logo
ލ. އޮޅުވެލި ކައިރިން ބޯޓެއް އަޑިއަށްގޮސް ގެއްލުނު މީހަކު ހޯދަނީBank of Maldives

Bank of Maldives

ޚަބަރު

7 މީހުންނާއެކު ދަތުރުކުރި ލޭންޑިންގ ކްރާފްޓެއް ބަންޑުންޖަހާލައި 3 މީހުން ގެއްލިއްޖެ

މުހައްމަދު މޫސާމުހައްމަދު މޫސާ
16 އޮކްޓޯބަރު 2025 - 01:23
ލޭންޑިންގ ކްރާފްޓް ބަންޑުން ޖަހާލާފައި، ފޮޓޯ:އެމްއެންޑީއެފް
ލޭންޑިންގ ކްރާފްޓް ބަންޑުން ޖަހާލާފައި، ފޮޓޯ:އެމްއެންޑީއެފް

7 މީހުންނާއެކު ދަތުރުކުރި ލޭންޑިންގ ކްރާފްޓެއް ބަންޑުންޖަހާލައި 3 މީހުން ގެއްލިގެން ހޯދަން ފަށައިފިއެވެ.

ގައުމީ ދިފާއީ ބާރުން ބުނިގޮތުގައި މާލެއިން ފުރައިގެން ރީތިރަށް ރިސޯޓަށް ދަތުރުކުރި ލޭންޑިންގ ކްރާފްޓެއް ބަންޑުންޖަހާލައިގެން، އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން ދަނީ ހަރަކާތްތެރިވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއީ "އަލްމާކް-ފިޔަ" ނަމަކަށް ކިޔާ 100 ފޫޓުގެ ލޭންޑިންގ ކްރާފްޓެކެވެ.

''މިހާތަނަށް މި އުޅަނދުން ދަތުރުކުރި 4 މީހަކުވަނީ ސަލާމަތްކުރެވިފައި، ބަންޑުންޖަހާލި "އަލްމާކް-ފިޔަ" ލޭންޑިންގ ކްރާފްޓުގައި ހަތް މީހަކު ދަތުރުކުރަމުންދިޔަކަމުގެ މަޢުލޫމާތު ވަނީ ލިބިފައި'' އެމްއެންޑީއެފުން ބުންޏެވެ.

މި ހާދިސާ އާއި ގުޅިގެން މެރިން ޕޮލިހުން ބުނީ މި ހާދިސާ ހިނގީ ރޭ 3:48 ހާއިރު ކަމަށެވެ. އަދި ސަލާމަތް ކުރެވުނު 4 މީހުން މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވެސް ބުންޏެވެ.

''ގެއްލުނު ތިން މީހުންގެ ތެރެއިން ދެ މީހުން ތިބީ ލޭންޑިންގކުރާފްޓްގައި ގެންދިޔަ އެކްސްކަވޭޓަރެއްގެ ތެރޭގައި" މެރިން ޕޮލިހުން ބުނެފަވެއެވެ.

މި ދުވަސް ވަރަކީ މޫސުން ގޯސް ދުވަސްވަރެއްކަމުން ކަނޑުދަތުރުކުރުމުގައި މޫސުމަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ދުރާލާ އިލްތިމާސްކޮށްފައެވެ.

މިހާރު ވެސް އޮތީ ހއ.އަތޮޅުން ފެށިގެން ލ.އަތޮޅަށް ޔެލޯ އެލާޓް ނެރެފައެވެ.

މި އަހަރުގެ ޖޫން މަހުގެ 25 ވަނަ ދުވަހު ވެސް ވަނީ ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލުމުގެ ހާދިސާއެއް ހިނގާފައެވެ. އެއީ ޅ. އަތޮޅަށް ދަތުރުކުރަމުން ދިޔަ ސިފައިންގެ ވެލްފެއާ ކުންފުނި (ސިވެކް)ގެ ލޭންޑިން ކްރާފްޓެކެވެ. މި ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލީ ކާށިދޫ ކަނޑަށެވެ.

މި ލޭންޑިން ކްރާފްޓް ކަމުގައިވާ ސިވެކްގެ "އެލްސީ 308" ގައި 6 މީހުން ދަތުރުކުރިއެވެ. އޭގެތެރޭގައި ހިމެނެނީ 3 ސިފައިންނާއި ދިވެއްސެއްގެ އިތުރުން ތިން ބިދޭސީންނެވެ.  މި އުޅަނދުން ދަތުރުކުރި މީހުންގެ ތެރެއިން ދެ މީހަކު ގެއްލިގެން އެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދު ވަނީ ހޯދާފައެވެ. ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދު ފެނިގެން، ޅ. ނައިފަރު ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ވަނީ ނިޔާވެފައެވެ. ދެން ގެއްލިގެން ހޯދީ ބިދޭސީއެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ލ. އޮޅުވެލި ކައިރިން ބޯޓެއް އަޑިއަށްގޮސް ގެއްލުނު މީހަކު ހޯދަނީޚަބަރު | 3 ގަޑިއިރު ކުރިންވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފިޚަބަރު | 4 ދުވަސް ކުރިންޢީދު ހަވީރު 1447 ހަރަކާތުގެ އެމްއެންޑީއެފްގެ ސްޓޯލްތަކަށް ބޮޑު ތަރުހީބެއްޚަބަރު | 19 ދުވަސް ކުރިންސަލްޓަން ޕާކު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް އެމްއެންޑީއެފް އިން ކުރާ މަސައްކަތް ރައީސް ބައްލަވާލައްވައިފިޚަބަރު | 20 ދުވަސް ކުރިން