logo
މުދާ އުފުލާ ދޯންޏެއް ބަންޑުން ޖަހާލައި ދެ މީހަކު ގެއްލިއްޖެBank of Maldives

Bank of Maldives

ޚަބަރު

ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ފަރުޟު ޙައްޖު ނުކުރާ އެންމެން، މި ދައުރުގެ ތެރޭގައި ޙައްޖަށް ފޮނުވައި ނިމޭނެ:

ޢައްފާން މުޙައްމަދު
4 އޮކްޓޯބަރު 2025 - 04:43
 ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ފަރުޟު ޙައްޖު ނުކުރާ އެންމެން، މި ދައުރުގެ ތެރޭގައި ޙައްޖަށް ފޮނުވައި ނިމޭނެ

ދިވެހިރާއްޖޭގެ ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ މީހުންގެ ތެރެއިން، ފަރުޟު ޙައްޖު ނުކުރާ އެންމެން، މި ދައުރުގެ ތެރޭގައި ހައްޖަށް ފޮނުވައި ނިމޭނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

ފަގީރުންގެ ދަފުތަރުގައި މިހާރު ފަރުޟު ހައްޖު ނުކުރެވި ތިބި 376 މީހުންކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ވުޒާރާއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި މި ދެ އަހަރު ތެރޭގައި ހައްޖު ނުކޮށް ތިބި 100 ފަގީރުން ސަރުކާރުން ހައްޖަށް ފޮނުވައިފައިވާ ކަމަށެވެ.

އުއްމީދަކީ, ފަގީރުންގެ ދަފުތަރުގައި ހިމެނޭ ފަރުޟު ހައްޖު ނުވާ އެންމެން މި ފަސް އަހަރު ތެރޭ ހައްޖަށް ފޮނުވައި ދިނުން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ފަޤީރުންނަށް ޙައްޖުވުމުގެ ފުރުޞަތު ދެނީ ޒަކާތު ހައުސްގައި ރަޖިސްޓްރީކޮށްފަވާ ފަޤީރުންގެ ދަފްތަރުގައި ހިމެނޭ މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުންނަށެވެ.


ސައުދީ ސަރުކާރުން ހައްޖު ކޯޓާގެ ގޮތުގައި ރާއްޖެއަށް ދޫކުރަނީ 1،000 މީހުންގެ ކޯޓާއެކެވެ. އެ ކޯޓާގެ ދަށުން 850 މީހުންނަށް ކިޔޫ ތަރުތީބުން، ބަލިމީހުންގެ އެހީތެރިންނާއި ކައްކާއިން ހިމެނޭހެން އެހީތެރިންގެ ގޮތުގައި 100 މީހުން، އަދި ފަގީރުންގެ ލިސްޓުގައި ހިމެނިގެން ސަރުކާރުގެ ޚަރަދުގައި ދާ 50 މީހުންނަށް ހައްޖަށް ދެވެއެވެ.


ފަޤީރުން ޙައްޖަށް ފޮނުވުމުގެ އިތުރަށް ސަރުކާރުން ވަނީ ފައިސާ ދެއްކުމަށްފަހު، ފަރުޟު ޙައްޖު އަދާކުރުމަށް ދިގު އިންތިޒާރެއްގައި ތިބި ރައްޔިތުންނަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން،އަންނަ އަހަރުން ފެށިގެން ޙައްޖަށް މީހުން ގެންދިޔުމާބެހޭ އުސޫލަށް ބަދަލު ގެނެސްފައެވެ.

އެގޮތުން ޙައްޖުގެ އަޅުކަން އަދާކޮށްފައިނުވާ ފަރާތްތަކުގެ ތެރެއިން ޢުމުރުން 65 އަހަރުން ފެށިގެން މަތީގެ ފަރާތްތަކަށް ކޮންމެ އަހަރަކު މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ކަނޑައަޅާ ވަކި އިންސައްތައެއް ޚާއްޞަކޮށްފައިވެއެވެ. އަދި 75 އަހަރުން ފެށިގެން މަތީގެ ފަރާތްތަކުގެ ތެރެއިން ސިއްޙީ ޙާލަތަށް ބަލައި އެހީތެރިއަކު ގެންދަންޖެހޭ ފަރާތްތަކަށް އެހީތެރިއަކު ހަމަޖައްސަން ފުރުސަތު ދިނުން ހިމެނެއެބެ.

މި އުޞޫލްގެ ދަށުން ކުރިން ޙައްޖުގެ އަޅުކަން އަދާކޮށްފައިވާ ފަރާތަކަށް އިތުރު ފުރުސަތެއް ދެވޭނީ، އެންމެ ފަހުން ޙައްޖުގެ އަޅުކަން އަދާކުރިތާ ހިޖުރީ ސަނަތުން 5 އަހަރު ވުމުންކަމަށް ކަނޑައަޅާފައިވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި އުމްރާއަށް ދިޔަ އުމްރާވެރިން އެނބުރި ރާއްޖެއަށްޚަބަރު | 8 ދުވަސް ކުރިންރާއްޖޭގައި 291 ހާފިޒުން އެބަތިބިޚަބަރު | 12 ދުވަސް ކުރިންއުމްރާއަށް ދިޔަ ދިވެއްސަކު ބަލިގެން ރާއްޖެ ގެނައުމުގެ މަސައްކަތް ފަށައިފިޚަބަރު | 12 ދުވަސް ކުރިންޑރ އަހްމަދު އަބްދުއްﷲއަށް، ވަޒީރު ޝަހީމްގެ ރައްދެއް!ޚަބަރު | 16 ދުވަސް ކުރިން