logo
Bank of Maldives

Bank of Maldives

ޚަބަރު

އެމްޑީޕީގެ ވެރިކަމުގައި ނުދައްކާ އޮތް 50 މިލިއަން ރުފިޔާ ރައީސް މުއިއްޒުގެ ވެރިކަމުގައިވަނީ ދައްކާފައި: ޝަހީމް

އާމިނަތު ޝަފާ
3 އޮކްޓޯބަރު 2025 - 04:18
އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު
އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު

އެމްޑީޕީ ވެރިކަމުގައިއިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއާ ގުޅުން ހުރި މަސައްކަތްތަލކުގައި ކުންފުނިތަކަށް ނުދައްކާ އޮތް 50 މިލިއަން ރުފިޔާ ރައީސުލްޖުމްހޫރިއްުާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދައްކާފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ވަޒީރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަރުކާރު ފެށުން އިރު އެ ވުޒާރާގައި އެކަނި ވެސް 30 ހަކަށް މިިލިއަން ރުފިޔާ ކުންފުނިތަކަށް ނުދައްކާ އޮތް ކަމަށެވެ. އަދި މަސައްކަތްކޮށް ކުރުމަށް ފަހު، ބިލުތައް ނައިސް ހުރި އަދަދާއެކު ޖުމުލަ 50 މިލިއަން ރުފިޔާ ނުދައްކާ އޮތް ކަމަށްވެސް ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ހުރިހައި ފައިސާއެއް މިދިޔަ އަހަރު ރައީސް މުއިއްޒުގެ ސަރުކާރުން ވަނީ ދައްކާފައިކަމަށޤވެސް ވަޒީރުވަނީ ވިދާޅުވެފައެވެ.

ވަޒީރު މިފަދައިން ވިދާޅުވިއިރު ސަރުކާރަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އުސޫލުތަކާ އެއްގޮތަށް ހުށަހަޅާފައިވާ އެންމެހާ ބިލުތަކަށް އަދާކުރަންޖެހޭ ފައިސާ ކުރިއަށް އޮތް ފަސް ހަފްތާ ތެރޭ ދައްކަވާ ނިންމަވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރޭ ވިދާޅުވެފައެވެ.

ރައީސް މުއިއްޒު ވިދާޅުވީ 17 ނޮވެމްބަރު 2023 ގައި ސަރުކާރު ހިންގުމާ އެމަނިކުފާނު ހަވާލުވެވަޑައިގެންނެވިއިރު، ދިވެހި ވިޔަފާރިތައް މެދުވެރިކޮށް މަސައްކަތް ކުރުވައި، ފައިސާނުދީ ހުރި އެތައްހާސް ބިލުތަކެއް ހިމެނޭހެން، ދިވެހި ސަރުކާރަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް، ޤާނޫނުތަކާއި ޤަވާޢިދުތަކުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ހުށަހަޅާފައިވާ އެންމެހައި ބިލުތަކަށް އަދާކުރަންޖެހޭ ފައިސާ، ކުރިޔަށް އޮތް ފަސް ހަފްތާ ތެރޭ ދައްކަވާ ނިންމަވާނެކަމަށެވެ.

އަދި މިކަމަކީ ފުން އަނދަވަޅެއްގައި އޭރު އޮތް ދިވެހި އިޤްތިޞާދު ނަގާ ކޮޅަށްޖެހުމުގައި ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ޙާސިލްކުރެވޭ ވަރަށް ބޮޑު ކާމިޔާބިއެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ސިފަކުރެއްވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖޭގެ އެންމެ ބޮޑު މިސްކިތުގެ ބިންގާ ސެޕްޓެމްބަރުގައި އަޅަނީޚަބަރު | 6 ދުވަސް ކުރިން "ޒަކާތް އަސްނާފު ކާޑު" އިފްތިތާޙުކޮށްފިޚަބަރު | 8 ދުވަސް ކުރިންސިޔާސީ ގޮތުން ޚިޔާލު ފާޅުކުރުމުގައި އިސްލާމްދީނުގެ ޙުކުމްތަކަށް އިޙުތިރާމްކުރަންޖެހޭ: ވަޒީރު ޝަހީމްޚަބަރު | 19 ދުވަސް ކުރިންމިފަހަރު މާލެ ސަރަހައްދުގައި ދިވެހި 37 ހާފިޒުން އިމާމުވެ، ހިފްޒުކޮށް ތަރާވީސް ކުރާނެޚަބަރު | 20 ދުވަސް ކުރިން