އިސްލާމީ ދައުވަތުގެ މަސައްކަތް ރާއްޖޭގައި ކުރެވޭނީ އެންމެން ގުޅިގެން: ޝަހީމް
26 ސެޕްޓެމްބަރު 2026 - 07:41

އިސްލާމީ ދައުވަތުގެ މަސައްކަތް މުޅި ރާއްޖޭގައި ކުރަނީ އެއްބަޔަކު އަނެއްބަޔަކާ ގުޅިގެން ކަމަށް އިސްލާމީ ކަންތައްތަކާ އައުޤާފާ ބެހޭ ވަޒީރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޖަމްޢިއްޔާތަކުގެ އަހަރީ ބައްދަލުވުން 2026 ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވަމުން ވަޒީރު ޝަހީމް ވިދާޅުވީ، އިސްލާމީ ދައުވަތަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާ މިފަދަ ޒަމާނެއްގައި އެކުވެރިކަމާއެކު ކުރާ މަސައްކަތްތަކަކީ ކާމިޔާބު މަސައްކަތަކަށް ވާނެ ކަމަށެވެ. އަދި އެކަކު އަނެކަކަށް އެހީތެރިކަން ފޯރުކޮށްދީ ފުރިހަމަކޮށްދޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
.png&w=750&q=75)
Ad by Hajj Corporation
މީގެއިތުރުން ދީނީ ދަޢުވަތުގައި މަސައްކަތްކުރާ ޖަމްޢިއްޔާތަކުގެ އެކިއެކި ވަސީލަތްތައް ހޯދައިދިނުމަށް މިނިސްޓްރީން އެހީ ފޯރުކޮށްދެމުން އަންނަ ކަމަށާއި، އޭގެ ތެރޭގައި އިސްލާމީ ސްޓޫޑިއޯތައް ގާއިމުކުރުމާއި، ގުރުއާން ކުލާސްތަކަށް ބޭނުންވާ ވަސީލަތްތައް ހޯދައިދިނުން ފަދަ ކަންކަން ހިމެނޭ ކަމަށްވަޒީރު ޝަހީމް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ރަނގަޅަށް ހިންގާ ޖަމިއްޔާތަކަށް މާލީ ގޮތުން ދެމެހެއްޓެނިވި ވަސީލަތްތައް ގާއިމްކޮށްދިނުމަށް ވެސް މިނިސްޓްރީން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.


