logo
Bank of Maldives

Bank of Maldives

ޚަބަރު

މާފަންނު ބޮޑުގެ ވަގުތީ މިސްކިތް މިމަހު 17ގައި ބަންދު ކުރަނީ

އައިމިނަތު މޫސާ
10 އޮކްޓޯބަރު 2025 - 12:13
މާފަންނު ބޮޑުގެ ވަގުތީ މިސްކިތް މިމަހު 17ގައި ބަންދު ކުރަނީ

މާފަންނު ބޮޑުގެ މިސްކިތް ހުރި ތަނުގައި ދާއިމީ މިސްކިތެއް އެޅުމަށްޓަކައި އެ ތަނުގައި މިހާރު ހުރި ވަގުތީ މިސްކިތް މިމަހުގެ 17 ވަނަ ދުވަހު ބަންދުކުރުމަށް ނިންމައިފި އެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވިގޮތުގައި މިސްކިތް މިމަހުގެ 17 ވަނަ ދުވަހު ހުކުރު ނަމާދަށްފަހު ބަންދުކުރެވޭނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިސްކިތް ބަންދުކުރުމަށްފަހު، އެތަނުގައި މިހާރު ހުރި ވަގުތީ މިސްކިތް ތަޅާލުމުގެ މަސައްކަތް ފެށޭނެއެވެ. އަދި އަންނަ މަހުގެ 4 ވަނަ ދުވަހު އާ މިސްކިތުގެ ބިންގާ އެޅުމުގެ މަސައްކަތް ފެށޭނެކަމަށް ވަޒީރު ވިދާޅުވިއެވެ. މާފަންނު ބޮޑުގެ ބިމުގައި އަލަށް އިމާރާތްކުރާ މިސްކިތަކީ ތިން ފަންގިފިލާގެ ދާއިމީ މިސްކިތެކެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ބުނީ، މި މިސްކިތަކީ ހަމައެކަނި ނަމާދުކުރުމަށް ހާއްސަކުރެވޭ ތަނެއް ނޫނެވެ. މިސްކިތުގައި ދީނީ އިލްމު އުނގަންނައިދިނުމަށް ބޭނުންވާ ކްލާސްރޫމްތަކާއި ލައިބްރަރީއެއްވެސް ހިމެނޭނެއެވެ. ހާއްސަކޮށް ޤުރްއާނުގެ އިލްމު އުނގަންނައިދިނުމަށް ވަކި ޖާގައެއް ހާއްސަކުރެވިފައިވާނެއެވެ.

މި މަޝްރޫއަކީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވިޔަފާރިވެރިންގެ ޓީމަކާ ހަވާލުކުރެވުނު މަޝްރޫއެކެވެ. މިއީ މާލެއާއި އަތޮޅުތެރޭގައި ކުރިއަށްދާ ގިނަ މިސްކިތް އިމާރާތްކުރުމުގެ މަޝްރޫއުތަކުގެ ތެރެއިން އެއް މަޝްރޫއެވެ. ވަޒީރު ޝަހީމް ވިދާޅުވިގޮތުގައި، މާލެ ސަރަހައްދާއި އަތޮޅުތަކުގައި ކުރިއަށްދާ 15 މިސްކިތުގެ މަޝްރޫއު އަންނަ ރަމަޟާން މަހަށް ނިމި، ބޭނުންކުރަން ފެށޭނެއެވެ.

ނިމިގެން ދިޔަ 2024 ވަނަ އަހަރު މުޅިން އަލަށް ތިން މިސްކިތެއް ހުޅުވިއިރު މީގެތެރެއިން ދެ މިސްކިތަކީ އަމިއްލަ ފަރާތަކުން ބިނާކޮށްފައިވާ މިސްކިތްތަކެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މިދިޔަ އަހަރު ވަނީ އިތުރު 9 މިސްކިތެއް ބިނާކުރުމަށް އަމިއްލަ ފަރާތަކަށް ހުއްދަ ދީފަ އެވެ. މީގެތެރޭގައި ހިމެނެނީ މާލެ ސަރަހައްދުގައި ބިނާ ކުރާ ފަސް މިސްކިތާއި އަތޮޅުތަކުގައި ބިނާކުރާ 4 މިސްކިތެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފޯކައިދޫގައި އަލަށް އިމާރާތް ކުރާ އިސްލާމީ މަރުކަޒުގެ ބިންގާ އަޅައިފި ޚަބަރު | 19 ގަޑިއިރު ކުރިންހުރިހާ ރަށެއްގައި ކީރިތި ޤުރުއާން ހިލޭ ކިޔެވޭނެ ނިޒާމެއް ޤާއިމުކުރުމަކީ އަމާޒެއް: ވަޒީރު ޚަބަރު | 3 ދުވަސް ކުރިންމާފަންނު ބޮޑުގެ ވަގުތީ މިސްކިތް މިމަހު 17ގައި ބަންދު ކުރަނީޚަބަރު | 5 ދުވަސް ކުރިންސަރުކާރުގެ ޚަރަދުގައި 1447 ވަނަ އަހަރު ޙައްޖަށް ފޮނުވާ 50 ޙައްޖުވެރިން ހޮވައިފިޚަބަރު | 6 ދުވަސް ކުރިން