logo
Bank of Maldives

Bank of Maldives

ޚަބަރު

ސަމާލުވޭ! އެމްޓީސީސީގެ ސްމާޓް ކާޑެއް ލިބޭނެކަމަށް ބުނެ ސްކޭމެއް

މުހައްމަދު މޫސާމުހައްމަދު މޫސާ
10 އޮކްޓޯބަރު 2025 - 18:31
ސަމާލުވޭ! އެމްޓީސީސީގެ ސްމާޓް ކާޑެއް ލިބޭނެކަމަށް ބުނެ ސްކޭމެއް

'މޯލްޑިވްސް ޕަބްލިކް ޓްރާންސްޕޯޓް' ނަމުގައި ފޭސްބުކްގައި ހަދާފައިވާ ފޭކު ޕޭޖަކުން 'ސްމާޓް ކާޑެއް' ލިބޭނެކަމަށްބުނެ އާންމުންނަށް އޮޅުވާލުމުގެ މަސައްކަތެއް ކުރަމުންދާކަން ފާހަގަކުރެވިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހުކުރު ދުވަހު ބުނެފިއެވެ.

އެމްޓީސީސީން މިކަމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، މި ފޭކު ޕޭޖުން ދަނީ އެމްޓީސީސީގެ އާރް.ޓީ.އެލް ދަތުރުތަކަށް ބޭނުންކުރެވޭ ކުޑަ އަގެއްގެ 6 މަސްދުވަހުގެ ސްމާޓް ކާޑެއް ލިބޭނެކަމަށް ބުނެ އާންމުން އޮޅުވާލަމުންނެވެ. ނަމަވެސް މި ޕޭޖަކީ އެމްޓީސީސީއާ އެއްވެސް ގުޅުމެއް އޮތް ޕޭޖެއް ނޫންކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމްޓީސީސީން ހާމަކުރި ގޮތުގައި، މި މަކަރުވެރި ޢަމަލުގެ މައިގަނޑު މަޤްޞަދަކީ އާރް.ޓީ.އެލްގެ ޚިދުމަތްތަކަށް ޝައުޤުވެރިވާ ފަރާތްތަކުގެ މާލީ އަދި އަމިއްލަ މަޢުލޫމާތު ހޯދުން ކަމަށް ބެލެވެއެވެ. މިފަދަ ސްކޭމްތަކުން ރައްކާތެރިވުމަށްޓަކައި، އެމްޓީސީސީގެ ޚިދުމަތްތަކާ ގުޅޭ މަޢުލޫމާތު ހޯދުމުގައި އެ ކުންފުނީގެ ރަސްމީ ޗެނަލްތައް ކަމުގައިވާ ވެބްސައިޓް، ރަސްމީ ފޭސްބުކް ޕޭޖު އަދި އެހެނިހެން ރަސްމީ ސޯޝަލް މީޑިއާ އެކައުންޓުތައް ބޭނުންކުރުމަށް އާންމުންނަށް އިލްތިމާސްކޮށްފައިވެއެވެ.

 

 

އެމްޓީސީސީން އިތުރަށް އިލްތިމާސްކޮށްފައިވަނީ ޝައްކުވާފަދަ ލިންކުތަކުން ދުރުހެލިވުމަށާއި، އަމިއްލަ މަޢުލޫމާތު ނުވަތަ މުޢާމަލާތުގެ ތަފްޞީލުތައް ޞައްޙަކަން ކަށަވަރު ނުކުރެވޭ ފަރާތްތަކާ ހިއްސާނުކުރުމަށެވެ. އަދި މިފަދަ ސްކޭމްތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ވެސް ވަނީ އިރުޝާދު ދީފައެވެ.

މި މައްސަލައާ ގުޅިގެން އިތުރު މަޢުލޫމާތު ހޯދުމަށް އެމްޓީސީސީގެ ރަސްމީ ޗެނަލްތަކަށް ގުޅުމަށް ވެސް އާންމުންނަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ށ.ގޮއިދޫގެ މަގުތައް ތަރައްޤީކުރުމަށް އާރުޑީސީއަށް، ބަނދަރު ތަރައްޤީކުރަން އެމްޓީސީސީ އަށްޚަބަރު | ދުވަހެއް ކުރިންރަށްރަށުގެ މަޝްރޫޢުތަކަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ބަލްކު ޝިޕްމަންޓް ރާއްޖެ ގެނެސްފި ޚަބަރު | 3 ދުވަސް ކުރިންސަމާލުވޭ! އެމްޓީސީސީގެ ސްމާޓް ކާޑެއް ލިބޭނެކަމަށް ބުނެ ސްކޭމެއްޚަބަރު | 4 ދުވަސް ކުރިންބޮޑުތަކުރުފާނުމަގު ބަނދަރުގެ އެއްގަމު ތޮށީގެ ކޮންކްރީޓް މަސައްކަތްތައް ނިންމާލައިފިޚަބަރު | 5 ދުވަސް ކުރިން