logo
Bank of Maldives

Bank of Maldives

ޚަބަރު

ބިލެތްފައްސަށް އުންމީދު، އެއާޕޯޓު ތަރައްގީކޮށް އޮޕަރޭޓްކުރުމަށް ހަވާލުކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
13 އޮކްޓޯބަރު 2025 - 18:29
ބިލެތްފައްސަށް އުންމީދު، އެއާޕޯޓު ތަރައްގީކޮށް އޮޕަރޭޓްކުރުމަށް ހަވާލުކޮށްފި

ބިލެތްފަހި އެއަރޕޯޓް ތަރައްގީކޮށް އޮޕަރޭޓް ކުރުމުގެ މަސައްކަތް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ހޯމަ ދުވަހު ހަވާލުކޮށްފިއެވެ.

މިކަމުގެ އެއްބަސްވުމުގައި ސޮއިކުރެވިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ށ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބިލެތްފައްސަށް ވަޑައިގެން ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ހުޝާމް އަލީ ސޮއިކުރަށްވާފައިވާއިރު، އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދު އެވެ.

މި އެއަރޕޯޓުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ސިޓީތަކާއި އިދާރީދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް އުމަރާއި، އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދުއެވެ.

މި މަޝްރޫޢުގައި ސޮއިކުރުމާއެކު އެއާ ޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ވެސް މިއަދު ވަނީ ފަށާފައެވެ.

މި މަޝްރޫޢުގެ ދަށުން 36 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. ބިން ހިއްކުމުގެ މަސައްކަތް ގިނަވެގެން 8 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ކަނޑައަޅާފައެވެ. އަދި 1500 މީޓަރުގެ ރަންވޭއަކާއި އިތުރު ފެސިލިޓީތައް ގާއިމުކުރުން ވެސް މި މަޝްރޫޢުގެ ދަށުން ހިމެނެއެވެ.

މުޅި މަޝްރޫޢުގެ މަސައްކަތް ގިނަވެގެން 30 މަސްދުވަހުގެ ތެރޭގައި ނިންމުމަކީ ސަރުކާރުގެ އަމާޒެކެވެ.

މި އެއަރޕޯޓް ތަރައްގީވުމުން ށ. އަތޮޅުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ދަތުރުފަތުރު ކުރެވޭނެ މަގު ތަނަވަސްވެ، އަތޮޅުގެ އިގްތިސާދީ ކުރިއެރުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ށ.ގޮއިދޫގެ މަގުތައް ތަރައްޤީކުރުމަށް އާރުޑީސީއަށް، ބަނދަރު ތަރައްޤީކުރަން އެމްޓީސީސީ އަށްޚަބަރު | 8 ގަޑިއިރު ކުރިންބިލެތްފައްސަށް އުންމީދު، އެއާޕޯޓު ތަރައްގީކޮށް އޮޕަރޭޓްކުރުމަށް ހަވާލުކޮށްފިޚަބަރު | 8 ގަޑިއިރު ކުރިންޓެކްސް އެޕީލް ޓްރައިބިއުނަލަށް ދެ މެންބަރުން ޢައްޔަނުކުރައްވައިފިޚަބަރު | 13 ގަޑިއިރު ކުރިންމީޑިއާ ކޮމިޝަނަށް އިންތިހާބުވި ހަތަރު ބޭފުޅުންނަށް މެންބަރުކަން ދީފިޚަބަރު | 14 ގަޑިއިރު ކުރިން