logo
Bank of Maldives

Bank of Maldives

ޚަބަރު

ރާއްޖޭގައި އިސްލާމީ ދާއިރާއަށް ބޭނުންވާ ޚަރަދުތަކުގެ ދަތިކަން ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ފިލައިގެންދާނެ: ޝަހީމް

އަޙުމަދު ރިޝާން
14 ސެޕްޓެމްބަރު 2026 - 03:22
ރާއްޖޭގައި އިސްލާމީ ދާއިރާއަށް ބޭނުންވާ ޚަރަދުތަކުގެ ދަތިކަން ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ފިލައިގެންދާނެ: ޝަހީމް

ރާއްޖޭގައި އިސްލާމީ ދާއިރާއަށް ބޭނުންވާ ޚަރަދުތަކުގެ ދަތިކަން ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ފިލައިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެ އެވެ.

މިކަންކަން ހަރުދަނާކުރުމުގެގޮތުން "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ވަނީ އުފައްދާފައެވެ. ވަޒީރު ވިދާޅުވިގޮތުގައި މިސްކިތްތައް ސީދާ އެ ކުންފުނީގެ ދަށަށް ބަދަލުކުރުމެއް ނެތެވެ. ބަދަލުގައި އެ ކުންފުނީގެ މަސައްކަތަކަށް ވާނީ މިސްކިތްތައް މަރާމާތުކޮށް ބެލެހެއްޓުމަށް ބޭނުންވާ މާލީ ފުދުންތެރިކަން ހޯދުމަށް ވިޔަފާރީގެ ހަރަކާތްތައް ހިންގުމެވެ. ރާއްޖޭގައި މިހާރުވެސް 800އަށްވުރެ ގިނަ މިސްކިތް ހުރިއިރު، އެ ތަންތަން މަރާމާތުކުރުމަށް މިހާރުވެސް ރަށްރަށުގެ އާބާދީތަކަށް ބަލައިގެން އެހީތެރިކަން ފޯރުކޮށްދެމުންދެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޒުވާން ޚަތީބުންގެ މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ ޝަރީޢަތް ހުއްދަކުރާ ދާއިރާގެ ތެރެއިން ޒަމާނީ ނިޒާމަކުން ވަޤްފްގެ ދާއިރާ ހިންގުމަކީ ސަރުކާރުގެ ވަރަށް ހަރުދަނާ ފިޔަވަޅެއް ކަމަށާއި، މިފަދަ މަޝްރޫޢުތަކުން އެންމެ ބޮޑު މަންފާއެއް ކުރާނީ އެފަދަ އިމާރާތްތައް ހަދާ ރަށްރަށާއި އަތޮޅުތަކުގެ މުޅި އާބާދީއަށް ކަމަށެވެ. މިހާރުވެސް ޖުމްލަ 6 ވަޤްފް މަޝްރޫޢެއް ކުރިއަށްދާއިރު، އޭގެ ތެރޭގައި ގއ. ވިލިނގިލި، ކުޅުދުއްފުށި ސިޓީ، ތިނަދޫ ސިޓީގައި ކުރިއަށްދާ 10 މިލިޔަން ރުފިޔާގެ މަޝްރޫޢާއި، އައްޑޫ ސިޓީގެ 20 މިލިޔަން ރުފިޔާގެ މަޝްރޫޢާއި، މާލޭގެ 40 މިލިޔަން ރުފިޔާގެ މަޝްރޫޢުގެ އިތުރުން ހުޅުމާލޭގައި ފަށާފައިވާ 250 މިލިޔަން ރުފިޔާގެ ބޮޑު މަޝްރޫޢު ހިމެނެއެވެ.

މި ތަންތަނުން ލިބޭ އާމްދަނީ ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ މިސްކިތްތައް މަރާމާތުކުރުމާއި ދީނީ ދާއިރާގެ ޚިދުމަތްތައް ތަރައްޤީކުރުމަށެވެ. މީގެއިތުރުން އިސްލާމީ ހަޞާރަތުގެ ބިނާތައް ޙިމާޔަތްކުރުމާއި، އިސްލާމީ މަރުކަޒުތަކުގައި ފިހާރައާއި ބުކްޝޮޕް ފަދަ ތަންތަން ހަދައިގެން އާމްދަނީ ހޯދުމުގެ ސަޤާފަތެއް ރާއްޖޭގައި އަށަގެންނެވުމަކީ އެހެން ޤައުމުތަކުގައިވެސް ކަންކުރާ ފަދައިން ރާއްޖެއަށްވެސް ވަރަށް މުހިންމު ކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް" މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިސްކިތްތައް ބިނާކޮށް، އާބާތުރަ ފިލުވައި، ބޭނުންވާ ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖޭގައި އިސްލާމީ ދާއިރާއަށް ބޭނުންވާ ޚަރަދުތަކުގެ ދަތިކަން ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ފިލައިގެންދާނެ: ޝަހީމްޚަބަރު | ގަޑިއިރެއް ކުރިންޖަމާޢަތުގެ މަސްލަހަތަށް އިސްކަންދީގެން އިމާމުވެ ނަމާދުކުރުމަށް އިރުޝާދު ދެއްވައިފިޚަބަރު | 21 ގަޑިއިރު ކުރިންތާރީޚީ އެންމެ ބޮޑެތި ވަޤްފު މަޝްރޫއުތައް ދެ އަހަރު ތެރޭ ނިންމާލުމަކީ އަމާޒެއް: ޝަހީމްޚަބަރު | ދުވަހެއް ކުރިންގިނަ ވަސީލަތްތަކެއް ހުންނާނެ, ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ ދުވަހު ރާއްޖޭގެ އެންމެ ބޮޑު މިސްކިތުގެ ބިންގާ އަޅަނީޚަބަރު | 6 ދުވަސް ކުރިން