ދިވެހި އުމްރާވެރިންގެ ހާލު ރަނގަޅު, ދިވެހިންނަށް ނުރައްކަލެއް ނެތް: ވަޒީރު ޝަހީމް
އައިޝަތު ނަޝާ
15 ސެޕްޓެމްބަރު 2026 - 14:45

ސައުދި އަރަބިއްޔާގެ މައްކާގައި އުމްރާގެ އަޅުކަން އަދާކުރަމުންދާ ދިވެހިންނަށް ނުރައްްކަލެއް ނެތް ކަމަށާއި، އެންމެންގެ ވެސް ހާލު ރަނގަޅު ކަމަށް އިސްލާމީ ކަންތައްތަކާއި އައުގާފާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ހޫތީންގެ ހަމަލާތަކާއި ގުޅިގެން ސައުދީ އަރަބިއްޔާ އިން ވަނީ މައްކާގެ އިތުރުން ޖިއްދާ އަދި ތައިފް ސަރަހައްދަށް ހަމަލާ ދީފާނެ ކަމުގެ އިންޒާރު ދީފައެވެ.

Ad by Hajj Corporation
ފަހުން ސައުދީ ސިވިލް ޑިފެންސުން ވަނީ މި އެލާޓް އުވާލައިފައެވެ. މިއީ ހަމަލާތައް ބަދަލު ކުރަން ފެށި ފަހުން މައްކާ ސަރަހައްދަށް މިފަދަ އެލާޓެއް ނެރުނު ފުރަތަމަ ފަހަރެވެ.
މިކަމާއި ގުޅިގެން ޑރ. ޝަހީމް ވިދާޅުވީ، މިވަގުތު މައްކާގައި ތިބި ހުރިހާ ދިވެހި އުމްރާވެރިންގެ ހާލު ރަނގަޅު ކަމަށެވެ.


