logo
Bank of Maldives

Bank of Maldives

ޚަބަރު

ތާރީޚީ އެންމެ ބޮޑެތި ވަޤްފު މަޝްރޫއުތައް ދެ އަހަރު ތެރޭ ނިންމާލުމަކީ އަމާޒެއް: ޑރ. ޝަހީމް

މުހައްމަދު މޫސާމުހައްމަދު މޫސާ
12 ސެޕްޓެމްބަރު 2026 - 19:34
ތާރީޚީ އެންމެ ބޮޑެތި ވަޤްފު މަޝްރޫއުތައް ދެ އަހަރު ތެރޭ ނިންމާލުމަކީ އަމާޒެއް: ޝަހީމް

ދިވެހިރާއްޖޭގެ ތާރީޚުގައި ކުރިއަށްގެންދެވޭ އެންމެ ބޮޑެތި ވަޤްފު މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް މިހާރު ފެށިފައިވާ ކަމަށާއި، އަމާޒަކީ ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި މި މަޝްރޫޢުތައް ނިންމައިލުން ކަމަށް އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ދާރުއްސަލާމް ބިލްޑިންގ، ދާރުލްއަރުޤަމް ބިލްޑިންގގެ އިތުރުން ކުޅުދުއްފުށި، ތިނަދޫ ސިޓީ، ގއ. ވިލިނގިލި އަދި އައްޑޫ ސިޓީގައި ޤާއިމުކުރާ ވަޤްފު މަޝްރޫޢުތައް ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ރާއްޖޭގެ ތާރީޚުގައި ބިނާކުރެވޭ އެންމެ ބޮޑު މިސްކިތުގެ ބިންގާ، ދަރުމަވަންތަ ރަސްގެފާނުގެ ނަންފުޅުގައި މާދަމާ އެޅިގެންދާނެ ކަމަށްވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރާއްޖެ ވޭތުވެދިޔަ 900 އަހަރު ދުވަހު އިސްލާމްދީނުގެ މަތީގައި ސާބިތުވެ އޮތުމުގެ މައިގަނޑު ސަބަބަކީ ﷲގެ ފަޟުލުވަންތަކަމާއި، ދިވެހި ރައްޔިތުންގެ މެދުގައި އިސްލާމްދީނަށް އޮތް ލޯތްބާއި ދަޢުލަތުގެ ހަރުދަނާ ސިޔާސަތުތައްކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގެ ދަށުން ޒަކާތުގެ ވަކި އިދާރާއެއް އުފައްދައި ޒަކާތުގެ ޤާނޫނެއް އެކުލަވާލުމުގެ ސަބަބުން މި ނިޒާމަށް އޮތް އިތުބާރު ބޮޑުވެފައިވާ ކަމަށެވެ. އަދި 6 އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ދޭންފެށި ޒަކާތު ސްކޮލަރޝިޕްގެ ސަބަބުން އިސްލާމީ އެކި ދާއިރާތަކުން ޒުވާނުން ތަމްރީނު ކުރުމަށް ފުރުޞަތު ފަހިވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މީގެއިތުރުން، ރާއްޖޭގެ ތާރީޚުގައި އެންމެ ގިނަ ޙާފިޡުން އުފެދިފައިވަނީ މި ދުވަސްވަރުގައިކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، މިވަގުތު ތިބި 322 ޙާފިޡުންގެ އަދަދު ކުރިއަށް އޮތް ދެ އަހަރު ތެރޭ 500 އަށް އެރުވުމަކީ އަމާޒެއް ކަމަށެވެ. އަދި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތައް ރަށްރަށުގައި ޤާއިމުކުރުމުގެ ގޮތުން މިހާރުވެސް 30 ރަށެއްގައި ގޮފި ހުޅުވިފައިވާއިރު، 20 ތަނެއް ރަޖިސްޓްރީ ކުރުމާއި 58 ތަނެއް ބިނާކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.

ވަޒީރުގެ ވާހަކަފުޅު ނިންމަވާލައްވަމުން، ސިޔާސީ ގޮތުން ޚިޔާލުތަފާތުވުންތައް ހުރި ނަމަވެސް ދީނާއި ޤައުމުގެ މިނިވަންކަމުގެ ކަންކަމުގައި އެންމެހާ ދިވެހިން އެއްބައިވަންތަ އަދި އަޚުވަންތަ ބަޔަކަށް ވުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތާރީޚީ އެންމެ ބޮޑެތި ވަޤްފު މަޝްރޫއުތައް ދެ އަހަރު ތެރޭ ނިންމާލުމަކީ އަމާޒެއް: ޝަހީމްޚަބަރު | 26 މިނިޓު ކުރިންގިނަ ވަސީލަތްތަކެއް ހުންނާނެ, ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ ދުވަހު ރާއްޖޭގެ އެންމެ ބޮޑު މިސްކިތުގެ ބިންގާ އަޅަނީޚަބަރު | 5 ދުވަސް ކުރިންރާއްޖޭގައި 2000 އަށް ވުރެ ގިނަ ދަރިވަރުން ޤުރްއާން ހިތުދަސްކުރަމުންދޭ: ޝަހީމްޚަބަރު | 5 ދުވަސް ކުރިންއިތުރު 91 ޒުވާން ޚަޠީބުން ތަމްރީނުކޮށް ޢަދަދު 700 އިން މައްޗަށްޚަބަރު | 18 ދުވަސް ކުރިން