާއީލާ ދެކޮޅަށް ބައިނަލްއަގްވާމީ ކޯޓުގައި ކުރިއަށްދިޔަ މައްސަލައިގައި ރާއްޖޭން ބައިވެރިވެފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

އިސްރާއީލާއި ދެކޮޅަށް ދިވެހިރާއްޖެ ފަދަ ކުޑަ ޤައުމަކުން ފިޔަވަޅުތައް އެޅި ނަމަވެސް ބޮޑެތި ގައުމުތަކުން އަމިއްލަ މަސްލަހަތު ކުރިއަށް ނެރޭހާ ހިނދަކު އިސްރާއީލު ޖަވާބުދާރީ ނުކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.


ރައީސް ވަނީ 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 8ވަނަ ދުވަހުން ފެށިގެން ބައިނަލްއަގުވާމީ ގާނޫނުތަކާއި ހިލާފަށް އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލު އާންމު ހުއްޓުވުމަށް ބައިނަލްއަގުވާމީ މުޖުތަމައު ނުކުޅެދިފައިވާކަމަށް ވިދާޅުވެފައެވެ.

އިސްރާއީލުން ބައިނަލްއަޤްވާމީ ޤާނޫނުތަކާއި، ހަމަތަކާއި، އިންސާނިއްޔަތާއި ދެކޮޅަށް ކެނޑިނޭޅި ހިންގަމުންދާ ޖަރީމާތަކާއި މެދު ޖަވާބުދާރީކުރުވުމުގައި ބައިނަލްއަޤްވާމީ މުޖުތަމަޢުން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް އެމަނިކުފާނު ގެންދަވަނީ ތަކުރާރުކޮށް ގޮވާލައްވަމުންނެވެ.

އަދި ފަލަސްޠީނުގެ ރައްޔިތުންގެ މިނިވަންކަމާއި، ޙައްޤުތައް ކަށަވަރުކުރުމާއި، ސުލްޙަ އާއި އަމާންކަން ހޯދުމުގައި ކުރަމުންދާ މަސައްކަތުގައި ދިވެހި ސަރުކާރު ސާބިތުކަމާއެކު ފަލަސްޠީނުގެ ރައްޔިތުންނަށް އެންމެ ފުރިހަމައަށް އެއްބާރުލުން ދެމުން ގެންދަވާނެކަންވެސް ރައީސުލްޖުމްހޫރިއްޔާ އަންނަނީ ވިދާޅުވަމުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރަަަމަޟާން މަހުގެ ކަަރަންޓު ބިލް 400 ރުފިޔާ އަށް ވުރެ ބޮޑެއް ނުވާނެ: ރައީސްޚަބަރު | ގަޑިއިރެއް ކުރިންމި ސަރުކާރުގައި ސިޔާސީ ހައްޔަރީންނެއް ނުތިބޭނެ: ރައީސް ޚަބަރު | 2 ގަޑިއިރު ކުރިންކުރީގެ ވަޒީރު މަހުލޫފާއެކު ގިނަ ބަޔަކު ޕީއެންސީއާ ގުޅިވަޑައިގެންފި ޚަބަރު | 3 ގަޑިއިރު ކުރިންޖަލްސާއަށް އައި މީހުންނާއެކު މުޅި އާޓިފިޝަލް ބީޗް ސަރަޙައްދު ފުރާލައިފިޚަބަރު | 4 ގަޑިއިރު ކުރިން