logo
Bank of Maldives

Bank of Maldives

ޚަބަރު

އެކި ސަބަބުތަށް ދިމާވެގެން ނުފުރުނު 164 ޢުމްރާވެރިން މިރޭ ފުރުވާލަނީ

ޒިދާން މުޙައްމަދު
8 މާރިޗު 2026 - 11:05
އުމްރާވެރިންތަކެއް ފުރުމަށް އެއަރޕޯޓުގަި -- ފައިލް ފޮޓޯ
އުމްރާވެރިންތަކެއް ފުރުމަށް އެއަރޕޯޓުގަި -- ފައިލް ފޮޓޯ

ޢުމްރާގެ މަތިވެރި އަޅުކަމަށް ފުރުމުގައި އެކި ސަބަބުތަށް ދިމާވެގެން ނުފުރުނު 164 ޢުމްރާވެރިން މިރޭ ޢުމްރާއަށް ފުރޭ ގޮތަށް ހަމަޖއްސާފައިވާ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

އެކި ކުންފުނިތަކުން އުމްރާއަށް ދިއުމަށް ހަމަޖެހިފައިވާ މީހުންގެ ތެރެއިން ނުފުރި ތިބި މީހުންނާއި، ޓްރާންސިޓް ޕްލައިޓްތައް ކެންސަލްވުމުން ނުފުރި ތިބި މީހުން ޢުމްރާއަށް ފުރޭނެ ގޮތެއް ހޯދުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ އިރުޝާދު ދެއްވާފައެވެ. އެގޮތުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނާއި މޯލްޑިވިއަން ގުޅިގެން އައީ މިކަން ޙައްލުކުރުމަށް މަސައްކަތް ކުރަމުންނެވެ.

އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، އެކި ސަބަބުތަށް ދިމާވެގެން ނުފުރުނު 164 ޢުމްރާވެރިން މިރޭ ޢުމްރާއަށް ފުރޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ. އަދި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ފަރާތުން މޯލްޑިވިއަންގެ ފްލައިޓެއް ޗާޓަރ ކޮށްފައިވާ ކަމަށާއި، މައްކާގެ އިންތިޒާމްތައް ވެސް ހަމަޖެހިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ކޮންމެ އަހަރެއްގެވެސް ޙައްޖު މޫސުމާއި އަދި އުމްރާގެ އަޅުކަމަށް ދާ ފަރާތްތައް އުމްރާއަށް ގެންދިޔުމުގެ އިންތިޒާމު ހަމަޖައްސައިދޭ ބައެއް ކުންފުނިތަކުން ފައިސާ ނަގާ އޮޅުވާލާ މައްސަލަ ފެންމަތިވެއެވެ. އެގޮތުން މި ފަހަރުވެސް އަމިއްލަ ޢުމްރާ ގްރޫޕަކުން ގިނަ ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު އުމްރާއަށް ނުގެންދިޔަ މައްސަލައެއް ވަނީ ފެންމަތިވެފައެވެ.

"އަލްއަބްރާރު" ކުންފުނިން ވަނީ، މިރަމަޟާން މަހަށް ޚާއްޞަކޮށް 3 މާރިޗުން 26 މާރިޗުގެ ނިޔަލަށް ޢުމްރާ ދަތުރަށް ފުރަން އެންމެ ފަހުގެ ތައްޔާރީތައް ވަމުންދަނިކޮށް އެދަތުރު ކެންސަލްކޮށްފައެވެ. މިކަމާ ގުޅިގެން ޢުމުރާއަށް މީހުން ގެންދިއުމަށް އަލްއަބްރާރު ކުންފުންޏަށް ދޫކޮށްފައިވާ ހުއްދަ ވަގުތީގޮތުން ވަނީ ހިފަހައްޓާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަމިއްލަ ގޯތި ވަޤުފުކޮށް، މުޙައްމަދު ޞާލިޙްގެ ދީލަތި އެހީގައި ހުޅުދޫގައި ބިނާކުރި މިސްކިތް ހުޅުވައިފިޚަބަރު | 5 ދުވަސް ކުރިންޒުވާނުންނަށްޓަކައި ކުރެވޭ އިންވެސްޓްމަންޓަކީ މުސްތަގުބަލަށްޓަކައި ކުރެވޭ އިންވެސްޓްމަންޓެއް: މިނިސްޓަރު ޝަހީމްޚަބަރު | 9 ދުވަސް ކުރިންވޯލްޑް މުސްލިމް ލީގުގެ ދައުވަތަކަށް މިނިސްޓަރު ޝަހީމް މެލޭޝިޔާއަށްޚަބަރު | 10 ދުވަސް ކުރިންޙައްޖުވެރިންނަށް ޚިދުމަތް ދިނުން ވަރަށް ފުރިހަމަ، މިނިސްޓަރު ޝަހީމްގެ ތައުރީފު ޙައްޖު ކޯޕަރޭޝަނަށްޚަބަރު | 16 ދުވަސް ކުރިން