logo
Bank of Maldives

Bank of Maldives

ޚަބަރު

ހުރިހާ ރަށެއްގައި ކީރިތި ޤުރުއާން ހިލޭ ކިޔެވޭނެ ނިޒާމެއް ޤާއިމުކުރުމަކީ އަމާޒެއް: ވަޒީރު

އާމިނަތު ޝަފާ
12 އޮކްޓޯބަރު 2025 - 11:00
ހުރިހާ ރަށެއްގައި ކީރިތި ޤުރުއާން ހިލޭ ކިޔެވޭނެ ނިޒާމެއް ޤާއިމުކުރުމަކީ އަމާޒެއް: ވަޒީރު

މި ސަރުކާރުން ޢިމާރާތް ކުރުމަށް ނިންމާ މަސައްކަތް ކުރަމުންދާ ކީރިތި ޤުރުއާނަށް ޚާއްސަ ވަޤުފް ޢިމާރާތާއެކު މި ސަރުކާރުގެ އަމާޒަކީ ސަރުކާރުން ޤާއިމް ކުރާ ފަންޑުތަކުގެ އެހީގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ކީރިތި ޤުރުއާން ހިލޭ ކިޔެވޭނެ ނިޒާމެއް ޤާއިމު ކުރުންކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވަޒީރުގެ ވާހަކަފުޅުގައި ވިދާޅުވީ، މިއަދު ފެށިގެން މިދަނީ ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ މުޅިން އައު އުފާވެރި ތާރީޚީ ޞަފްޙާއެއްކަމަށާއި ކީރިތި ޤުރުއާނާއި އިސްލާމީ ދާއިރާއިން މިއަދު އަޅުގަނޑުމެން ދެކެމުން މިދަނީ ވަރަށް އުފާވެރި ދުވަސްތަކެއްކަމަށެވެ.

ވަޒީރު އިތުރަށް ވިދާޅުވީ ދިވެހިރާއްޖޭގެ އިސްލާމްވިތާ 900 އަހަރު މިއަންނަ އަހަރު ފުރޭއިރު މިއަންނަ އަހަރަކީ އިސްލާމީ ރޮނގުން ފާހަގަކޮށްލެވޭ އަހަރަކަށް ވެގެންދާނެކަމަށާއި މިއަންނަ އަހަރުގެ ރަމަޟާން މަހުގެ 27 ވިލޭރޭ ބޭއްވޭ ޙާފިޡުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި 50 އަށްވުރެ ގިނަ ޙާފިޡުން ދަސްވެނިވާނެކަމަށް އަންދާޒާ ކުރެވޭކަމަށެެވެ. އަދި މި ސަރުކާރުގެ އަމާޒަކީ މި ދައުރުގެ ތެރޭގައި 500 ޙާފިޡުން އުފެއްދުންކަމަށް ވަޒީރު ވިދާޅުވިއެވެ.

"އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަކީ ހަމައެކަނި ޚުތުބާ ލިޔާ ތަނެއްގެ ގޮތުގައި އޮތް އޮތުން މާޒީވެ ގޮސްފި. މިއަދު އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއަކީ މާ ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރަމުންދާ ތަނެއް" އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު

ވަޒީރުގެ ވާހަކަފުޅުގައި ވަނީ ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތްތަކުގެ ރަންވަނަތަކަށް ރައީސުލްޖުމުހޫރިއްޔާގެ ފަރާތުން އަގުހުރި އިނާމުތަކެއް ދެއްވަން ނިންމެވުމާއެކު އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.

ވަޒީރު ވިދާޅުވީ، ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ރަންވަނަތަކަށް ދާ ބައިވެރިންނަށް ރައީސުލްޖުމުހޫރިއްޔާ ދެއްްވާ ޚާއްސަ އިނާމެއްގެ ގޮތުގައި ބޭނުން ޤައުމަކުން ބޭނުން ރޮނގަކުން ޕީއެޗްޑީއާއި ހަމައަށް ކިޔެވޭނެ މަގުފަހިކޮށްދެއްވުމަކި ރައީސުލްޖުމުހޫރިއްޔާ ފަހިކޮށްދެއްވި ވަރަށް ރަނގަޅު ފުރުސަތެއްކަމަށާއި ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތް ބޭއްވިގެން މިދިޔައީ ސީދާ ދަޢުލަތުގެ މާލިއްޔާތުން ޚަރަދުކުރެެވިގެންކަމަށެެވެ.

ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގެ ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ ތަދްރީސުލް ޤުރުއާނުލް ކަރީމްގެ ފަރާތުން ބައިވެރިވި ފާޠިމަތު ޝާޔާ ޒާހިރުއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ މިލަދުންމަޑުުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ ފަރާތުން ބައިވެރިވި ޢާއިޝަތު ޝަބާއެވެ. އަދި މުޅި މުބާރާތުން ބަލައިގެން ކިޔެވުމުގެ ގޮފިން އެއްވަނަ ޚާޞިލްކުރީ ހައްދުންމަތީ އަތޮޅު ކައުންސިލްގެ ފަރާތުން ބައިވެރިވި އަޙްމަދު ޝައިމް ރިޟާއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހުރިހާ ރަށެއްގައި ކީރިތި ޤުރުއާން ހިލޭ ކިޔެވޭނެ ނިޒާމެއް ޤާއިމުކުރުމަކީ އަމާޒެއް: ވަޒީރު ޚަބަރު | 3 ދުވަސް ކުރިންމާފަންނު ބޮޑުގެ ވަގުތީ މިސްކިތް މިމަހު 17ގައި ބަންދު ކުރަނީޚަބަރު | 5 ދުވަސް ކުރިން ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ފަރުޟު ޙައްޖު ނުކުރާ އެންމެން، މި ދައުރުގެ ތެރޭގައި ޙައްޖަށް ފޮނުވައި ނިމޭނެޚަބަރު | 12 ދުވަސް ކުރިންއެމްޑީޕީގެ ވެރިކަމުގައި ނުދައްކާ އޮތް 50 މިލިއަން ރުފިޔާ ރައީސް މުއިއްޒުގެ ވެރިކަމުގައިވަނީ ދައްކާފައި: ޝަހީމްޚަބަރު | 13 ދުވަސް ކުރިން