logo
Bank of Maldives

Bank of Maldives

ޚަބަރު

މީޑިއާ ކޮމިޝަނަށް އިންތިހާބުވި ހަތަރު ބޭފުޅުންނަށް މެންބަރުކަން ދީފި

އައިމިނަތު މޫސާ
13 އޮކްޓޯބަރު 2025 - 12:50
މީޑިއާ ކޮމިޝަނަށް އިންތިހާބުވި ހަތަރު ބޭފުޅުންނަށް މެންބަރުކަން ދީފި

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުކަމަށް އިންތިޚާބުވެފައިވާ ހަތަރު ބޭފުޅުން އެ ކޮމިޝަނުގެ މެންބަރުކަމަށް ހަމަޖައްސަވައިފިއެވެ.

އައު ގާނޫނުގެ ދަށުން އެ ކޮމިޝަނުގައި ހަތް މެންބަރުން އައްޔަނުކުރާއިރު، ހަތަރު މެންބަރުން އިންތިޚާބުކުރަނީ މީޑިއާތަކުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނުގެ ދަށުން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުކަމަށް އެ ޤާނޫނުގައިވާ ގޮތުގެމަތީން، އެ ކޮމިޝަނުގެ މެންބަރުކަމަށް އެ ބޭފުޅުން މިއަދު ވަނީ ހަމަޖައްސަވާފައެވެ.

އެގޮތުން ބްރޯޑްކާސްޓަރުން ތަމްސީލުކުރާ ދެ މެންބަރުންގެ ގޮތުގައި ހަމަޖެއްސެވީ ށ.ފޭދޫ މޫނިމާގެ، ޢަބްދުލްޢަޒީޒް އިބްރާހީމާއި ގދ.ތިނަދޫ، މަލަ، ޒަމްޢަތު އަޙްމަދު ވަޙީދެވެ. އަދި އެހެން މީޑިއާތައް ތަމްސީލުކުރާ ދެ މެންބަރުންގެ ގޮތުގައި ހަމަޖެއްސެވީ ގދ. ރަތަފަންދޫ، ވެލީގެ، ސިމާޙާ ނަސީމާއި ހދ. ވައިކަރަދޫ، ހިސާން، ޙުސައިން ޘަޤީފެވެ.

އޭގެތެރެއިން އަބްދުލް އަޒީޒްއާއި ޒަމްއަތު އިންތިޚާބުވީ ބްރޯޑްކާސްޓަރުންގެ މަގާމަށް ކަމަށްވާއިރު، ސިމާހާއާއި ސަގީފް އިންތިޚާބުވީ މީޑިއާތައް ތަމްސީލުކުރާ މެމްބަރު ކަމަށެވެ.

މިއަދު ރައީސް އޮފީހުން ބުނީ، އެ ބޭފުޅުން މިއަދު މީޑިއާ ކޮމިޝަންގެ މެންބަރު ކަމަށް ހަމަޖައްސާފައިވާ ކަމަށެވެ.

އެ ކޮމިޝަނުގެ ބާކީ ތިން މެންބަރުން އައްޔަންކުރާނީ ރައްޔިތުންގެ މަޖިލީހުންނެވެ.

ކޮމިޝަނަށް ކުރިމަތިލުމަށް މަޖިލީހުން ހުޅުވާލި ފުރުސަތުގައި ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ ރައީސް ސަފާ ޝަފީޤު ހިމެނޭހެން އެ ކޮމިޝަންގެ ކުރީގެ ބައެއް މެންބަރުން ކުރިމަތިލައްވައިފައިވެއެވެ.

ފާހަގަކުރެވޭ ގޮތުގައި މީޑިއާ ކޮންޓްރޯލް ބިލު ތަސްދީގުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އުފެއްދެވި މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް، މީޑިއާތަކުން އިންތިޚާބުކުރާ މަގާމުތަކަށް ކުރިމަތިލުމަށް ހުޅުވާލުމުން ކުރިމަތިލި ފަރާތައް ވަނީ އިންތިހާބު ވެފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޓެކްސް އެޕީލް ޓްރައިބިއުނަލަށް ދެ މެންބަރުން ޢައްޔަނުކުރައްވައިފިޚަބަރު | 3 ގަޑިއިރު ކުރިންމީޑިއާ ކޮމިޝަނަށް އިންތިހާބުވި ހަތަރު ބޭފުޅުންނަށް މެންބަރުކަން ދީފިޚަބަރު | 4 ގަޑިއިރު ކުރިންކަނޑިތީމު ޞިއްޙީ މަރުކަޒު ތަރައްޤީ ކުރާނީ މިހާރަށް ވުރެ ފުޅާ ސްކޯޕެއްގައި :ރައީސްޚަބަރު | 5 ގަޑިއިރު ކުރިންރައީސުލްޖުމްހޫރިއްޔާ، ނޫމަރާގެ ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިޚަބަރު | 9 ގަޑިއިރު ކުރިން