ޖަމާޢަތުގެ މަސްލަހަތަށް އިސްކަންދީގެން އިމާމުވެ ނަމާދުކުރުމަށް އިރުޝާދު ދެއްވައިފި
13 ސެޕްޓެމްބަރު 2026 - 07:26

ޖަމާޢަތުގެ މަސްލަހަތަށް އިސްކަންދީގެން އިމާމުވެ ނަމާދުކުރުމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެ އެވެ.
ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ ޖަމާޢަތް ބޮޑުވާވަރަކަށް ނަމާދު ކުރުން ކުރުކުރުމަކީ ސުންނަތުން އެނގެން އޮތް ގޮތް ކަމަށާއި، ރަށެއްގައި އަމަލުކުރާ ގޮތެއް ދީނާ ހިލާފުނުވާނަމަ އެ ބައެއްގެ އާދަކާދައަށް ތަބާވެގެން އިމާމުކަން ކުރުން މުހިންމު ކަމަށެވެ.

Ad by Hajj Corporation
މީގެއިތުރުން، މިހާރު ތަމްރީނުވަމުންދާ ޒުވާން ޚަޠީބުންނަކީ ނިޒާމީ ތައުލީމާއި ދީނީ އިލްމު ލިބިގެން ނިކުންނަ، ކުރީގެ ޖީލުތަކަށްވުރެ މާ ހަރުދަނާ ޖީލެއްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ހަރުކަށި ފިކުރުތަކާ ދުރުވެ، އިލްމު އުނގެނުމަށާއި، އިލްމުވެރިންނަށް އިހުތިރާމުކުރުމަށް އެމަނިކުފާނު ވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ. އިސްލާމީ ޝިއާރު ފާޅުކުރުމުގައި ޒުވާނުންގެ ދައުރު ބޮޑުކަން ފާހަގަކުރައްވަމުން، މި މަސައްކަތަކީ ކުރިއަށް އޮތް ޖީލުތަކަށް ޤައުމުގެ ދީނީ މުސްތަޤުބަލު އުޖާލާކޮށް ހިމާޔަތް ރުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށް ވިދާޅުވިއެވެ.


