logo
MPL

MPL

ޚަބަރު

ރާއްޖޭގައި 2000 އަށް ވުރެ ގިނަ ދަރިވަރުން ޤުރްއާން ހިތުދަސްކުރަމުންދޭ: ޝަހީމް

މުހައްމަދު މޫސާމުހައްމަދު މޫސާ
8 ސެޕްޓެމްބަރު 2026 - 03:15
ރާއްޖޭގައި 2000 އަށް ވުރެ ގިނަ ދަރިވަރުން ޤުރްއާން ހިތުދަސްކުރަމުންދޭ: ޝަހީމް

ރާއްޖޭގެ ކަންކޮޅުތަކުގައި މިވަގުތާ ހަމައަށް 2000 އަށް ވުރެ ގިނަ ދަރިވަރުން ކީރިތި ޤުރްއާން ހިތުދަސްކުރަމުން ގެންދާ ކަމަށާއި، ރާއްޖޭގެ ހާފިޒުންގެ އަދަދު މިހާރު 322 އަށް އަރާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ހާފިޒުން އިތުރުވަމުން ދިއުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށާއި، ވަކިން ޚާއްސަކޮށް ޒުވާނުން ޤުރްއާން ހިތުދަސްކުރުމަކީ ރާއްޖޭގެ އިސްލާމީ މުސްތަޤްބަލު އުޖާލާކޮށްދޭނެ ކަމެއް ކަމަށެވެ. އަދި އަންނަ ރޯދަ މަހު އިރާދަކުރެއްވިއްޔާ ގިނަ އަދަދެއްގެ ހާފިޒުން ދަސްވެނިވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހާފިޒުން އިތުރުކުރުމަށް ސަރުކާރުން ވަރަށް ބޮޑު އަހަމިއްޔަތެއް ދެއްވާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ މި ދައުރުގެ ތެރޭގައި ހާފިޒުންގެ އަދަދު 500 އަށް އެރުވުން ކަމަށެވެ. މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހާފިޒުންނަށް ހިތްވަރު ދެއްވުމުގެ ގޮތުން ދައުލަތުން ދޭ އިނާޔަތް ވެސް އިތުރުކުރައްވާފައި ކަމަށް ވިދާޅުވި އެވެ.

ޤުރްއާން ހިތުދަސްކުރުމުގެ މަޝްރޫޢުތައް ސަރުކާރުން މިހާރު ފުޅާކޮށްފައިވާއިރު، އެންމެ ގިނަ ދަރިވަރުން ޤުރްއާން ދަސްކުރަމުންދަނީ ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގައާއި އިލްމު އިންސްޓިޓިއުޓްގައެވެ. ރާއްޖޭގެ ހުރިހާ ރަށަކަށް ޤުރުއާނުގެ ޢިލްމު ފުޅާކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން، މިހާރު 30 ރަށެއްގައި ޤުރްއާނާ ބެހޭ މަރުކަޒުގެ ގޮފިތައް ރަޖިސްޓްރީކޮށް ޢަމަލީ ގޮތުން ވަނީ ހިންގަން ފަށާފައެވެ.

މީގެއިތުރުން އިތުރު 20 ތަނެއް ރަޖިސްޓްރީކުރުމުގެ މަސައްކަތާއި، 38 ތަނެއް ބިނާކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ. ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް 2 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް މި މަޝްރޫޢު ފުޅާކުރުމެވެ. ހަމައެއާއެކު، ރަށްރަށުގައި ހިންގާ ޤުރްއާން މަރުކަޒުގެ ގޮފިތަކުގައި އިމާމުންނަށް ވެސް ޤުރްއާން ކިޔަވައިދިނުމުގެ މަސްއޫލިއްޔަތު ވަޒީފާގެ ބަޔާނަށް އިތުރުކުރަމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރޯދައަށް ބައެއް މިސްކިތްތައް މަރާމާތުކުރުމަށް އުރީދޫގެ އެހީޚަބަރު | 22 ދުވަސް ކުރިންރޯދަ މަހަށް ރާއްޖޭގެ އެކި ހިސާބުތަކުން 14 ވަރަކަށް މިސްކިތް ހުޅުވޭނެ: ޝަހީމްޚަބަރު | 23 ދުވަސް ކުރިންޙައްޖު ކިއުގައި ގިނަ ދުވަސްވީ 70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް 1448 ގެ ޙައްޖުން ފުރުސަތު!ޚަބަރު | 25 ދުވަސް ކުރިންޤުރްއާން މުދައްރިސުން ބިނާކުރުމުގެ ބޮޑު ކާމިޔާބީއެއް: ޑިގްރީ އާއި ޑިޕްލޮމާ އިން 113 ދަރިވަރަކު ދަސްވެނިވެއްޖެޚަބަރު | މަހެއް ކުރިން